Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަނޑިދޫ ކައުންސިލް

ޖެހިޖެހިގެން 2 އަހަރު ވެސް ބަނޑިދޫ ކައުންސިލުން ގާނޫނާ އެއްގޮތަށް ޒިންމާ އަދާކޮށްފައި ނުވޭ – އޮޑިޓް

ބަނޑިދޫ ކައުންސިލުން 2020 އަދި 2021 ވަނަ އަހަރު ބާއްވާފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތަށް އެ އިދާރާއިން އޮޑިޓަރުންނަށް ފޯރުކޮށްދީފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2022 | ހުކުރު 09:01
ބަނޑިދޫ ކައުންސިލް އިދާރާގެ ބޭރުގައި ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސް ފަރާތްތައް

ބަނޑިދޫ ކައުންސިލް އިދާރާގެ ބޭރުގައި ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސް ފަރާތްތައް

2020 އަދި 2021 ވަނަ އަހަރު ދ. ބަނޑިދޫ ކައުންސިލުން މަސައްކަތު ތާވަލާއި 6 މަސް ދުވަހުގެ ރިޕޯޓް އަތޮޅު ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށާއި، ގަވާއިދުން ބާއްވަންޖެހޭ ކައުންސިލްގެ ހަފްތާ ބައްދަލުވުންތައް ބާއްވާފައިވާކަން ކަށަވަރު ނުވާކަމަށް އެ ކައުންސިލްގެ ޕަރފޯމެންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ދ. ބަނޑިދޫ ކައުންސިލް އިދާރާގެ 2020 އަދި 2021 ވަނަ އަހަރުގެ ޕަރފޯމެންސް އޮޑިޓް ރިޕޯޓުގެ ތެރެއިން 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 105 ވަނަ މާއްދާފައި ބަޔާންކޮށްފައިވާގޮތުން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ފުރަތަމަ 6 މަސް ދުވަހު ރަށު ކައުންސިލުތަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓު އަދި ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފާއިތުވި އަހަރުގެ ރަށު ކައުންސިލްތަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓު ނުވަތަ އަހަރީ ރިޕޯޓު އެ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ފޮނުވަންޖެހެއެވެ.

Advertisement - newsAdvertisement

އަދި ރަށު ތަރައްގީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ވެސް އެ މައްދާގެ ދަށުން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް އަތޮޅު ކައުންސިލަށް ފޮނުވަންޖެހެއެވެ.

ނަމަވެސް ބަނޑިދޫ ކައުންސިލުން 2020 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓާއި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލު ތައްޔާރުކޮށް އަތޮޅު ކައުންސިލަށް ފޮނުވާފައިވާކަން ލިޔެކިއުމުން އެނގެން ނެތްކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ކައުންސިލްގެ 2021 ވަނަ އަހަރުގެ އޮޑިޓްގައި ވެސް މި މައްސަލަ ވަނީ ފާހަގަކޮށްފައެވެ. އަދި ގަވާއިދުން އަތޮޅު ކައުންސިލަށް ރިޕޯޓްތަކާއި ލިޔެކިޔުންތައް ފޮނުވުމަށް ވަނީ ލަފާދީފައެވެ.

މި ދެ ރިޕޯޓުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 112 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން ކޮންމެ ހަފްތާއަކު އެއްފަހަރު، އަދި އަތޮޅު ކައުންސިލްތަކުން މަހަކު އެއްފަހަރު ކައުންސިލްގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް ބާއްވަންޖެހޭ ކަމަށެވެ.

ނަމަވެސް ބަނޑިދޫ ކައުންސިލުން 2020 އަދި 2021 ވަނަ އަހަރު ބާއްވާފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތަށް އެ އިދާރާއިން އޮޑިޓަރުންނަށް ފޯރުކޮށްދީފައި ނުވާތީ ގާނޫނުގައި ބުނެފައިވާ ގޮތަށް ކައުންސިލްގެ ބައްދަލުވުންތައް ބާއްވާފައިވާކަން ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ވެސް ކައުންސިލުން ހިންގާ ޕްރީ ސްކޫލްގެ ހިސާބުތައް 2020 ވަނަ އަހަރު ބަލަހައްޓާފައި ނުވާކަމަށް އޮޑިޓްގައި ބުނެފައިވެއެވެ. އޮޑިޓްގައި ބުނެފައިވަނީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ އޮފީހަކަށް ލިބޭ ފައިސާ ބަލައިގަތުމަށްފަހު ދުވަހުގެ ފޮތުގައި ލިޔެގެން ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރ ހުއްދަކުރާ އިލެކްޓްރޯނިކް ވަސީލަތަކުން ދުވަހުން ދުވަހަށް ރެކޯޑްކޮށް، ލިބޭ ފައިސާގެ ހިސާބުތައް އެ އޮފީހަކުން ބަލަހައްޓަންޖެހެއެވެ.

އަދި އެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ދައުލަތުގެ އޮފީސްތަކުގެ ބަޖެޓުގައި ހަރަދުތައް ހިމަނާފައިވާ ގޮތާއި، ބަޖެޓުން ކުރާ ހަރަދުތަކާއި، ބަޖެޓުބާކީ ބަޖެޓް ހިސާބު ފޮތުން ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރ ހުއްދަކުރާ އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން، ހަރަދާއި ބާކީ އަބަދު ވެސް ފެންނަން އޮންނާނެ ގޮތަށް އެ ތަންތަނުން ހިސާބުތައް ބަލަހައްޓަންޖެހެއެވެ.

ނަމަވެސް ބަނޑިދޫ ކައުންސިލް އިދާރާއިން، 2020 ވަނަ އަހަރު ޕްރީ ސްކޫލް ހިންގުމަށް ލިބިފައިވާ ހިލޭ އެހީގެ ފައިސާ އާއި ހިނގި ހަރަދުގެ ތަފްސީލު ރިޕޯޓް ނުވަތަ އަހަރީ ހިސާބުތައް ބަލަހައްޓާފައިވާ ނުވާއިރު، އެކަމަށް ވަކި ބޭންކް އެކައުންޓެއް ނެތުމުން، ޕްރީ ސްކޫލް ހިންގުމަށް ލިބިފައިވާ ފައިސާއިން ބާކީހުރި އަދަދު ކަށަވަރުކުރެވޭކަށް ނެތް ކަމަށެވެ.

ބަނޑިދޫބަނޑިދޫ ކައުންސިލް އިދާރާއޮޑިޓަރ ޖެނެރަލް އޮފީސްއޮޑިޓް ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު

ބުރާސްފަތި ދުވަހުގެ މަޖިލިސް ޖަލްސާ ގައި ވެސް ފެނަކައިގެ އޮޑިޓް ރިޕޯޓު

01 އޮކްޓޯބަރު 2025
ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ

ފެނަކަ އޮޑިޓު ރިޕޯޓަކީ މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް އޮޑިޓަރ ޖެނެރަލް އަށް ބިރު ދައްކައިގެން ނެރުނު ރިޕޯޓެއް: އެމްޑީޕީ

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު