Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ހައްތަހާވެސް އިންތިހާބަށް ދައްކާ "ހޮޅީ" ވާހަކަ!

1 އޯގަސްޓު 2025 | ހުކުރު 13:54

މިއީ މިސަރުކާރުން އަލަށް ދައްކައިގެން އުޅޭ ވާހަކައެއް ނޫނެވެ. މިސަރުކާރުން ޖައްސާ ސްޓަންޓެކޭވެސް ބުނެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. މަރުގެ އަދަބާ ގުޅޭ ގޮތުން މިސަރުކާރުން އެކި ދުވަސްވަރު ވާހަކަ ދައްކާފައި އެބަހުއްޓެވެ. މައްސަލައިގެ ހައްލަކީ އިންތިހާބަކަށް މޮޅު ވާހަކައެއް ދެއްކުމެއް ނޫނެވެ. މުހިންމީ މަސްތުވާތަކެތީގެ ފަރުވާ ރަނގަޅުކުރުމެވެ. އެއަށް އޮތް ޑިމާންޑް ދަށްކުރުމެވެ. ޑުރަގުގެ ވަބާއާއި މަރުގެ އަދަބަކީ ދައްކަން މޮޅު ވާހަކައެކެވެ. ވޯޓަށް ރީތި މަންޒަރެކެވެ. އެކަމަކު، ހަގީގަތަކީ އެއީ ހުސް 'ހޮޅި' ވާހަކަތަކެކެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ސަރުކާރުން ގާނޫނަށް އިސްލާހު ގެންނަން ނިންމުން

އަލީ ޝާހީން
އަލީ ޝާހީން | 1 އޯގަސްޓު 2025 | ހުކުރު 13:54
ރިޕޯޓު: ހައްތަހާވެސް އިންތިހާބަށް ދައްކާ "ހޮޅީ" ވާހަކަ!

ރިޕޯޓު: ހައްތަހާވެސް އިންތިހާބަށް ދައްކާ "ހޮޅީ" ވާހަކަ!

ހަފުތާ ނިމެމުންދަނިކޮށް ތިލަވި ހަބަރަކީ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭގޮތައް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ހަބަރެވެ. "އެކްސް" އެކައުންޓަކުން ސަރުކާރު ހިންގާ ވެރިއަކު މި ނޫނި ނުދެކެމެވެ. 

މިއީ މިސަރުކާރުން އަލަށް ދައްކައިގެން އުޅޭ ވާހަކައެއް ނޫނެވެ. މިސަރުކާރުން ޖައްސާ ސްޓަންޓެކޭވެސް ބުނެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. މަރުގެ އަދަބާ ގުޅޭ ގޮތުން މިސަރުކާރުން އެކި ދުވަސްވަރު ވާހަކަ ދައްކާފައި އެބަހުއްޓެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ ވައުދެއްގެ ގޮތުން ޤިސާސް ތަންފީޛު ކުރައްވާނެ ރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެއީ 2023 ވަނަ އަހަރުގެ ޑިސެންބަރު 20 ވަނަ ދުވަހު ޖަލްސާއެއްގައި ދެއްކެވި ވާހަކައެކެވެ.

އޭގެ ފަހުން އޮގަސްޓް 14، 2024 ގައި މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ޖަދުވަލު 1 ގައި ހިމެނޭ މަސްތުވަތާކެތީގެ ބަރުދަނުގައި 500 ގްރާމަށް ވުރެ ގިނައިން އެތެރެކުރިކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު އިއްވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލު ގެންނަން ޑްރާފްޓެއް އެކުލަވާލީވެސް ހަމަ މިސަރުކާރުންނެވެ.

އޭގެ ފަހުން "މިސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާ" ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްކެވި ވާހަކައިގެ ރާގު ބަދަލުވެ، މަރުގެ އަދަބު ތަންފީޒު ނުކުރާ ގިނަ ގައުމުތަކުން ދައްކާ އުޒުރުތައް ދެއްކެވި އެވެ. ޑިސެމްބަރު 4، 2023، ގައި އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށެވެ. އަދި 12 ފެބުރުވަރީ 2024 ގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގެ ސިޔާސަތަކީ މަރުގެ އަދަބު ތަންފީޒުކުރުން ކަމަށް ވިޔަސް ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކާ ގުޅިގެން މިހާރު ކުރަމުން އަންނަ މަސައްކަތަކީ މަރުގެ ހުކުމް ކުރެވޭ މީހާއަށް އަދުލުގެ ނިޒާމުގެ ތެރެއިން ކަށަވަރުކުރަން ޖެހޭ ހުރިހާ ހައްގެއް ކަށަވަރު ކުރެވޭތޯ ބެލުން ކަމަށެވެ. އެ މުޅި ނިޒާމުގައި ހުންނަން ޖެހޭ ފުރިހަމަކަން އެބަ އޮތްތޯ ކަށަވަރުކުރުމަކީ ވެސް މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނެއްކާވެސް ތިލަވީ ޚަބަރަކީ ޑުރަގު ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާކުރާ ކަމަށް ރައީސް ވިދާޅުވި ޚަބަރެވެ. ރައީސްގެ އެ ޕޯސްޓު ޝެއަރ ކުރުމަށްފަހު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުން ދިޔައީ، އެއީ އިންތިޚާބަށް ދައްކާ ހޮޅި ވާހަކައެއް ކަމަށެވެ.

ގިސާސްގެ ވާހަކަދައްކާއިރު އެންމެ ފަހު މަރުހަލާ ވެސް ނިމި، ހުކުމް ތަންފީޒުކުރަންވެފައި ތިބި ތިން މީހުން މިހާރު ވެސް އެބަތިއްބެވެ. ބޭނުންވަނީ ހަމައެކަނި ރައީސްގެ ނިންމެވުމެވެ. އެކަން ތަންފީޒުކުރެއްވުމެވެ. މިވީހާ ދުވަހެއްވެސް މިދިޔައީއެވެ. ދެއްކުނު ވާހަކަތައް ހަނދާން ނެތި ރާގު ބަދަލުވެ އަނެއްކާވެސް އޭރު ދެއްކި ވާހަކަ އެހެން ގޮތަކަށް ދައްކަން ފަށައިފިއެވެ. އިންތިހާބެއް ބޯމަތި ވާން އުޅޭކަމުގެ އިހްސާސް ކުރެވެން ފަށައިފި އެވެ.

ކުރިން ބުނެވުނު އެންމެ ފަހު މަރުހަލާ ވެސް ނިމި، ހުކުމް ތަންފީޒުކުރަންވެފައި ނުކުރެވި ތިން މައްސަލައިގެ ތެރެއިން އެއް މައްސަލައަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވި ހުސައިން ހުމާމްގެ މައްސަލައެވެ. އަދި، މާރިޗު، 2009 ގައި މަޖިދީމަގުގައި ވަޅިއަކުން ހަމަލާދީ ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދު މަރާލި މައްސަލައިގައި ގ. ރީފް މުހައްމަދު ނަބީލްގެ މައްޗަށް ސާބިތުވި މަރުގެ ދައުވާއާއި ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލިކަން ސާބިތުވެ މ. މަސްރޫރާ އަހްމަދު މުއްރަތުގެ މައްޗަށް ސާބިތުވެ މަރުގެ ދައުވާއެވެ. ތިން މައްސަލަ ވެސް އޮތީ ތަންފީޒީ މަރުހަލާގައެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭގޮތައް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅަން ސަރުކާރުން ނިންމުމާއި ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، މިއީ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ދައްކަވާ ވާހަކައެއް ކަމަށެވެ. އަދި އިހަކަށް ދުވަހު ޑުރަގާ ގުޅޭ މައްސަލަތަކުގައި ދެތިން މީހަކު މަރާލީމާ އާންމުންގެ ކަންބޮޑުވުންތަކާ އެއްޗެހި އޮތީމާ ބުނެލި ވާހަކައެއް ކަމަށާއި ސީރިއަސްކޮށް އެކަން ކުރާކަށް ބުނާ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އުމަރު ނަސީރުގެ އެވާހަކަ އާއި ދެކޮޅު ވެވޭކަށް ނެތެވެ. ގިސާސް ވެސް ތަންފީޒެއް ނުވެއެވެ. ދެން މިހާރު އެ ދައްކަވަނީ އަދި މާ ދިގު، އުނދަގޫ ކަމެއްގެ ވާހަކަފުޅެވެ.

އެހުކުމް ތަންފީޒު ނުކުރެވި އޮތް ސަބަބުތައް ވަރަށްވެސް ގިނަ އެވެ. އަމުދުން ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި އެ ފަދަ ހުކުމެއް ތަންފީޒުކުރެވޭނީ ވަރަށް ވަރުގަދަ ލީޑަރަކަށެވެ. ޚާއްސަކޮށް ފުނޑިފައި އޮތް އިގުތިސާދެއްގައެވެ. ދަރަނި ބޮޑުވެ، ހަދާނެ ގޮތް ނޭނގިފައި ތިބެގެން އެއީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ.

މަރުގެ އަދަބު ތަންފީޒުކުރަން ގާނޫނީ ހުރަސްތައް ވެސް އެބަހުއްޓެވެ. އެއް ގާނޫނު އަނެއް ގާނޫނާ ފުށުއެރުމާއި މުހިންމު ބައެއް ގާނޫނުތަކުގައި މަރުގެ އަދަބު ނެތުމެވެ. އެހެންވެ، ބޮޑެތި ކުށްތަކުގައި މަރުގެ އަދަބެއް ނުދެވެއެވެ.

މައްސަލައިގެ ހައްލަކީ އިންތިހާބަކަށް މޮޅު ވާހަކައެއް ދެއްކުމެއް ނޫނެވެ. މުހިންމީ މަސްތުވާތަކެތީގެ ފަރުވާ ރަނގަޅުކުރުމެވެ. އެއަށް އޮތް ޑިމާންޑް ދަށްކުރުމެވެ. ޑުރަގުގެ ވަބާއާއި މަރުގެ އަދަބަކީ ދައްކަން މޮޅު ވާހަކައެކެވެ. ވޯޓަށް ރީތި މަންޒަރެކެވެ. އެކަމަކު، ހަގީގަތަކީ އެއީ ހުސް 'ހޮޅި' ވާހަކަތަކެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
26 މާރިޗު 2017

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
26 ފެބުރުއަރީ 2017

މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

26 ފެބުރުއަރީ 2017
މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް