Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ވެރިކަމުގެ ފަހު ދުވަހު ރައީސް ޞާލިޙުގެ ޚާއްސަ ސިޓީފުޅެއް ރައީސް މުޢިއްޒު އަށް ފޮނުއްވި

ރައީސް ޞާލިޙުގެ އަމިއްލަ އަތްޕުޕުޅުން ލިޔުއްވާފައިވާ އެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ، ވެރިކަމުގައި ހޭދަކުރައްވާ މުއްދަތުގެ ތެރޭގައި އުނދަގޫ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ނޮވެމްބަރު 2024 | އާދީއްތަ 03:48
ރައީސް މުޢިއްޒު ހުވާ ކުރުމުގެ ދަރުބާރުގައި ރައީސް ޞާލިޙާ ސަލާމްކުރައްވަނީ

ރައީސް މުޢިއްޒު ހުވާ ކުރުމުގެ ދަރުބާރުގައި ރައީސް ޞާލިޙާ ސަލާމްކުރައްވަނީ

ވެރިކަމުގެ އެންމެ ފަހު ދުވަހު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ޚާއްސަ ސިޓީފުޅެއް ފޮނުއްވި ކަމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ އާދީއްތަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ވެރިކަމުން ދުރަށް ވަޑައިގަންނަވާ ބޭފުޅަކު، ދެން ވެރިކަމާ ހަވާލުވާ ފަރާތަށް ސިޓީއެއް ނުވަތަ ނޯޓެއް ދެއްވަން ޖެހޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ވެރިކަމުގައި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާ އާއި، ބައެއް ކަންކަން ހިއްސާ ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ރައީސް ޞާލިޙު ސޮއި ކުރައްވައި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް މުޢިއްޒު އަށް ފޮނުއްވި ސިޓީގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ވަރަށް ބޮޑު އަމާނާތެއް އަދި ވަރަށް ބޮޑު މަަސްއޫލިއްޔަތެއް ކަމަށެވެ. އެ މަގާމަށް ހަވާލުވާ ކޮންމެ މީހަކު ވެސް މަސައްކަތް ކުރަންވާނީ އެއްވެސް ރައްޔިތަކު ތަފާތު ކުރުމެެއް ނެތި، އިޚުލާސްތެރިކަމާ އެކު ޤައުމަށް ޚިދުމަތް ކުރުމަށް ކަމަށް ވެސް އެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ. އަދި ހަމަ އެހެންމެ ކޮންމެ ކަމެއްގައި ވެސް އިސްލާމްދީނާއި، ޤައުމީ މަސްލަހަތު އިސް ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ޞާލިޙުގެ އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ އެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ، ވެރިކަމުގައި ހޭދަކުރައްވާ މުއްދަތުގެ ތެރޭގައި އުނދަގޫ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް ތިމާ ބޭނުންވާ ގޮތަށް ކަންކަން ނިންމަން ދަތިވާ ވަގުތުވެސް އަންނާނެކަން ފާހަގަ ކުރައްވައި ރައީސް ޞާލިޙު ވިދާޅުވެފައި ވަނީ، ތިމާ ބޭނުންް ނުވާ ގޮތަށް ކަންކަން ނިންމަން ޖެހޭ ވަގުތުތަކާ ވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެފަދަ ކޮންމެ ވަގުތެއްގައި ވެސް އިސްކުރަން ވާނީ ރައްޔިތުންގެ ޙައްޤުތަކާއި މަސްހަލަތު ކަމަށް ވެސް އެމަނިކުފާނު ވަނީ ރައީސް މުޢިއްޒު އަށް ދަންނަވައިފަ އެވެ. ތިމާ އަކީ ރައްޔިތުންގެ ޚާދިމެއްކަން އަބަދު ވެސް ހަނދާނުގައި ބަހައްޓަވަން ޖެހޭނެ ކަމަށާއި، ކޮންމެ ކަމެއްގައި ވެސް މަޝަވަރާ ކުރެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

އެ ސިޓީފުޅު ނިންމަވާލައްވަމުން ރައީސް ޞާލިޙު ވަނީ ރައީސް މުޢިއްޒު އަށް ކާމިޔާބަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ދިވެހި ޤައުމަށް އަމާންކަން މިންވަރު ކުރެއްވުމަށް އެދި ދުޢާ ދަންނަވާފައި ވެސްވެ އެވެ. މިއީ ރައީސް މުޢިއްޒު އަށް ޚާއްސަކޮށްގެން ރައީސް ޞާލިޙު ފޮނުއްވި ސިޓީގެ ވާހަކަފުޅު އެމަނިކުފާނި ދެއްކެވި ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު