Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ނޫސްބަޔާން

4000 ފްލެޓް އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ގެ ތެރެއިން ބައިތަކެއް އުނިކޮށްފައިވާކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: އެމްޑީޕީ

30 ޖުލައި 2025 | ބުދަ 12:31

ފުލެޓުތަކަށް ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކާއި ފޯނު ލައިނާއި ޓީވީ ކޭބަލާއި އިންޓަނެޓް ކޭބަލް އޭރު ފަރުމާކޮށްފައިވާނެކަމަށް އެމްޑީޕީން ބުނޭ

އަލީ ޝާހީން
އަލީ ޝާހީން | 30 ޖުލައި 2025 | ބުދަ 12:31
ގެދޮރުވެރިޔާގެ ފްލެޓުތައް

ގެދޮރުވެރިޔާގެ ފްލެޓުތައް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކުރާ 4،000 ފުލެޓުތަކުގެ ކޮންޓްރެކްޓަރާ އެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިން ބައިތަކެއް އުނިކޮށްފައިވާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް އެމްޑިޕީން ބުނެފި އެވެ.

އެޕާޓީން މިހެން ބުނީ 4،000 ފުލެޓު ގެ އެއްބަސްވެފައިވާ އެއްބަސްވުމާ ޚިލާފަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެ އެއްބަސްވުމުން ބައިތަކެއް އުނިކޮށްފައިވާކަމަށް ބުނެ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ދެއްކެވި ވާހަކައަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގައިވާ ބައިތަކެއް އުނިކޮއްފައިވުމުން ފެން، ކަރަންޓު އަދި އިންޓަނެޓް ހިދުމަތް ދޭނެ ގޮތެއް ވެސް ކުރީގެ ސަރުކާރުން ރާވައިފައެއް ނެތްކަމަށެވެ. އަދި ޓަވަރުތައް ޕަވަރ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާގެ ވަސީލަތްތައް ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕޮން ނެޓްވާރކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކަހަލަ މުހިންމު ވަސީލަތްތައް މިދިޔަ ސަރުކާރުން އެއްބަަސްވުމުން އުނިކޮށްފައިވާކަމަށެވެ.

މި ވާހަކަތަކަށް ރައްދުދީ އެމްޑީޕީން ބުނީ، އެއްބަސްވުމުން އުނިކުރިކަމަށްް ބުނާ ކަންކަކަމަކީ އިމާރާތްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުން ނިންމުމުން ސަރުކާރާއި އެފްޑީސީ ގުޅިގެން ކުރަންޖެހޭ ކަންކަން ކަމަށެވެ. އަދި އެއްބަސްވުމުން ކަމެއް އުނިކުރެވޭނީ އެ ކަމެއް އެއްބަސްވުމުގައި ހިމަނާފައިވާ ނަމަ އެކަމެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން ބުނީ، ހުރިހާ ފުލެޓުތަކަށް ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކާއި ފޯނު ލައިނާއި ޓީވީ ކޭބަލާއި އިންޓަނެޓް ކޭބަލް ގުޅުމާ އެއްކޮށް ޒަމާނީ ފެންވަރަށް އޭރު ފަރުމާކޮށްފައިވާނެ ކަމަށެވެ. އަދި އެކަން ކުރަން ނިންމާފައި ވާނީ އިމާރާތުގެ މަސައްކަތްތައް ކޮންޓްރެކްޓަރު ނިންމުމުން ސަރުކާރާއި އެފްޑީސީންކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ސަލަމާތީ ގޮތުން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ވެސް ފުރިހަމަކޮށްފައިވާނެ ކަމަށާއި އެ ޚިދުމަތްތަކަކީ ކޮންޓްރެކްޓަރުން ފުލެޓުތައް ނިންމަމުންދާ ވަރަކަށް ސަރުކާރާއި އެފްޑީސީން ގާއިމުކުރަން ޖެހޭ ޚިދުމަތްތަކެއް ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ވަނީ، ފުލެޓުތަކުގައި މީހުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އަވަހަށް ގާއިމުކޮށްދިނުމަށް ގޮވާލާފައެވެ. އަދި، އެމްޑީޕީ ސަރުކާރުން ރޭވި ގޮތަށް މި ސަރުކާރަށް މަސައްކަތް ނުކުރެވުނު ނަމަވެސް މިއަހަރުގެ މިހާހިސާބަށް ފުލެޓުތަކުގެ ބޮޑުބައި ހުންނާނީ ނިމިފައި ކަމަށް އެޕާޓީން ދެކެއެވެ.

އެ ފުލެޓުތައް މިހާރު ހަވާލުކުރަން އުޅޭއިރު، ފުލެޓާއި ގޯތީގެ މައްސަލައިގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަން ޖަމިއްޔާއިން ވަނީ މި ސަރުކާރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކާއި، ހިޔާ އަދި ވިނަރެސް ފްލެޓާއި، ރާއްޖޭގެ އެހެން ސޯޝަލް ހައުސިންގ ޔުނިޓަކުގެ ކުލި ކުޑަކުރި ގޮތަށް، އެފްޑީސީގެ 4،000 ފްލެޓުގެ ކުލި ކުޑަކޮށްދިނުމަށް ވެސް ވަނީ ގޮވާލައިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
04 ފެބުރުއަރީ 2017

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް