Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

ސިހުރު ހަދާމީހާ ގަތުލުކުރަންޖެހޭ: ޚުތުބާ

ސިހުރު ހެދުމަކީ ހަރާމްކަމެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 7 ޖުލައި 2017 | ހުކުރު 07:44
އިސްލާމީ މަރުކަ

އިސްލާމީ މަރުކަ

ސިހުރު ހަދާމީހާގެ ހުކުމަކީ ގަތުލުކުރުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ސިހުރު ހެދުމަކީ ބޮޑު ފާފައެއް" ކަމަށެވެ.

ޚުތުބާގައި ބުނެފައި ވަނީ ސިހުރު ހެދުމަކީ މިހާރު ފެތުރެމުންދާ ބޮޑު ވަބާއެއް ކަމަށާއި މިއީ މާތްﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރެއިން ވާ ބޮޑު ފާފައެއް ކަމަށެވެ.

ޚުތުބާގައި ބުނެފައި ވަނީ ސިހުރު ހަދާމީހާއަކީ ކާފިރެއް ކަމަށާއި އެމީހަކަށް ކަނޑައެޅިފައިވާ ހުކުމަކީ ގަތުލުކުރުން ކަމަށެވެ. ﷲ ގެ ހަޒުރަތުގައި އޭނާގެ ތައުބާވުމަށް އެދުމެއް އަދި ތައުބާ ގަބޫލުކުރުމެއް ވެސް ނުވާ ކަމަށް އިމާމު މާލިކުގެ ފާނު ވިދާޅުވެފައި ވާކަމަށް ޚުތުބާގައި ވެއެވެ.

ސިހުރުގެ ނުބައިކަމާ މެދު ދީނީ އިލްމު ވެރިންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތް ކަމަށާއި ސިހުރު ހެދުމަކީ ކާފިރުކަމަށް ވާސިލުކުރާ ހަރާމް ކަމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

ސިހުރަކީ ހަގީގަތެއް ނޫން ކަމަށް ބައެއް މީހުން ބުނި ނަމަވެސް ސިހުރަކީ ސާބިތުވެގެންވާ ހަގީގަތެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފައި ވެއެވެ. އެކަމަށް ﷲ ގެ ވަހީ ބަސްފުޅުން މިސާލު ދައްކަވަމުން ޚުތުބާގައި ވަނީ" އަދި ގޮށްތަކަށް ފުމޭމީހުން (އެބަހީ:ސިހުރު ހަދާމީހުން)ގެންގުޅޭ ތަކެތީގައި ގޮށްޖަހައި ބަނދެ އެއަށް ފުމެއެވެ. ސިހުރަކީ ވުޖޫދުގައި ނުވާ ކަމެއް ނަމަ އެކަމުން ސަލާމަތްވެ ރައްކާތެރިވުމަށް މާތްﷲ އަމުރު ނުކުރެއްވީހެވެ،" މިފަދައިންނެވެ.

ސިހުރު ހެދުމަކީ ރަސޫލާ(ސ) ވަރަށްބޮޑަށް ނަހީ ކުރައްވާފައިވާ ކަމެއް ކަމަށާއި އެއީ ފަނާ ކުރަނިވި ހަތް ފާފައިގެ ތެރޭ ހިމެނޭ އެއް ފާފަކަމަށް އެކަލޭގެފާނުގެ ހަދީސްފުޅުން އެނގޭ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ. ރަސޫލާގެ ހަދީސުންމިސާލު ދައްކަވަމުން ހުކުރު ޚުތުބާގައި ވަނީ " ފާލު ބަލާ މީހެއްގެ ގާތަށްގޮސް އޭނާގެ ވާހަކަ ގަބޫލު ކޮށްފިމީހާގެ ނަމާދު 40 ދުވަސް ވަންދެން ﷲ ގަބޫލު ނުކުރައްވާ ހުއްޓެވެ."

ހަމަ އެފަދައިން ﷲ ހަރާމް ކުރައްވާފައިވާ އެއްވެސް ކަމެއްގައި ޝިފާއެއް ނުވާނެ ކަމަށް ވެސް މިއަދުގެ ހުކުރު ޚުތުބާގައި ވެއެވެ. އެހެންކަމުން މުސްލިމުންނަށް އޮތީ ކަންކަމުގައި އެދިގެން ﷲ ގެ ހަޟްރަތުގައި ދެންނެވުން ކަމަށާއި ސިހުރު ހަދާ މީހުންގެ ގާތަށް ދިއުން ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.

ޚުތުބާފައި ސިހުރު ހެދުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ އިރު ރާއްޖޭގައި ވެސް އިހުރު ހެދުމުގެ ނުބައި އަމަލުތައް ހިންގާކަމުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެ ގޮތުން އާރާއި ބާރުގެ ބޭނުމުގައި ހަދާ ސިހުރު ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2017

ސިހުރުވެރިންނާ މެދު ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް ބައެއް މުއައްސަސާތަކުން މަޝްވަރާކޮށްފި

29 ސެޕްޓެމްބަރު 2017
ސިހުރުވެރިންނާ މެދު ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް ބައެއް މުއައްސަސާތަކުން މަޝްވަރާކޮށްފި
01 ސެޕްޓެމްބަރު 2017

އީދު ފާހަގަކުރަންޖެހޭނީ ސާފު ހިތަކާއެކު:ޚުތުބާ

01 ސެޕްޓެމްބަރު 2017
އީދު ފާހަގަކުރަންޖެހޭނީ ސާފު ހިތަކާއެކު:ޚުތުބާ
31 އޯގަސްޓު 2017

ޙައްޖު ޚުތުބާ: މަޒްހަބީ ޚިލާފުތަކާއި މުޖުތަމައުގެ ފަސާދައިން ދުރުވޭ

31 އޯގަސްޓު 2017
ޙައްޖު ޚުތުބާ: މަޒްހަބީ ޚިލާފުތަކާއި މުޖުތަމައުގެ ފަސާދައިން ދުރުވޭ
25 އޯގަސްޓު 2017

ތިމާ ކުރާ ޚަރަދުތަކަކީ ޙަލާލު މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭނެ: ޚުތުބާ

25 އޯގަސްޓު 2017
ތިމާ ކުރާ ޚަރަދުތަކަކީ ޙަލާލު މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭނެ: ޚުތުބާ
11 އޯގަސްޓު 2017

ރާއްޖެ ވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހިފައި: ޚުތުބާ

11 އޯގަސްޓު 2017
ރާއްޖެ ވަނީ ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހިފައި: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު