Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވެނެޒުއެލާ

ވެނެޒުއޭލާގެ ރައީސް ހައްޔަރު ކުރުމަށް އެހީތެރިވެ ދޭ ފަރާތަކަށް 50 މިލިއަން ޑޮލަރު އެމެރިކާ އިން ކަނޑައަޅައިފި

ދުނިޔޭގެ އެންމެ ބޮޑެތި މަސްތުވާތަކެތި ވިޔަފާރިވެރިންގެ ތެރެއިން މީހެއްގެ ގޮތުގައި ތުހުމަތު ކޮށް އެމެރިކާގެ އެޓާނީ ޖެނެރަލް ބޮންޑީ ވިދާޅުވި ގޮތުގައި މި އިނާމަކީ ރައީސް ޓްރަމްޕްގެ ލީޑަރޝިޕްގެ ދަށުން މަދޫރޯ ހައްޔަރުކޮށް ޢަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އަޅާ ފިޔަވަޅެކެވެ.

ރާއްޖެ އެމްވީ | 8 އޯގަސްޓު 2025 | ހުކުރު 10:01
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ

ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދޫރޯ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ މަޢުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް 50 މިލިއަން ޑޮލަރުގެ އިނާމެއް އެމެރިކާ އިން ހުށަހަޅައިފިއެވެ.

މިއީ ޖެނުއަރީ މަހު ޓްރަމްޕްގެ ސަރުކާރުން ކަނޑައެޅި 25 މިލިއަން ޑޮލަރުގެ އިނާމް ދެގުނަ ކުރުމެވެ.

އެމެރިކާ އިން ވެނެޒުއެލާގެ އިސްވެރިޔާ އަށް ތުހުމަތު ކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަސްތުވާތަކެތި ވިޔަފާރިވެރިންގެ ތެރެއިން މީހެއްގެ ގޮތުގައި ހިމެނޭ ކަމަށާއި، ފެންޓަނިލް އެކުލެވޭ ކޮކެއިން އެމެރިކާ އަށް ފޯރުކޮށްދިނުމުގައި ކާޓެލްތަކާއެކު މަސައްކަތްކުރާ މީހެއް ކަމަށެވެ.

ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯއެއްގައި އިނާމުގެ ފައިސާ އިތުރުކުރި ކަމަށް އިޢުލާންކުރަމުން، އެމެރިކާގެ އެޓަރނީ ޖެނެރަލް ޕެމް ބޮންޑީ ވިދާޅުވެފައި ވަނީ މަދޫރޯ ވެނެޒުއެލާގެ ކުށުގެ ސިންޑިކޭޓްތަކާއި މެކްސިކޯގެ ނުރައްކާތެރި ސިނަލޯއާ ކާޓެލްއާ ގުޅިގެން މަސައްކަތްކުރާ ކަމަށެވެ.

"އޭނާ އަކީ ދުނިޔޭގެ އެންމެ ބޮޑެތި މަސްތުވާތަކެތި ވިޔަފާރިވެރިންގެ ތެރެއިން މީހެކެވެ. އަދި އަޅުގަނޑުމެންގެ ޤައުމީ ސަލާމަތަށް ނުރައްކަލެކެވެ. އެހެންކަމުން، އަޅުގަނޑުމެން އޭނާ [ހައްޔަރު ކުރުމުގެ] އިނާމް 50 މިލިއަން ޑޮލަރަށް ދެގުނަ ކޮށްފީމެވެ،" ބޮންޑީ ވިދާޅުވިއެވެ.

"ރައީސް ޓްރަމްޕްގެ ލީޑަރޝިޕްގެ ދަށުން، މަދޫރޯ އަށް ޢަދުލު އިންސާފުން ސަލާމަތެއް ނުވެވޭނެއެވެ. އަދި އޭނާގެ ނުބައި ކުށްތަކަށް ޖަވާބުދާރީ ކުރެވޭނެއެވެ،" އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން އާންމުންނަށް މަދޫރޯ އާ ބެހޭ މައުލޫމާތު ރިޕޯޓް ކުރެވޭނެ ހޮޓްލައިން ފޯނު ނަންބަރެއް އެމެރިކާގެ އެޓާރނީ ޖެނެރަލް ދެއްވިއެވެ.

މީގެ އިތުރުން ބޮންޑީ ވިދާޅުވެފައި ވަނީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މިހާތަނަށް މަދޫރޯއާ ގުޅުންހުރި 700 މިލިއަން ޑޮލަރަށް ވުރެ ގިނަ އަގުހުުރި މުދާ ހިފަހައްޓާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދެ އަމިއްލަ ޖެޓާއި 9 އުޅަނދު ހިމެނެއެވެ. އަދި ހިފެހެއްޓުނު އެތައް ޓަނެއްގެ ކޮކެއިން ސީދާ ރައީސް މަދޫރޯ އާ ގުޅުންހުރި ކަމަށް ބުނެފައިވެއެވެ.

ވެނެޒުއެލާގެ ފޮރިން މިނިސްޓަރ އިވާން ގިލް ޓެލެގްރާމް ޕްލެޓްފޯމް ގައި ބޮންޑީގެ އިޢުލާނަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވަނީ މިއީ ކަމެއްގެ ހަގީގަތް ފޮރުވުމަށް ދެމި ދުމުގެ ފަރުދާ އެއް ކަމަށާއި، ރައީސް ޓްރަމްޕް އަށް ތުހުމަތު ކުރެވޭ ޖެފްރީ އެޕްސްޓީންގެ މައްސަލައިން ސަމާލުކަން އަނބުރާލުމަށް ފަރުމާކޮށްފައިވާ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެއީ ހައިރާން ވާން ޖެހޭ ކަމެއް ނޫން ކަމަށާއި، މިކަން މި އަންނަނީ އެޕްސްޓީންގެ 'ސިއްރު ލިސްޓެއް' އޮތް ކަމަށް ވަޢުދުވެ، ސިޔާސީ ސްކޭންޑަލްތަކުގައި ޖެހިފައިވާ މީހެއްގެ ފަރާތުން ކަން، ޓްރަމްޕް އަށް އިޝާރާތް ކުރައްވާ ވެނިޒުއޭލާގެ މިނިސްޓަރު ވިދާޅުވިއެވެ.

އެމެރިކާގެ އެޓަރނީ ޖެނެރަލްގެ ބަޔާނަށް ހަވާލާ ދެއްވާ މިނިސްޓަރ ވިދާޅުވީ "އޭނާގެ ޝޯއަކީ ޖޯކެއް" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ވެނެޒުއޭލާގެ ގައުމީ ޢިއްޒަތަކީ ވިއްކާލެވޭނެ އެއްޗެއް ނޫން ކަމަށާއި، އަދި ވެނެޒުއޭލާ އިން މި ހަޑިމުޑުދާރު ސިޔާސީ ޕްރޮޕެގަންޑާ އޮޕަރޭޝަން ކުށްވެރިކުރާ ކަމަށެވެ.

2020 ގައި، ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި، މަދޫރޯ އާއި އޭނާގެ ގާތް އެކުވެރިން އެމެރިކާގެ ފެޑެރަލް ކޯޓެއްގައި މަސްތުވާތަކެތީގެ ދަޢުވާތަކަކާ ކުރިމަތިލާން ޖެހުނެވެ.

އޭރު އެމެރިކާ އިން އޭނާ ހައްޔަރު ކުރުމަށް 15 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހެޅިއެވެ. ފަހުން ބައިޑެންގެ އިދާރާއިން މި އަދަދު 25 މިލިއަން ޑޮލަރަށް އިތުރުކުރިއެވެ. މިއީ 2001 ގެ ސެޕްޓެމްބަރު 11 ގެ ހަމަލާ ތަކަށްފަހު އުސާމާ ބިން ލާދިން ހައްޔަރު ކުރުމަށް އެމެރިކާ އިން ހުށަހެޅި އިނާމާ އެއްވަރުގެ އަދަދެކެވެ.

ޖޫން މަހު، ވެނެޒުއެލާގެ ކުރީގެ މިލިޓަރީ އިންޓެލިޖެންސްގެ ޑިރެކްޓަރެއް އެމެރިކާ ގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި ނާކޯ-ޓެރަރިޒަމްގެ ދަޢުވާތަކަށް އިޢުތިރާފުވިއެވެ. އޭނާ އިއުތިރާފް ވީ އޭނާގެ ޝަރީޢަތް ފެށުމުގެ ހަފުތާއެއް ކުރިންނެވެ.

ރައީސް ހިއުގޯ ޗާވެޒްގެ ސަރުކާރުގައި 2004 އިން 2011 އަށް ޚިދުމަތްކުރި މޭޖަރ ޖެނެރަލް ހިއުގޯ ކާވަޖަލް، ހަތަރު ދަޢުވާ އަށް އިޢުތިރާފުވިއެވެ. މީގެ ތެރޭގައި ނާކޯ-ޓެރަރިޒަމްގެ ރޭވުމާއި، ކޮކެއިން އެތެރެކުރުމަށް ރޭވުމާއި، ހަތިޔާރާ ގުޅޭ ދަޢުވާތައް ހިމެނެއެވެ.

ޔޫއެސް ފެޑެރަލް ޕްރޮސެކިއުޓަރުން ތުހުމަތު ކޮށްފައި ވަނީ ކުރީގެ މޭޖަރ ޖެނެރަލް އާއި ވެނެޒުއެލާގެ ސަރުކާރާއި މިލިޓަރީގެ އެހެން އިސް އޮފިޝަލުން އެމެރިކާ އަށް ކޮކެއިން "ފްލަޑް" ކުރުމަށް މަސައްކަތްކުރި މަސްތުވާތަކެތީގެ ކާޓެލްއެއްގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރި ކަމަށެވެ.

ކާވަޖަލް ވަނީ މަދޫރޯގެ ސަރުކާރުގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ނަމަވެސް ފަހުން އޭނާ މަދޫރޯއާ ވަކިވެ، އެމެރިކާގެ ރުހުން ލިބިފައިވާ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރަން ފެށިއެވެ. ޖަސްޓިސް ޑިޕާޓްމަންޓުން 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރުމަށްފަހު، 2023 ގެ ޖުލައި މަހު އޭނާ ސްޕެއިނުން އެމެރިކާ އަށް އެކްސްޓްރަޑައިޓް ކުރެވުނެވެ.

އެމެރިކާ އިން އޭނާ ހައްޔަރު ކުރަން އިނާމު ހުށަހަޅާފައި ވަނިކޮށް، މަދޫރޯ ވަނީ 2024 ގައި ރައީސް ކަމަށް އަލުން އިންތިޚާބު ވެފައެވެ. ނަމަވެސް މި ވޯޓަކީ ވޮޝިންގްޓަން އާއި ޔޫރަޕިއަން ޔޫނިއަން އަދި ގިނަ ލެޓިން އެމެރިކާގެ ސަރުކާރުތަކުން ކުށްވެރިކޮށް، އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށް ބުނެފައިވެއެވެ.

ނިކޮލާސް މަދޫރޯއެމެރިކާ-ވެނެޒުއެލާޑޮނަލްޑް ޓްރަމްޕްޕެމް ބޮންޑީމަސްތުވާތަކެތި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު