Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެންޗެސްޓާ ހަމަލާ

މެންޗެސްޓާ ހަމަލާ: އާރިއާނާ ގްރާންޑޭ ޒަޚަމްވި ފަރާތްތަކަށް ޒިޔާރަތްކޮށް ހާލު ބަލައިފި

މި ބޮމުގެ ހަމަލާގައި 22 މީހުން މަރުވެ 116 މީހުން ޒަޚަމްވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 3 ޖޫން 2017 | ހޮނިހިރު 09:07
 އާރިއާނާ ގްރާންޑޭ، ޒަޚަމްވި އަށް އަހަރުގެ ކުއްޖެއްގެ ގާތުގައި

އާރިއާނާ ގްރާންޑޭ، ޒަޚަމްވި އަށް އަހަރުގެ ކުއްޖެއްގެ ގާތުގައި

މިދިޔަ މަހު އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީގެ މެންޗަސްޓާ އެރީނާގައި ބޭއްވި މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ޝޯ ގައި ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި ފަރާތްތަކަށް އޭނާ ޒިޔާރަތްކޮށް ހާލުބަލައިފިއެވެ.

ބޮމުގެ ހާދިސާގެ ޝިކާރައަކަށްވި މީހުންނާއި އަދި އެމީހުންގެ އާއިލާތަކަށް އެހީވުމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ ހިމެނޭ ގޮތުން ގިނަ ތަރިންތަކެއް ބައިވެރިވެގެން ހާއްސަ ޝޯއެއް އާދީއްތަ ދުވަހު މެންޗެސްޓާ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބޮމުގެ ހަމަލާގައި ޒަޚަމްވި އޭނާގެ ސަޕޯޓަރުންގެ ހާލު ބެލުމަށް، "ސަޕްރައިސްއެއް" އެއްގެ ގޮތަށް އައިސްފައި ވަނީ "ރޯޔަލް މެންޗެސްޓާ ޗިލްޑްރަންސް ހޮސްޕިޓަލް"ގައި ފަރުވާ ދެމުންދާ ކުޑަކުދިންގެ ހާލުބެލުމަށެވެ.

އާރިއާނާ ގްރާންޑޭގެ ޝޯގައި ދީފައިވާ ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އިން ވަނީ ނަގައިފައެވެ. ހަމަލާ ދިން ވަގުތު އެތަނުގައި ތިބި ބައެއް ފަރާތްތަކުން ބުނީ، ބޮން ގޮއްވާފައިވަނީ އާރިއާނާ ފަހު ލަވަ ނިންމާލައި "ޝުކުރިއްޔާ މެންޗެސްޓަރ"އޭ ބުނެ ސްޓޭޖުން ފޭބި ވަގުތު ކަމަށެވެ. މި ހަމަލާގައި އާރިއާނާއަށް އަނިޔާ ނުވާއިރު، އޭނާ ވަނީ އެކަމާ ގުޅިގެން "ހިތުގައި ޖެހިއްޖެ" ކަމަށް ބުނެ، ޓްވީޓް ކޮށްފައެވެ.

ސަލްމާން އަބެދީ ނަަމަކަށް ކިޔާ މީހަކު ޖާނުންފިދާވެގެން މެއި މަހުގެ 22 ވަނަ ދުވަހު މެންޗެސްޓާ އެރީނާ ގައި ދިން ހަމަލާ ގައި، 22 މީހުން މަރުވިއެވެ.

އާދީއްތަ ދުވަހު، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ ހިމެނޭ ގޮތުން ގިނަ ތަރިންތަކެއް ބައިވެރިވެގެން ބޮމުގެ ހާދިސާގެ ޝިކާރައަކަށްވި މީހުންނާއި އަދި އެމީހުންގެ އާއިލާތަކަށް އެހީވުމަށް ބާއްވާ ހާއްސަ ޝޯގައި ބައިވެރިވާ ތަރިންގެ ތެރޭގައި ހިމެނޭ ތަރިންގެ ތެރޭގައި ޖަސްޓިން ބީބާ، ކެޓީ ޕެރީ، މައިލީ ސައިރިސް ފަދަ ތަރިންތައް ހިމެނެއެވެ. އަދި ޓޭކް ދެޓް އަދި ކޯލްޑްޕްލޭ ފަދަ ބޭންޑްތައް ވެސް ބައިވެރިވާނެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު