Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޝްރޫއުތައް ބަހާލުން

ބިޑަކާ ނުލާ މަޝްރޫއުތައް ބަހާލުން: ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް

ބޭނުން ގޮތަކަށް ސަރުކާރުން ބަހާލި މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ދޭ ޔަޤީންކަމާއި އެކު ބީއެމްއެލްއިން ކުންފުނިތަކަށް ލޯނު ދީގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2025 | ހޮނިހިރު 19:19
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަނީ

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަނީ

ބިޑު ކުރުމެއް ނެތި އަޑި ނޭނގޭ ގޮތަށް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން ބުރާސްފަތި ދުވަހު ގިނަ އަަދެއްގެ މަޝްރޫޢުތައް ބަހާލާފައި ވާތީ، އެކަމަށް މަގުފަހިކުރުމަށް މާލިއްޔަތު ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، މަޝްރޫޢުތަކަށް ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީ އިން ކޯޓަށް ދާން ނިންމައިފި އެވެ.

އެ ގޮތަށް ހުށަހަޅާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އޮތް އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި، ހޯރަފުށީ ދާއިރާގެ ކުރިީގެ މެމްބަރު އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރެއްގަ އެވެ.

Advertisement - newsAdvertisement

ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. ސަލީމް ވިދާޅުވީ ބިޑަކާއި ނުލާ ވާދަވެރި ފަރާތްތަކަށް ފުރުސަތު ނުލިބޭ ގޮތަށް ސަރުކާރުގެ މަޝްރޫޢުތައް ބަހާލުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ކެބިނެޓުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި މަޝްރޫޢުތައް ބަހާލީ މާލިއްޔަތު ޤަވައިދަށް އިސްލާހު ގެނައުމަށް ފަހުގައިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ބަދަލު ގެނެސްފައި ވަނީ މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަމަށް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

ސަލީމް މިފަދައިން ވިދާޅުވެފައި ވަނީ މާލިއްޔަތު ގަވައިދަށް ގެނެސްފައިވާ 4 ވަނަ އިސްލާހަށް އިޝާރާތްކުރައްވަ އެވެ. މާލިއްޔަތު ޤަވައިދަށް މި ފަހުން ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ވަޒީރު ބޭނުން މީހަކަށް ބޭނުން ޕްރޮޖެކްޓެއް ދެވިދާނެ ކަމަށެވެ. އަދި އެވޯޑު ކުރުމުގައި އެއްވެސް އިވެލުއޭޝަނެއް، ގާބިލް ކަމަކަށް ބަލަން ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. ހަމައެހެންމެ ⁠ވަޒީރު ބޭނުންފުޅު ޕޮރޮޖެކުޓަކަށް އެޑުވާންސް ޕޭމަންޓް ގެރެންޓީ، ޕާފޯމެންސް ގެރެންޓީ ނެތި 15% އާއި ހަމައަށް ފައިސާ ދެވިދާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސަރުކާރުން ހަވާލު ކުރި މަޝްރޫޢުތައް އިއުލާންކޮށްފައި ނުވުމާއި ސަރުކާރާއި ގުޅުން ހުރި ފަރާތްތަކަށް ނިސްބަތްވާ ކުންފުނިތަކަށް ނޫން ބަޔަކަށް ބީލަމުގައި ބައިވެރި ނުވެވުމާއި ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނެތް ކުންފުނިތަކަށް މަޝްރޫޢުތައް ހަވާލުކޮށްފައި ވާތީ އެކަމުގެ ކަންބޮޑުވުން އެ ގަރާރުގައި ވަނީ ފާޅުކޮށްފަ އެވެ. އުވާލުމުގެ މަރުހަލާގައި ވާ ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށްފައިވާ އިރު އެ ކުންފުނިތަކުގެ ފަންނީ، މާލީ އަދި މަސައްކަތުގެ ތަޖުރިބާ އަށް ބަލާފައި ނުވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ އެއް ބާވަތެއްގެ ޕްރޮޖެކްޓްތައް އެކި އަގުގައި ދީފައިވާ ކަން ވެސް ސަލީމް ހުށަހެޅުއްވި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމަށް ވާއިރު މާލިއްޔަތު ޤަވައިދާއި ޚިލާފަށް ޤަވައިދެއް ހަދައިގެން ވަކި ބަޔަކަށް ބޮޑެތި އަގުގައި މަޝްރޫޢުތައް ދިނުމަކީ ޤާނޫނުއަސާސީ އާއި ޚިލާފު ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ. އެ ޕްރޮޖެކްޓްތައް ދިނުމަށް އެކުލަވާލި އެއްބަސްވުންތައް ވެސް ސައްހަ ނުވާނެކަން ސަލީމް ވަނީ ފާހަގަކުރައްވާފަ އެވެ.

ސަލީމް ވަނީ އެކަމާއި ގުޅިގެން ބައެއް ފިޔަވަޅުތައް އެޅުމަށް ގަރާރުގައި ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ރައީސް މުއިއްޒުގެ އެންގުމަށް ޕްރޮޖެކްޓްތައް ދީފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވާތީ އެ އެއްބަސްވުންތައް ބާތިލް ކުރުމަށް ސަރުކާރާއި އެކަމުގައި ބައިވެރިވާ ކުންފުނިތަކަށް ގޮވާލުން
  2. ދައުލަތުގެ މުއައްސަސާތަކުން މި ޖަރީމާ ތަހުގީގުކުރުމަށް ގޮވާލުމުގެ އިތުރުން، އެ މައްސަލަ ތަހުގީގުކުރުމަށް ކަމާއި ބެހޭ އިދާރާތަކަށް އެ ޕާޓީގެ ފަރާތުން ހުށަހެޅުން
  3. މާލިއްޔަތު ޤަވާއިދަށް ހުށަހެޅި ބަދަލު ބާތިލްކުރުމަށް އެމްޑީޕީ އިން ކޯޓަށް ހުށަހެޅުން
  4. ދައުލަތަށް މި މުއާމަލާތުގެ ސަބަބުން ލިބިދާނެ އިއާދަ ނުކުރެވޭ ބޮޑު ގެއްލުމަކަށްޓަކާ މި މަޝްރޫޢުތަކަށް ފައިސާ ދޫކުރުން ހުއްޓުވުމަށް ކޯޓުގައި އަމުރަކަށް އެދުން
  5. މި މައްސަލައިގައި މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ ދެން އަންނަ އެމްޑީޕީ ސަރުކާރެއްގައި މި މައްސަލަތައް ބަލާ ފިޔަވަޅު އެޅުން
  6. މި މައްސަލަތައް ބެލުމަށް އިންކާރު ކުރާ މީހުން ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި މަޤާމުތަކުން ވަކިކޮށް، ރަސްމީ ވާޖިބް އަދާ ނުކުރި މައްސަލަ އާއި ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް އަމަލު ކުރި މައްސަލަ ބަލާ ފިޔަވަޅު އެޅުން

ބޭނުންގޮތަކަށް ސަރުކާރުން ބަހާލި މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ދޭ ޔަޤީންކަމާއި އެކު ބީއެމްއެލްއިން ކުންފުނިތަކަށް ލޯނު ދީގެންނެވެ. އެ ލޯނުތައް ދޫކުރަނީ 9 ޕަސެންޓު އިންޓަރެސްޓު ރޭޓުގަ އެވެ. އެހެންކަމުން ބީއެމްއެލްގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ވެސް ސަލީމްގެ ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

އެ ޤަރާރަށް ތާއީދު ކުރައްވާފައި ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއް ރަހްމާން އެވެ. އަދި އެ ގަރާރު ފާސްކޮށްފައި ވަނީ ގައުމީ މަޖިލީހުގެ ހޮނިހިރު ދުވަހުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީއަހުމަދު ސަލީމްމާލިއްޔަތު ގަވާއިދުބިޑިން ނެތި ހަވާލުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު