Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑރ. އަހްމަދު ޝަމްހީދު

ވަޒީރު ބޭނުން މީހަކަށް ޕްރޮޖެކްޓް ދެވޭ ގޮތް ހެދުމަކީ އެތައް މިލިއަން ރުފިޔާ އެއް ގެއްލިދާނެ ކަމުގެ ބިރުގެ ތެރެއަށް ޤައުމު ވައްޓާލުން : ޝަމްހީދު

މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ 4 ވަނަ އިސްލާހުގައި ވަޒީރަކަށް ބޭނުން މީހަކަށް ބޭނުން ޕްރޮޖެކްޓެއް އިވެލުއޭޝަނެއް ނެތި ދެވިދާނެ ކަމަށް ބުނެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2025 | ބުދަ 13:51
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު

މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށާއި، އެ އިސްލާހަކީ އެތައް މިލިއަން ރުފިޔާ އެއް ގެއްލިދާނެ ކަމުގެ ބިރުގެ ތެރެއަށް ޤައުމު ވައްޓާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ 4 ވަނަ އިސްލާހަކީ މާލިއްޔަތު ގާނޫނުގެ 46 ވަނަ މާއްދާއާއި ހިލާފަށް ގެނެސްފައިވާ، އުފެދުމުގައި ވެސް ބާތިލް އިސްލާހެއް ކަމަށެވެ.

Advertisement - newsAdvertisement

މި އިސްލާހުގައި ބުނެފައި ވަނީ ވަޒީރު ބޭނުން މީހަކަށް ބޭނުން ޕްރޮޖެކްޓެއް ދެވިދާނެ ކަމަށެވެ. އަދި އެވޯޑު ކުރުމުގައި އެއްވެސް އިވެލުއޭޝަނެއް، ގާބިލް ކަމަކަށް ބަލަން ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. ހަމައެހެންމެ ⁠ވަޒީރު ބޭނުންފުޅު ޕޮރޮޖެކުޓަކަށް އެޑުވާންސް ޕޭމަންޓް ގެރެންޓީ، ޕާފޯމެންސް ގެރެންޓީ ނެތި 15% އާއި ހަމައަށް ފައިސާ ދެވިދާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

"އިސްލާހުގެ ދަށުން ޕްރޮޖެކްޓްތައް ބަހާފަ ފެނަކައިގެ ކޮރޮޕްޝަންގެ ވާހަކަ ދައްކަނީ ކީއްކުރަންތޯ. އަދި އޭސީސީ އިން މިފަދަ ކަންތަށްތަކުގައި ދޭންޖެހޭ ގާނޫނީ ލަފާނުދީ، މިކަން ކުރިއަށް ގެންދަން ހަނު ތިބުމަކީ މުއައްސަސާ ފެއިލްވެފައިވާ ކަމުގެ ދަލީލެއް." ޝަމްހީދުގެ ޕޯސްޓުގައިވެއެވެ.

އެ ޕޯސްޓާއި ގުޅޭގޮތުން ރާއްޖެއެމްވީ އަށް އިތުރަށް މައުލޫމާތުދައްވަމުން ޝަމްހީދު ވިދާޅުވީ މިފަދައިން ސަރުކާރުން ނިންމާ ނިންމުންތަކުގެ ފަހަތުގައި އަބަދު ވެސް އޮޅުވާލުމުގެ އަމަލުތައް އޮންނަކަމަށެވެ. އިޚުލާސްތެރިކަމާއި އެކު ރައްޔިތުންނަށް ޚިދުމަތް ދޭން ބޭނުން ނަމަ ޤާނޫނުތަކާއި ޤަވާއިދުތަކަށް މިފަދަ ބަދަލުތަކެއް ގެނައުމުގެ މާނަ އެއް ނެތް ކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.

"ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގަން އުސޫލާއި އެއްގޮތަށް އިއުލާންކޮށްގެން އެކަން ކުރަން މަސައްކަތް ކުރެވޭނެ ޖާގަ އެބަ އޮތް. އުސޫލަށް ބަދަލުގެނެސްގެން ކުރަނީ. މީގެ ބޭނުމަކީ ވަކި ބަޔަކަށް މާލީ މަންފާ ހޯދުން ނޫން ކޮން ކަމެއްކަން އަޅުގަނޑަކަށް ނުވިސްނޭ. މިއީ އަނެއްކާވެސް އެތައް މިލިއަން ރުފިޔާ އެއް ގެއްލިދާނެ ކަމުގެ ބިރަށް ޤައުމު ވައްޓާލުން" ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ މިއީ އިންތިޚާބުގެ ދުވަސްވަރާއި ދިމާކޮށް އާއްމުންނަށް އޮޅުވާލައިގެން ކަންކަން ކުރުމަށް މަގުފަހިކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. މާލިއްޔަތު ޤަވާއިދަށް ބަދަލު ގެނެސްގެންނާއި އެހެނިހެން ގޮތްގޮތުން ބިޑްކުރުމަކާއި އަދި އިއުލާން ކުރުމަކާއި ނުލާ މަޝްރޫޢުތައް ދިނުމަށް މަގުފަހިވާ ގޮތަށް އަމަލު ކުރުމަކީ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.

އިމާރާތްކުރުމުގެ ސިނާއަތާއި އިވެންޓް އޯގަނައިޒިން ފަދަ ދާއިރާތަކުން ވެސް ސަރުކާރާއި ގާތް ގުޅުމެއް އޮންނަ ފަރާތްތަކަށް އެކަނި މަސައްކަތް ލިބޭ ގޮތަށް އަމަލުކުރަމުންދާ މައްސަލަ ބޮޑުވެ އެ ސިނާއަތްތަކުގެ ސްޓޭކްހޯލްޑަރުން ވެސް ދަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޑރ. އަހްމަދު ޝަމްހީދުމާލިއްޔަތު ގަވާއިދު

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ، މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ: ޑރ.ޝަމްހީދު

ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ، މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ: ޑރ.ޝަމްހީދު

28 ނޮވެމްބަރު 2025
ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

28 ނޮވެމްބަރު 2025
ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
ބިޑަކާ ނުލާ މަޝްރޫއުތައް ބަހާލުން: ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް

ބިޑަކާ ނުލާ މަޝްރޫއުތައް ބަހާލުން: ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު