Advertisement
ކ. މާލެ
|
28 ޖުލައި 2025 | ހޯމަ 21:34
ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ބުނާ ލ. މާވަށު އުމުރުން 29 އަހަރުގެ މޫސަ (ވ) އަދި އޭނާއަށް ވަޅިން ހަމަލާދިން ކަމަށް ބުނާ ހދ. ނޮޅިވަރަންފަރު އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް (ކ)
ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ބުނާ ލ. މާވަށު އުމުރުން 29 އަހަރުގެ މޫސަ (ވ) އަދި އޭނާއަށް ވަޅިން ހަމަލާދިން ކަމަށް ބުނާ ހދ. ނޮޅިވަރަންފަރު އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް (ކ)
ސޯޝަލް މީޑިއާ
މަރުގެ މައްސަލަ
މާވަށު މޫސަ މަރާލަން ބޭނުންކުރި ވަޅި ފުލުހުން ފީނައިގެން ހޯދައިފި
ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން
މައްސަލައިގައި ތުހުމަތުކުރެވޭ 29 އަހަރުގެ މުޙައްމަދު އިބްރާހިމް ފުލުހުން ވަނީ ހައްޔަރުކޮށްފަ
މި މާރާމާރީ ހިނގީ ހޯމަ ދުވަހު 10:00 ޖަހާކަންހާއިރު އެ ރަށު ވޮލީ ކޯޓް ސަރަހައްދުގަ

ލ.މާވަށުގައި ވަޅި އަކުން ހަމަލާ ދީ މަރާލި މޫސާ އިބްރާހިމް އަށް ހަމަލާ ދޭން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން މޫދަށް ފީނައިގެން ހޯދައިފިއެވެ.

ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ވަޅި ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ނިޔާވީ ލ. މާވަށަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ. އޭނާ އަށް ހަމަލާ ދީފައިވަނީ ފަހަތުން ގޮސް ނޭނގި ހުއްޓާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރުކޮށްފައިވަނީ ހދ.ނޮޅިވަރަންފަރު، އަސަރީ މަންޒިލް، އުމުރުން 29 އަހަރުގެ މުޙައްމަދު އިބްރާހިމް އެވެ. މީނާ އަކީ މަސްތުވާ ތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިއީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީ އެއް ކަމަށެވެ.

މި މާރާމާރީ ހިނގީ މިއަދު 10:00 ޖަހާކަންހާއިރު އެ ރަށު ވޮލީ ކޯޓް ސަރަހައްދުގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ޙަމާލާދީ ޒަޚަމުކޮށްލާފައިވާ ކަމުގެ މަޢުލޫމާތު ރިޕޯޓްކުރީ ހޯމަ ދުވަހު ހެނދުނުު 10:12 ގައެވެ.

ޒަޚަމް ތަކާ އެކު މޫސަ މަރުކަޒަށް ގެންދިޔައީ 10:22 ހާ އިރުއެވެ.

އޭނާ ޒަޚަމްތަކާ އެކު ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޞިއްހީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް