Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް

އިންޑިއާ އައުޓް ހަރަކާތަށް އެންމެ ބޮޑަށް ފަންޑު ކުރީ މުއިއްޒު - މެންބަރު މުހައްމަދު އިސްމާއިލް

11 އޯގަސްޓު 2025 | ހޯމަ 11:09

އިންޑިއާ އައުޓް ކެމްޕޭން އަށް ވިޔަރާރިވެރިން ވެސް އެހީވި ނަވަމެސް އެންމެ ބޮޑު ހޭދަ އެއް ކުރެއްވީ މުއިއްޒު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޯގަސްޓު 2025 | ހޯމަ 11:09
އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު

އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު

މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިބި އިރުގައި އަދި ވެރިކަމަށް އައި ފަހުންވެސް ހިންގި އިންޑިއާ އައުޓް ހަރަކާތުގައި އެންމެ ބޮޑު މާލީ އެހީތެރިކަމެއް ދެއްވީ މިހާރުގެ ރައީސް ޑރ. މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އިދިކޮޅުގައި އޮވެގެން އެއިރު ޕީޕީއެމް ޕީއެންސީ އިން އިންޑިއާއި ދެކޮޅަށް އިންޑިއާ އައުޓް ހަރަކާތް ހިންގީ ޕާޓީގެ އިސް ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ހުށަހެޅުން ލީޑަރޝިޕުން ފާސްކުރައްވައިގެން ކަމަށެވެ. އެގޮތުން އޭނާ އެކަމުގައި އިސްކޮށް ހުންނެވި އިރު ލީޑަރޝިޕްގެ ނިންމުން ތަންފީޒު ކުރަމުން ގެންދިޔަ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އޭނާއަކީ އެއްވެސް އިރެއްގައި އެފަދަ ކެމްޕޭނަކަށް ހަރަދުކުރެއްވުމުގެ ގާބިލުކަން ހުރި މީހެއް ނޫން ކަމަށާއި، ހަރަކާތް ކުރިއަށް ގެންދިޔައީ ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކާއި ވިޔަފާރިވެރިން ދިން ފައިސާ އިން ކަމަށެވެ.

މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އެންމެ ބޮޑު ރޯލެއް މާލީ ގޮތުން އަދާކޮށްދެެއްވި ބޭފުޅަކީ ހަގީގަތުގައިވެސް ރައިސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

މެންބަރު މުހައްމަދު ވިދާޅުވީ ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަވާ އެއްވެސް ބޭފުޅަކު އެއީ އިސް މަގާމެއްގައި އަދި ދަށް މަގާމެއްގައި ހުންނަ ބޭފުޅަކު ވިޔަސް އެއްވެސް ގައުމެއްގެ، ވަކިން ހާއްސަކޮށް ކައިރި އަވަށްޓެރި ރައީސުންގެ އަބުރުފުޅަށް ކުޑައިމީސްވާގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. މެންބަރު ވިދާޅުވީ އެފަދަ ކަމަކީ ރަނގަޅުކަމެއް ކަމަށް ބުނެ ނުދެވޭނެ ކަމަށާއި، ނަމަވެސް އެކިއެކި ޖަޒުބާތުގައި އެކިއެކި ބޭފުޅުންނަށް ވާހަކަ ދެއްކިފައި އެބަހުރި ކަމަށާއި، އެކަމާއި ގުޅިގެން ސަރުކާރުން ފިޔަވަޅުތައް ވެސް އަޅާފައި އެބަހުރި ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭނާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އިންޑިއާ އައުޓް ކެމްޕެއިން ފެށީ އެ މަނިކުފާނުގެ އިސް ނެގުމާއި އެކުގައިކަމަށެވެ. އަދި އެ ޒިންމާ އިން ރެކިވަޑައިގަންނަވަން ބޭނުންފުޅު ވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. މިއަދުވެސް މޮޓޯ އެއްގެ ގޮތުގައި ގެންގުޅުއްވަނީ އޭރުވެސް ގެންގުޅުއްވި މޮޓޯ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތުގައި ރައީސް ޔާމީން އިސް ނެންގެވި ނަމަވެސް އެ މަސައްކަތުގައި ނޫޅޭ ސިޔާސީ މީހެއް ޕީޕީއެމް، ޕީއެންސީގައި ނުހުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެން އަލްޖަޒީރާ އަށް ދެއްވި އިންޓަރވިއުގައި ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ އިންޑިއާ އައުޓް ކެމްޕެއިނަށް ރައްޔިތުން ދިން ވޯޓުން ކަން ފާހަގަ ކުރައްވާ، އެހެން ކަމާއި އެކު ރައްޔިތުންގެ އެދުމަށް އިހުތިރާމް ކުރައްވާނެ ކަމުގައެވެ. އަދި ހަމްދާން ޝަކީލަކީ ރައީސް މުއިއްޒުގެ ނުރަސްމީ ތަރުޖަމާނެއް ކަމަށް ސިފަކުރައްވާ ޔާމީން ވަނީ، އިންޑިއާ އައުޓްގެ ކެމްޕެއިން އަކީ ރައީސް މުއިއްޒު އިސްނަންގަވައިގެން ހިންގެވި ކެމްޕޭން އެއް ކަމަށް ހަމްދާން ޝަކީލް ވެސް ސިފަ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭރު އޮޔާ އެއްކޮޅަށް ދަތުރުކުރާ އޮޑިއެއް ކަމަށް ދެކިގެން އެ ވާހަކަތައް ދެއްކެވީ ކަމަށާއި ހާލަތު ފުރޮޅުމުން ވާހަކަ ބަދަލުކުރެއްވީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް