Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިޔަރުގެ ހަމަލާ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ދަތް އެޅީ ދޯންޏަށް މިޔަރު އެރުވުމުގެ ތެރޭގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 30 މާރިޗު 2017 | ބުރާސްފަތި 17:21
އިއްލަތު އަތުގައި ބޭސް އަޅާފައި

އިއްލަތު އަތުގައި ބޭސް އަޅާފައި

އިންސާނުންނަށް މިޔަރު ހަމަލާ ދިނުމަކީ އަބަދުވެސް އިވެމުންދާ ވާހަކަތަކެކެވެ. މިހާތަނަށް މިޔަރު ހަމަލާ ދީފައިވާ 93 ޕަސެންޓް މީހުންނަނީ ފިރިހެނުންނެވެ. އެންގެ ގިނަ މީހުންނަށް މިޔަރު ހަމަލާދީފައިވަނީ ނޯތް އެމެރިކާގެ ކަނޑުތަކުންނެވެ. އެއީ ދުނިޔޭގެ ނިސްބަތުން 42 ޕަސެންޓެވެ. ރާއްޖޭގައިވެސް މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ.

އއ.މަތިވެރި އުމުރުން 29 އަހަރުގެ އިއްޒަތު ހަސަން ނުވަތަ ސޯޝަލް މީޑިޔާގައި އާއްމު ނަމުން ނަމަ އިއްލަތަށް ދާދި ފަހުން، މިފަދަ ބިރުވެރި ހާދިސާއެއް ދިމާވެފަ އެވެ. އޭނާ ވަނީ ރާއްޖެއެމްވީއާ އެ ބިރުވެރި ހާދިސާ ހިއްސާކޮށްފަ އެވެ.

އެއީ، އާދައިގެ މަތިން އޭނާ މަސައްކަތުގައި އުޅުނު ދުވަހެކެވެ. އއ. ނިކަ ރިސޯޓުގައި މަސައްކަތްކުރާ އިއްލަތު ހެނދުނު ހެނދުނު ތެދުވެ، މަސައްކަތަށް ނިކުތީ، މޯނިން ފިޝިނަށް ގެސްޓުންނާއެކު ދިއުމަށެވެ. އޭނާ އަކީ އެ ރިސޯޓުގެ ޑައިވިން ދޯނީގެ ކެޕްޓަނެވެ. ނަމަވެސް ގެސްޓުން ގޮވައިގެން ހެނދުނު މަސްވެރިކަމަށް ނުކުތީ، މަހަށް ނުކުންނަން ހާއްސަކޮށްފައި އޮންނަ އެދޯނީގެ ކެޕްޓަން ނެތުމުންނެވެ.

މިދިއަ ހޯމަ ދުވަހުގެ ހެނދުނު 07:30 ހާއިރެވެ. އިއްލަތުވެސް މަސް ބޭނުމުގައި އަމަލީ ގޮތުން ބައިވެރި ނުވިޔަސް، ދޯނީގެ އެހެން މަސައްކަތްތަކުގައި އެހީތެރިވަމުން ދިޔަ އެވެ. އިއްލަތުގެ ސަމާލުކަން ހުއްޓުނީ ދޫނީގައި ހުރި މީހަކު ދިރޭ ލައްޓިއެއް ނަނުގައި ޖެހުމަށްފަހު މޫދަށް ދޫކުރުމުންނެވެ. ލައްޓި ދޫކުރީ ކީއްވެތޯ ސުވާލު ކުރުމުން، އެއީ މިޔަރު ހިފުމަށް ކަމަށް ބުންޏެވެ. އެހެން ނަމަވެސް މަސްވެރިކަމުގެ ކަންކަން ނޭންގޭތީ، އެކަންކަން އޮޅުންފިލުމަށް މަސައްކަތް ކުރި އެވެ.

އިރުކޮޅަކުން، ދޮށީގައި އެއްޗެއް ގަތުމުން އެއީ މިޔަރެކޭ ބުންޏެވެ. މިޔަރެއްކަން އެނގުމުން އެ ސޮރު ދޫކޮށްލަން އިއްލަތު ބުންނެވެ. އެހެން ބުމުން ދޯނީގައި ތިބި ބައެއް މީހުން އައީ ރުޅިއެވެ. ކުރީ މަލާމާތެވެ. މިޔަރު ދޫކޮށްލިޔަސް ބުޅި ބޭނުންވާނެ ކަމަށް ބުންނެވެ. ދޯނީގައި ތިބި މީހުންނަށް ގޮވުމުން އެކަކުވެސް އެކަން ކުރުމަށް އެއްބަހެއް ނުވި އެވެ.

މިޔަރު ދޯނި ކަރިޔަށް ގެންގޮސް އުރަހަތައް ފެނުން މައްޗަށް ފެންނަ ވަރަށް ހިއްލާލި އެވެ. އަދި ދޯނީގައި ހުރި މީހަކު ކިޔައިދިން ގޮތަށް މިޔަރު ނެގުމަށް މަސައްކަތް ފެށިއެވެ.

ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓް ދިގު މިޔަރުގެ އުރަހައިގައި ބާރަަށް ހިފައި، ދޯނަށް އެރުވުމަށް އުފުއްލާލި ވަގުތު މިޔަރު ތެޅިގަނެ އިއްލަތުގެ އަތަށް ހަމަލާދިނެވެ. އަތުގެ އުޅަބޮށި ކައިރިން ބޮޑު ބައެއް މިޔަރުގެ އަގަޔަށް ވަނުމުން، ބޭއިހުތިޔާރުގައި ދަމައިގަނެވުނެވެ. އޭރު އަތުން ހޯސް ލާފާ ލޭތަށް އާދެއެވެ. ވީތަދާ، ގަތް ބިރުން ބާރަށް ހަޅޭއް ލަވައިގަނެވުނެވެ.

ދޯނީގައި ތިބި މީހުންވެސް އިއްލަތު ހުރި ދިމާލަށް އައެވެ. އަތް ބޭނުން ނުކުރެވޭނެ ކަމަށް ހިތައް އެރި އެވެ. ދޯނިގައި ތިބި މީހުން އައިސް މިޔަރު ދަތް އެޅި ތަނުގައި ބޮޑު ފޮތިގަނޑެއް އެޅި ވަގުތު ވެސް، އަހަރެންގެ އަތެއް ނެތޭ ކިޔާ އިއްލަތަށް ރޮއި ގަނެވުނެވެ.

އެވަގުތުވެސް ލޭތައް ހޯސްލާފައި ފައިބަ އެވެ. އަދި އަތުގެ މަސްގަނޑުން ބައެއް ވެއްޓޭ ގޮތަށް އެލިފައި އޮތްތަން ފެނުމުން އެތަން ރަގަޅު ކުރުމަށްވެސް އިއްލަތަށް ބުނެވުނެވެ. އޭގެ ފަހުން ވީނުވީ އެއް އޭނާއަށް ނޭނގުނެވެ. ރިސޯޓަށް ގެންގޮސް ރިސޯޓުގެ ޑޮކްޓަރުންވެސް ލޭމަނާ ކުރުމަށް ބޮޑު ކަފަގަނޑެއް އެޅުމަށް ފަހު، ތަދު ކެނޑުވުމަށް، ޕެއިން ކިލާ އެއް ދިނެވެ.

މާލެއަށް ގެނެވުނު އިރު އެދުވަހު މެންދުރު 02:30 ވެދާނެ އެވެ. ގާތްގަނޑަކަށް 07:30 ހާ އިރު އެތަން އޮޕަރޭޝަން ކުރުމަށް ވެއްދިއެވެ. އޮޕަރޭޝަން ކުރީ ހޭ ނައްތައިގެންނެވެ. އަދި، އޮޕަރޭޝަން ނިންމާލުމަށް ފަހު ނެރުނީ، 11:00 ޖަހާ ކަން ހާއިރު އެވެ.

އިއްލަތު ވަނީ މިއީ އޭނާގެ ހަޔާތުގައި މިހާތަނަށް ހިނގާދިއަ އެންމެ އަނިޔާލިބުނު އަދި އެންމެ ބޮޑު ހިތާމަވެރި ހާދިސާކަމަށް ބުނެފަ އެވެ. އަދު ދުވަހަކުވެސް ހޮސްޕިޓަލުގައި މިނޫނީ އެޑްމިޓް ވާންޖެހުނު ކަމެއް ނުހިނގާކަމަށް އޭނާ ބުންޏެވެ.

" މިއީ ހަޔާތުގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ. އެހެން މީހުންނަށްވެސް ބުނެލާނީ، މިޔަރެއް ބޭނުނު ނަމަވެސް އެޔާ ކުޅެން ނަހަދާށޭ، އޭތި، ވަގުތުން ދޫކޮށްލާށޭ. އެޔަށް ގޯނާ ކޮށްފި ނަމަ އެވެސް ހަމަލާ ދޭނެ އޭ." އިއްލަތު ބުންޏެވެ.

މިއީ އިއްލަތަށް މިހާތަނަށް ކުރެވުނު އެންމެ ބިރުވެރި ހާދިސާއެވެ.

ކޮންމެއަކަސް މިއީ އެހާ ފަސޭހަ ހަނދާންތަކަކަށް ނުވާނެ ކަމަށް އިއްލަތުވެސް ވަނީ ބުނެފަ އެވެ. އޭނާ އެންމެ ބޮޑަށް ކަންބޮޑުވީ އޭނާގެ ކަނާތު އަތުގެ ބޭނުން ނުކުރެވިދާނެތީ އެވެ. އެހެން ނަމަވެސް ޑޮކްޓަރުންވަނީ އަތުގެ ކަށިގަނޑަށް ގެއްލުމެއް ނުވާ ކަމަށް ބުނެ އެވެ. އަދި ހަލާކުވެފައިވާ މަސްގަނޑުވެސް ރަގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އަތުން މަދުވާ މަސްތަކެއް ހުރުމުން އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އެ އޮޕަރޭޝަން ކުރާނީ ހަފްތާއެއް ވަރު ބެލުމަށް ފަހު ކަމަށް ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިހިރީ ހައްތާވެސް ވާހަކައެވެ.

މިހިރީ ހައްތާވެސް ވާހަކައެވެ.

21 މެއި 2017
 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު