Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން ގެއަށް ބަދަލުކުރުން

ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާ ވާހަކަ ރައީސް ސާލިހް ވިދާޅުވުމުން މުއިއްޒަ އަށް ޖެހުނީ ޝޮކެއް

17 ނޮވެމްބަރު 2024 | އާދީއްތަ 05:01

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެއަށް ބަދަލުކުރެއްވީ ރައީސް މުއިއްޒު ކަމަށް އެ މަނިކުފާނު ވިދާޅުވި ނަމަވެސް ކުރީގެ ރައީސް ޔާމީން ވެސް އެކަން ދޮގުކުރައްވާކަން ފާހަގަކޮށްލެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 ނޮވެމްބަރު 2024 | އާދީއްތަ 05:01
ރައީސް މުޢިއްޒު އާއި ކުރީގެ ރައީސް ޞާލިޙު އެކުގައި ނަންގަވާފައިވާ ފޮޓޯ އެއް

ރައީސް މުޢިއްޒު އާއި ކުރީގެ ރައީސް ޞާލިޙު އެކުގައި ނަންގަވާފައިވާ ފޮޓޯ އެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެއަށް ބަދަލުކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެން ނޫން ކަމަށާއި، އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރުވެސް އަދި އިންތިޚާބުވެ ވަޑައިގަތުމަށް ފަހުވެސް ރައީސް މުއިއްޒު އެފަދަ ކަމަކަށް އެދިވަޑައިގެންފައިވެސް ނުވާ ކަަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވަރަށް ގިނަ ފަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ދޫކޮށްދެއްވުން އެދިވަޑައިގެން ކުރީގެ ރައީސް ޞާލިހުގެ އަރިހުގައި ދަންނަވާފައިވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ރައީސް ޞާލިހާއި ބައްދަލުކޮށް ރައީސް ޔާމީން ދޫކޮށްދެއްވުން އެދި ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިހުގެ ފޯނުގައި ވެސް އެކަމާއި ގުޅޭގޮތުން ރައީސް މުއިއްޒު ކުރައްވާފައިވާ މެސެޖުތައް ހުންނާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ގަޑިއެއްހާއިރު ވަންދެން އެކަމާއި ގުޅޭގޮތުން ރައީސް ޞާލިހާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު އާއި ދެ ބޭފުޅުން ވާހަކަދައްކަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާދިފަހުން ކުރީގެ ރައީސް ޔާމީން ވަނީ އެ މަނިކުފާނު ޖަލުން ދޫކޮށްލެއްވީ ރައީސް މުއިއްޒު ނޫން ކަމަށާއި އެކަން ކުރެއްވީ ކުރީގެ ރައީސް ޞާލިހު ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅޭ ހަގީގަތްތައް ހާމަކުރައްވަމުން ކުރީގެ ރައީސް ޞާލިހު ވިދާޅުވީ ރައީސް މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވި ދުވަހުގެ ރޭ އެ މަނިކުފާނަށް ގުޅުއްވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ ކޯލްގައި ރައީސް ޔާމީން ދޫކޮށްލުމުގެ ވާހަކަ އެއްވެސް މިންވަރަކަށް ރައީސް މުއިއްޒު ފާހަގަ ނުކުރައްވާ ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން ރައީސް މުއިއްޒު އާއި ބައްދަލުކުރައްވާފައިވާނެ ކަމަށް ފާހަގަކުރައްވާ ރައީސް ޞާލިހު ވަނީ އެކަމުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ.

ރައީސް ޔާމީން ވަޑައިގަންނަވާ އިރު ރައީސް މުއިއްޒު އާއި އަބްދުއްރަހީމް ވެސް އެ ތަނުގައި ތިއްބަވަން ބޭނުންފުޅުވާނެ ކަމަށް ޤަބޫލުކުރައްވާތީ، ރައީސް އޮފީހުގައި އޮތް ބައްދަލުވުން ކުރުކޮށްލުމަށް ފަހު ރައީސް ޔާމީން މާލެ ގެންނަ ތަނަށް ވަޑައިގަންނަވަން ފެނިވަޑައިގަންނަވާ ކަމަށް އެ ދެ ބޭފުޅުންނަށް އެ ދުވަހު ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. އެ ދުވަހު ކަން ހިނާ ދިޔަ ގޮތުގެ އިތުރު ތަފްސީލްތައް ހިއްސާކުރައްވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރާ ވާހަކަ ބުނުމާއި އެކު ރައީސް މުއިއްޒު އާއި އަބްދުއްރަހީމާއި ދެ ބޭފުޅުންނަށް ވެސް ލިބިވަޑައިގަތީ ހައިރާންކަން ކަމަށެވެ. އެ ހިސާބުން އެ ދެބޭފުޅުންނަށް ރައީސް ޔާމީން މިނިވަން ކުރާކަން ނޭނގޭކަން ހާމަވިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެއަށް ބަދަލުކުރީ ރައީސް މުއިއްޒު ކަމަށް އެ މަނިކުފާނު ވިދާޅުވި ނަމަވެސް ކުރީގެ ރައީސް ޔާމީން ވެސް އެކަން ދޮގުކުރައްވާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް