Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އދ އިން ފަށައިފި

އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފައިވާ ގޮތުގައި، ޣައްޒާގެ 2.1 މިލިއަން މީހުންނަށް ގާތް ގަނޑަކަށް ތިން މަސް ދުވަހުގެ ކާބޯ ތަކެތި މިހާރު އެ ސަރަހައްދަށް ދަތުރު ކުރަމުންދާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖުލައި 2025 | ހޯމަ 07:23
ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން އަންނަ އދގެ އޮފިޝަލެއް

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން އަންނަ އދގެ އޮފިޝަލެއް

ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސަައްކަތް އދ އިން ފަށައިފި އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމަށް ވަރަށް ބޮޑަށް ހުރަސް އެޅުމަށް ފަހު، މިހާރު ވަނީ އިންސާނީ އެހީ އެތެރެ ކުރުމުގެ ހުއްދަ ދީފަ އެވެ. އެއާ އެކު، ޣައްޒާގައި ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުން އަންނަ މީހުންގެ ތެރެއިން، ވީހާ ވެސް ގިނަ ބަޔަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އދ އިން ވަނީ ފަށައިފަ އެވެ. 

އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފައިވާ ގޮތުގައި، ޣައްޒާގެ 2.1 މިލިއަން މީހުންނަށް ގާތް ގަނޑަކަށް ތިން މަސް ދުވަހުގެ ކާބޯ ތަކެތި މިހާރު އެ ސަރަހައްދަށް ދަތުރު ކުރަމުންދާނެ ކަމަށެވެ. 

އާދީއްތަ ދުވަހު އިސްރާއީލް އިން ހަނގުރާމައިގައި އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދު ކަނޑާލުމަށް ނިންމާފައި ވަނީ، އދ އާއި އެހީދޭ އެޖެންސީތަކަށް ކާބޯ ތަކެތީ ނުލިބުމުގެ ސަބަބުން ޣައްޒާގައި ބޮޑުވަމުން އަންނަ ނުރައްކާތެރި ޙާލަތާ ކުރިމަތިލުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

އދ ގެ އިމަޖެންސީ ރިލީފް ކޯޑިނޭޓަރު ޓޮމް ފްލެޗާ ވިދާޅުވީ، އިސްރާއީލްގެ ނިންމުމަކީ އުފާވެރި ނިންމުމެއް ކަމަށާއި، މިސްރުން ކާބޯ ތަކެއްޗާއި، ބޭސް ފަރުވާ އަށް ބޭނުންވާ ސާމާނު އަދި ތެލުގެ ކަސްޓަމްސް ހުރަސްތައް ނައްތާލުމަށް މަގު ފަހި ވެގެން ދާނެ ކަމަށެވެ. 

ޑަބްލިއުއެފްޕީ އިން ބުނެފައިވާ ގޮތުގައި، ޣައްޒާގައި މިހާރު ވެސް އެތައް ހާސް ބަޔަކު އަންނަނީ ބަނޑު ހައި ހޫނުކަން ތަހަންމަލު ކުރަމުންނެވެ. އަދި 470،000 އަށް ވުރެ ގިނަ މީހުން، ބަނޑުހައި ހޫނު ކަމުގެ ސަބަބުން މަރުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އދ ގެ އިންސާނީ ހައްގުތަކުގެ ވެރިޔާ ވޯލްކާ ޓާކް ވިދާޅުވެފައިވާ ގޮތުގައި، ޣައްޒާގެ އޮކިއުޕައިން ބާރެއްގެ ގޮތުގައި އިސްރާއީލް އިން އެ ސަރަހަައްދުގެ އާބާދީ އަށް އެކަށީގެންވާ ކާބޯ ތަކެތި ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. 

އޭނާ ވިދާޅުވީ ބަނޑުހައު ހޫނު ކަމުގެ ސަބަބުން ކުޑަ ކުދިން ވެސް މަރުވަމުން އަންނަ ކަމަށާއި، އެއީ ލޮލުން ކަރުނަ އަންނަވަރުގެ ހިތާމަވެރި ކަމެއް ކަމަށެވެ. ޣައްޒާ އަކީ މިހާރު މަރުގެ ބިރުވެރިކަމާއި، އިންސާނީ ބޮޑު ކާރިސާއެއްގެ ބިރުވެރި ކަމުގައި އޮތް ތަނެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މިވަގުތު އެންމެ މުހިންމޫ ދާއިމީ ގޮތެއްގައި ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނައުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އިސްރާއީލް އިން ވަނީ ޣައްޒާގެ ބައެއް ސަރަހައްދުތަކުން ވަކި ވަގުތުތަކަކަށް ހަމަލާ ދިނުންް މެދު ކަނޑާލަން ނިންމައި އެކަން ވެސް އިއުލާން ކޮށްފަ އެވެ. ނަމަވެސް، އެކަން އިއުލާން ކުރި ފަހުން އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން ބަޔަކު ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

03 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު