Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ޓިލާސަން

ބައިނަލްއަގްވާމީ ދުނިޔެއިން ދަނީ މިޔަންމާގެ މުސްލިމުންނާ މެދު އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 15 ސެޕްޓެމްބަރު 2017 | ހުކުރު 09:36
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން

މިޔަންމާގައި މުސްލިމުންދާ މެދު ހިނގަމުންދާ ލާއިންސާނީ އަމަލުތަކަކީ "ބަލައިގަނެވޭނެ" ކަމެއް ނޫން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެއްޖެއެވެ.

އިނގެރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ވާހަކަފުޅުދައްކަވަމުން ޓިލާސަން ވިދާޅުވީ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީއަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އަސްކަރިއްޔާ އިން ބޭނުންކުރަމުންދާ ބާރު ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

ޓިލާސަން ވިދާޅުވީ މިޔަންމާ ޑިމޮކްރަސީއެއްގެ ގޮތުގައި ފައްކާވަމުންދާ އިރު މިހާރު މި ދިމާވެފައިވާ ހާލަތަކީ ވަރަށް ނާޒުކު ހާލަތެއް ކަމަށެވެ. އަދި މިއީ މިޔަންމާގެ ލީޑަރު ސޫޗީއަށް ވަރަށް ދަތި ހާލަތެއް ކަމަށް ޓިލާސަން ވިދާޅުވިއެވެ.

މިޔަންމާގައިި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ރޮހިންޖާ މުސްލިމުންގެ ތެރެއިން ގާތްގަނޑަކަށް 4 ލައްކަ މުސްލިމުން ބަންގްލްދޭޝަށް ގޮސްފައިވާ ކަމަށާއި ނަސްލެއް ނައްތާލުމަށް ހިންގާ ލާއިންސާނީ އަމަލުތަކަށް ހުއްޓުމެއް ނާންނަ ނަމަ މި އަދަދު އިތުރުވެގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އދ އިން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.

މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު