Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚުތުބާ

މަބްރޫރު ޙައްޖުގެ ސަވާބަކީ ސުވަރުގެ: ޚުތުބާ

ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ހެޔޮ ޢަމަލުތައްކުރުން މަތީ ދެމިހުންނަންޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 އޯގަސްޓު 2017 | ހުކުރު 08:23
އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު

މަބްރޫރު ޙައްޖުގެ ސަވާބަކީ ސުވަރުގެކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވ

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ޙައްޖުގެ އަޅުކަމުން ލިބޭ ސަވާބު" އެވެ.

ޚުތުބާގައި ބުނެފައި ވަނީ ޙައްޖުގެ އަޅުކަމުގައި މާތްﷲ ލައްވާފައިވާ ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެއް ހަޤީޤަތަކީ ޙައްޖަކީ އިންސާނާގެ ދުނިޔެވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއްކަމަށާއި ޙައްޖުވެރިޔާ އިޙްރާމް ބަންނަ ހިސާބުން ގޮސް ޙައްޖުގެ މަނާސިކުތައް ނިމެންދެން ކުރިއަށްދާ ގޮތަށް، އިންސާނާ އޭނާގެ ޙަޔާތުގައި ދުނިޔެވީ ދުވަސްތައް ވޭތުކުރަމުންދާ ކަމަށެވެ. އަދި މާތްﷲ ވަނީ މި ހަޔާތާމެދު ހެއްލުންތެރިނުވުމަށް އާދަމުގެ ދަރިންނަށް އިންޒާރުކުރައްވާފައިވާކަމަށެވެ.

ޙައްޖަށް ދިއުމުގެ ނަސީބު ލިބިފައިނުވާ މީހުން ޙައްޖުވެރިން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ، ހީވާގިވެ، މާތްﷲ އަށްޓަކައި އަޅުކަން ޚާލިޞްކުރާކުރުމަށާއި މާތްﷲ ފަރްޝު ކުރެއްވި ކަންތައްތައް އަދާކުރުމަށްޓަކައި ހުރިހާ އެންމެންވެސް ގަދައަޅައި މަސައްކަތްކުރުމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޙުތުބާގައި ބުނެފައިވަނީ ޙައްޖަކީ އެހެން އަޅުކަންތަކާއި ޙިލާފަށް ވަރަށް ބުރަ އަޅުކަމެއް ކަމަށާއި އެކަމެއްގައި އެމީހެއްގެ ޖާނާއި މުދާ ހޭދަކުރަންޖެހޭނެކަމަށާއި ކެތްތެރިކަންވާން ޖެހޭނެކަމަށެވެ.

ކީރިތިރަސޫލާ(ސ) ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ޙައްޖުގެ އަޅުކަން އަދާކޮށްފިމީހާ އޭނާގެ މައިމީހާގެ ބަނޑުން ވިހޭ ދުވަސް ފަދައިން އެނބުރި ޙަޔާތަށް އަތުވެއްޖެއުމާއި އެއްފަދަކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

ޙައްޖުމަހުގެ ނުވަވަނަ ދުވަހު ޢަރަފާތުގައި ހުރުމަކީ ޙައްޖުގެ ރުކުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ރުކުންކަމަށާއި ޙައްޖުގެ ރުކުނެއް އަޅައިފި މީހަކަށް އެއަހަރުގެ ޙައްޖު ނުލިބޭނެކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

ޙުތުބާގައި އިތުރަށް ބުނެފައިވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެމީހެއްގެ ދިރިއުޅުމަށް މަސައްކަތްކުރުމާއި ރަޙިމުގެ ގުޅުމާއި އެއްބައިވަންތަކަމާއި އާއިލީ ގުޅުން ދެމެހުއްޓުމަށްޓަކައި މަސައްކަތްކުރާ މީހެއްގެ ގޮތުގައި މުޖުތަމައުގައި އުޅުމަށާއި ފުރިހަމައަށް ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ހެޔޮ ޢަމަލުތައްކުރުން މަތީ ދެމި ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ފާފަތަކަށް އަރައިނުގަތުމަށް އަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމި ހުރުމަށް މަސައްކަތްކުރުމަށެވެ.

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2017

އީދު ފާހަގަކުރަންޖެހޭނީ ސާފު ހިތަކާއެކު:ޚުތުބާ

01 ސެޕްޓެމްބަރު 2017
އީދު ފާހަގަކުރަންޖެހޭނީ ސާފު ހިތަކާއެކު:ޚުތުބާ
31 އޯގަސްޓު 2017

ޙައްޖު ޚުތުބާ: މަޒްހަބީ ޚިލާފުތަކާއި މުޖުތަމައުގެ ފަސާދައިން ދުރުވޭ

31 އޯގަސްޓު 2017
ޙައްޖު ޚުތުބާ: މަޒްހަބީ ޚިލާފުތަކާއި މުޖުތަމައުގެ ފަސާދައިން ދުރުވޭ
25 އޯގަސްޓު 2017

ތިމާ ކުރާ ޚަރަދުތަކަކީ ޙަލާލު މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭނެ: ޚުތުބާ

25 އޯގަސްޓު 2017
ތިމާ ކުރާ ޚަރަދުތަކަކީ ޙަލާލު މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭނެ: ޚުތުބާ
11 އޯގަސްޓު 2017

ރާއްޖެ ވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހިފައި: ޚުތުބާ

11 އޯގަސްޓު 2017
ރާއްޖެ ވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހިފައި: ޚުތުބާ
07 ޖުލައި 2017

ސިހުރު ހަދާމީހާ ގަތުލުކުރަންޖެހޭ: ޚުތުބާ

07 ޖުލައި 2017
ސިހުރު ހަދާމީހާ ގަތުލުކުރަންޖެހޭ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު