Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިޔަންމާ ހޮސްޕިޓަލް

މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

ފަގީރުން ފައިސާ ދައްކާކަށް ނުޖެހޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2017 | އާދީއްތަ 10:23
މުސްލިމް ފްރީ ހޮސްޕިޓަލް، މިތަނުން މިޔަންމާގެ ފަގީރުންނަށް ހިލޭ ބޭސްފަރުވާ ލިބޭ

މުސްލިމް ފްރީ ހޮސްޕިޓަލް، މިތަނުން މިޔަންމާގެ ފަގީރުންނަށް ހިލޭ ބޭސްފަރުވާ ލިބޭ

ކަމެއް ކުރަން ވެއްޖެނަމަ އެހެން ބަޔެއްގެ ފަރާތުން ފެންނާނެ އެއްވެސް ހެޔޮކަމެއް ނޯންނާނެއެވެ. މިވެސް އެކަހަލަ ކަމެއްގެ ވާހަކަކޮޅެކެވެ. ދުނިޔޭގެ އެކި ހޮސްޕިޓަލުތަކުގެ ވާހަކަ އަޑުއިވެއެވެ. އެކަމަކު ދުވަހަކު ވެސް "މުސްލިމް ފްރީ ހޮސްޕިޓަލް" ކިޔާ ތަނެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ. ނާހާނަމަ ނޫނީ ނޭނގޭ ނަމަ އެ ހޮސްޕިޓަލަކީ ކޮބައިކަން ބަލާލަން ހިނގާށެވެ. "މުސްލިމް ފްރީ ހޮސްޕިޓަލް" އަކީ ހުރިހާ އެންމެނަށްވެސް ހުރި ނަމޫނާއެކެވެ.

"މުސްލިމް ފްރީ ހޮސްޕިޓަލް" އުފެދުނީ 1937 ވަނަ އަހަރު ބަރުމާގެ (މިހާރު މިޔަންމާ) ރަންގޮން ސިޓީގައެވެ. މި ހޮސްޕިޓަލު ވުޖޫދަށް ގެނައުމުގެ ފަހަތުގައި ތިބީ ބަރުމާގެ (މިހާރު މިޔަންމާ) މުސްލިމުންގެ ތެރެއިން ލީޑަރުން ތަކެކެވެ. މިފަދަ ހޮސްޕިޓަލެއް އެޅުމުގެ ބޭނުމަކީ ރަންގޮން ސިޓީގައި ދިރިއުޅޭ ތަނަވަސްކަން ނެތް މީހުންނަށް ސިއްޚީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ވަކިން ޚާއްސަކޮށް އެއްގޮތަކަށްވެސް ބޭސްފަރުވާ ކުރެވޭނެ ގޮތް ނެތިފައި، ނުވަތަ އެފަދަ އެއްވެސް ވަސީލަތެއް ހޯދާނެ އިތުރު ގޮތެއް ނެތް އާންމުންނަށް ހިލޭ އެހީ ފޯރުކޮށްދިނުމަށެވެ.

މުސްލިމު ލީޑަރުންތަކެއްގެ ފަރާތުން ވުޖޫދުވި "މުސްލިމް ފްރީ ހޮސްޕިޓަލް" އެޅުމަށް ހުރިހާ އިންވެސްޓެއްކުރީ މިޔަންމާގެ މުސްލިމުން ޚަރަދުކޮށްގެންނެވެ. މިހާރު ވެސް މިޔަންމާގައި "މުސްލިމް ފްރީ ހޮސްޕިޓަލް" އިން ޚިދުމަތް ދެމުންދެއެވެ. މިޔަންމާގެ މުސްލިމުން ކަތިލަމުންދާއިރު ވެސް މިހާރުވެސް "މުސްލިމް ފްރީ ހޮސްޕިޓަލް" ހިންގަމުންދަނީ މުސްލިމުން ސޮދަޤާތްކުރާ ފައިސާއިންނެވެ. 1988 ވަނަ އަހަރު ބަރުމާގެ ނަން މިޔަންމާއަށް ބަދަލުވެ، ރަންގޮން ސިޓީގެ ނަން ޔަންގޮން އަށް ބަދަލުވިޔަސް "މުސްލިމް ފްރީހޮސްޕިޓަލް" އިން ދެމުން އަންނަ ޚިދުމަތަށާއި މަޤްސަދަކަށް ބަދަލެއް ނާދެއެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް "މުސްލިމް ފްރީ ހޮސްޕިޓަލް" އިން ޚިދުމަތް ދިނުމުގައި ވަކި ދީނަކަށް ވަކި ނަސްލަކަށް ތަފާތުކޮށްފައެއް ނުވެއެވެ. ތަނަވަސް މީހުންނާއި އާދައިގެ ނިކަމެތިން ތަފާތުކޮށްފައެއް ނުވެއެވެ. އެކަމަކު މިހާރުވެސް މިޔަންމާގެ ބުޑިސްޓުންނާއި، ކްރިސްޓިއަނުންނާއި. ހިންދޫއިންގެ އިތުރުން އެހެން ދީންތަކަށް ނިސްބަތްވާ މީހުންގެވެސް ބޭސްފަރުވާއަށް "މުސްލިމް ފްރީ ހޮސްޕިޓަލް"އަށް ފައިސާ ދައްކަމުންދަނީ އެގައުމުގެ މުސްލިމުންނެވެ.

މިޔަންމާގެ މުސްލިމުން މިހުރިހާ ޚަރަދެއް ކުރުމުން އަންނައިރު ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ އެ ގައުމަކީ މުސްލިމް މައިނޯރިޓީއެއް އޮންނަ ގައުމެއް ކަމަށްވުމެވެ. މިޔަންމާގެ އާބާދީގައި މުސްލިމުންގެ ހިއްސާ އޮތީ އެންމެ ހަތަރު ޕަސެންޓެވެ. މިހާ ކުޑަކުޑަ އާބާދީއަކުން މިކަހަލަ ބޮޑު ޚިދުމަތެއް ފޯރުކޮށްދިނަސް އެކަން ބަލައިގަންނާނެ ބަޔަކު މިޔަންމާއަކު ނެތެވެ. މިޔަންމާގައި ދިރިއުޅޭ މުސްލިމުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް އަންނަނީ އިތުރުވަމުންނެވެ. އެގައުމުގެ އަސްކަރީ ބާރު ލިބިފައިވާ ބުޑިސްޓުން އަންނަނީ ފާޅުގައި މުސްލިމުންނާއި ދެކޮޅަށް ބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.

އެއްވެސް ހިމާޔަތެއް ނެތް މިޔަންމާގެ މުސްލިމުން އަންނަނީ ފާޅުގައި ކަތިލަމުންނެވެ. މިޔަންމާގެ ބައެއް ސަރަހައްދުތަކުގައި މުސްލިމުންގެ ގޯތިގެދޮރާއި ވިޔަފާރުކުރާ ތަންތަން ރޯކޮށް ސުންނާފަތި ކުރަނީއެވެ. ފާޅުގައި މުސްލިމުން އެގައުމުން ފައިބައިގެން ދިޔުމަށް ބުޑިސްޓުން ގޮވަނީއެވެ. އެވެރިން ބުނާ ގޮތުންނަށް މުސްލިމުންނަކީ ޖަނަވާރުންނެވެ. އެކަމަކު އެ ބުޑިސްޓުންގެ ތެރެއިންވެސް ތަނަވަސްކަން ނެތް މީހުން ބޭސްފަރުވާ ކުރަންދަނީ އެބުނާ ޖަނަވާރުން އަޅައިދިން "މުސްލިމް ފްރީ ހޮސްޕިޓަލް" އަށެވެ.

މިޔަންމާގެ ޙާލަތު އެންމެ ރަނގަޅަށް ބަޔާންކޮށްދީފައި ވަނީ 2013 ވަނަ އަހަރު ނެރުނު ޓައިމް މެގަޒިންގައެވެ. އެ މެގަޒިންގައި ބުޑިސްޓު ހާމުދުރުން، މުސްލިމުން އާބާދީއާ ދެކޮޅަށް ހިންގާ ލާއިންސާނީ ޓެރަރިސްޓު އަމަލުތަކުގެ ވާހަކަތައް ހިމަނާފައިވެއެވެ. އެދުވަހުން ފެށިގެން މިޔަންމާގެ ހާލަތު ދިޔައީ ގޯހުން ގޯހަށެވެ. އެކަމަކު މިހުރިހާ ކަމެއް ކުރަމުންދާއިރުވެސް "މުސްލިމް ފްރީ ހޮސްޕިޓަލް" އިން އެއްވެސް ޝަކުވާއަކާއި ނުލައި މިޔަންމާގެ މެޖޯރިޓީ އޮންނަ ބުޑިސްޓުންނަށް ބޭސްފަރުވާގެ އެހީ ފޯރުކޮށްދެނީ ހިލޭ ސާބަހަށެވެ. އޭގެ ފަހަތުގައި އެއްވެސް އެޖެންޑާއެއް ނެތިއެވެ.

"މުސްލިމް ފްރީ ހޮސްޕިޓަލް" އިން ފެންނަނީވެސް އާދަޔާ ޚިލާފު މަންޒަރެކެވެ. މުސްލިމުން ޚަރަދުކޮށްގެން މުސްލިމް ލީޑަރުންތަކެއް ވުޖޫދަށް ގެނައި ހޮސްޕިޓަލަކަށް އެތަނުގައި މަސައްކަތްކުރަނީ ހަމައެކަނި މުސްލިމުންނެއްވެސް ނޫނެވެ. މިޔަންމާގައި އުޅޭ ހުރިހާ ދީނެއްގެ މީހުންހެން އެތަނުގައި މަސައްކަތް ކުރެއެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މަސައްކަތްތަކުގައިވެސް މުސްލިމުންނާއި ކްރިސްޓިއަނުން އަދި ބުޑިސްޓުންވެސް އުޅެއެވެ.

މިޔަންމާގެ މުސްލިމުންގެ ފަރާތުން "މުސްލިމް ފްރީ ހޮސްޕިޓަލް" ހިންގުމަށް ކޮންމެ އަހަރަކު 4 ލައްކަ އެމެރިކާ ޑޮލަރު ސޮދަޤާތްކުރެއެވެ. ހޮސްޕިޓަލުގައި އަމަލުކުރަމުން އަންނަ އުސޫލީ ޚިދުމަތް ހޯދުމަށްފަހު، އެމީހަކަށް ފައިސާ ދެވެން އޮތް ނަމަ ދެވެން އޮތް މިންވަރެއް ހޮސްޕިޓަލަށް ދެއްކުމެވެ. ފައިސާ ނެތް ނަމަ ނުދައްކާ ގޮތަށެވެ. ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންގެ އިތުރުން، ބަލި މީހުން ގާތަށް ޒިޔާރަތްކޮށްގެންވެސް އެ ހޮސްޕިޓަލުން ފަރުވާ ދެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 450 މީހުންނަށް އެ ޚިދުމަތް ފޯރުކޮށްދެއެވެ. 160 އެނދުގެ ހޮސްޕިޓަލުން 2000 ވަނަ އަހަރު 6000 މީހުންނަށް ހިލޭ ޚިދުމަތް ދީފައިވެއެވެ.

ހޮސްޕިޓަލުން ހުރިހާ ޚިދުމަތްތަކެއް ދެމުންދާއެވެ. އާދައިގެ ބަލިތަކުން ފެށިގެން ބޮދެތި އޮޕަރޭޝަންތައް ކުރަމުން އަންނަ "މުސްލިމް ފްރީ ހޮސްޕިޓަލް"ގައި އަންހެނުންނަށް ޚާއްސަ ޑިޕާޓްމަންޓުތައް ހުރެއެވެ. ހޮސްޕިޓަލުގެ ރެކޯޑްތައް ދައްކާގޮތުން އާންމުކޮސް މަހެއްގެ މައްޗަށް 220 މާބަނޑު އަންހެނުން އެ ހޮސްޕިޓަލުގައި ވިއްސަންޖެހެއެވެ. "މުސްލިމް ފްރީ ހޮސްޕިޓަލް" ޖުމްލަ 45 ޑޮކްޓަރުން މަސައްކަތްކުރަމުންދެއެވެ. ކޮންމެ ދުވަހަކު މުސްލިމުންނާއި ދެކޮޅަށް އެތައް ޖަރީމާތަކެއް ހިންގަމުންދާ މިޔަންމާގެ "މުސްލިމް ފްރީ ހޮސްޕިޓަލް"އަކީ ހައިރާންވާންޖެހޭފަދަ ޚިދުމަތެއް ފޯރުކޮށްދެމުން އަންނަ ނަމޫނާ ތަނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު