Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިވަން ދުވަސް

އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން، އިންޑިއާއާ އޮތް ގުޅުން ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު: ރައީސް ޞާލިޙް

އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން، އޭރު ވެރިކަމުގައި ތިބިއިރު ކުރަން ނުޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދި ވަރަށް ގިނަ ވަގުތު އޭގެ ސަބަބުން ހޭދަ ކުރަން ޖެހުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޖުލައި 2025 | ހޮނިހިރު 04:43
އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު

އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު

ޕީޕީއެމް-ޕީއެންސީ އިން އިދިކޮޅުގައި ތިބެ ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން، އިންޑިއާއާ އޮތް ގުޅުން ރަނގަޅު ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް އޭރު ކުރަން ޖެހުނު ކަމަށާއި، އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހުނު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ހޮނިހިރު ދުވަހު ދެއްވި އިންޓަވިއުގައި ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ، ރާއްޖެ އާއި އިންޑިއާގެ ސަރުކާރާ އޭރު އޮތީ ވަރަށް އިތުބާރު ހިފޭ ގުޅުމެއް ކަމަށެވެ.

Advertisement - newsAdvertisement

މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ސަރުކާރުގެ އިސްވެރިން އޭރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން، އޭރު ކިހާ އުނދަގޫތަކެއް ކުުރިމަތިވިތޯ ސުވާލު ކުރުމުން ރައީސް ޞާލިޙް ވިދާޅުވީ، އޭރު ވެރިކަމުގައި ތިބިއިރު ކުރަން ނުޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދި ވަރަށް ގިނަ ވަގުތު އޭގެ ސަބަބުން ހޭދަ ކުރަން ޖެހުނު ކަމަށެވެ.

އިދިކޮޅުގައި ތިބެ އެ ބޭފުޅުން އޭރު ދެއްކެވި ވާހަކަތަކުގެ ސަބަބުން އަދި ފެތުރި ދޮގު ވާހަކަ ތަކުގެ ސަބަބުން އޭރު އޮތް އެމްޑީޕީގެ ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު އޮތް ގުޅުމަށް އެއްވެސް ކަހަލަ ހީނަރު ކަމެއް ނާންނަ ކަމަށް ރައީސް ޞާލިޙް ވިދާޅުވި އެވެ. އެމްޑީޕީ ސަރުކާރާއި އިންޑިއާއާ ދެމެދު އޮތީ އެއަށްވުރެ އިތުބާރު ކުރެވޭ ގުޅުމެއް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދިފައި އޮތް ކޮންމެ އެއްބަސްވުމަކީ އަދި މުއާހަދާ އަކީ އެއާ ދޭތެރޭގައި ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރެވި އަދި އޭގެއިން ސީދާ ރައްޔިތުންނަށާއި ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ހެދިފައިވާ އެއްބަސްވުންތަކެއް ކަމަށެވެ.

ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ވެރިކަމުގައި ތިބިއިރު ކުރަން ނުޖެހޭ ވަރަށް ގިނަ މަސައްކަތްތައް، ވަރަށް ގިނަ ވަގުތުތައް އޭގެ ސަބަބުން އަޅުގަނޑުމެން އެކަމަށް ހޭދަ ކުރަން ޖެހުނު. އަޅުގަނޑުމެންނާ އިންޑިއާ ސަރުކާރާ އޭރު އޮތީ ވަރަށް އިތުބާރު ހިފޭ ގުޅުމެއް. އެ ބޭފުޅުން އެ ދެއްކެވި ވާހަކަތަކުގެ ސަބަބުން، އެ ފެތުރި ދޮގު ވާހަކަތަކުގެ ސަބަބުން، އޭރު އޮތް އަޅުގަނޑުމެންގެ ވެރިކަމަކާއި އިންޑިއާގެ އޭރު އޮތް ސަރުކާރަކާ، އަދި މިހާރު ވެސް އޮތީ އެ ސަރުކާރު، އެ ސަރުކާރާ ދެމެދު އޮތް ގުޅުމަކަށް އެއްވެސް ކަހަލަ ހީނަރު ކަމެއް ނާދޭ. އެއަށް ވުރެ އިތުބާރު ކުރެވޭ، ޓްރަސްޓް ކުރެވޭ ގުޅުމެއް އަޅުގަނޑުމެންގެ ދެ ފަރާތުގައި އޮތީ. އަޅުގަނޑުމެންގެ ތެރޭގައި ކުރެވިފައި ހުރި ކޮންމެ އެއްބަސްވުމަކީ، ކުރެވުނު ކޮންމެ އެގްރީމަންޓަކީ، މުއާހަދާ އަކީ އެއާ ދޭތެރޭގައި ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރެވި، އޭގެއިން ސީދާ ރައްޔިތުންނަށް، ޤައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކުރެވިފައި ހުރި އެގްރީމަންޓް ތަކެއް.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ޞާލިޙް ވިދާޅުވީ އިންޑިއާ އިން ވެސް އެކަން ޤަބޫލު ކުރާ ކަމަށާއި، އިންޑިއާ އިން ވެސް ބޭނުން ވަނީ ދިވެހި ރާއްޖެ އަކީ މިނިވަން ޤައުމެއްގެ ގޮތުގައި އަދި މިނިވަން ދައުލަތެއްގެ ގޮތުގައި އަބަދު ވެސް އޮތުން ކަމަށެވެ. އެއީ އިންޑިއާ އަށް ވެސް އަދި އިންޑިއާ ކަނޑަށް ވެސް އޮތް ސުލްޙަވެރިކަން ޤާއިމު ކުރުމަށްޓަަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އިންޑިއާ އިން ދެކުނު ކަމަށް ރައީސް ޞާލިޙް ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، މިހާރު ވެސް އިންޑިއާ އިން ދެކޭނީ ހަމަ އެގޮތަށް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން އޭރު އިދިކޮޅުން އަދި ވަކިން ޚާއްސަކޮށް ރައީސް މުޢިއްޒު އިސްވެ ހުންނަވައިގެން ވެރިޔަކަށް އައުމަށް އެ ކުރި މަސައްކަތަކީ ވަރަށް ހަޑި ހުތުރު މަސައްކަތެއްގެ ގޮތުގައި ސިފަވެގެންދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވި އެވެ.

2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒު ކާމިޔާބު ކުރީ، އިންޑިއާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގެ ނިވަލުގަ އެވެ. އަދި އޭރު އިންޑިއާއާ ގުޅުވައިގެން އެތަކެއް ދޮގު ވާހަކަތަކެއް ވަނީ ފަތުރައިފަ އެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވެސް އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށް ފަހު، މިހާރު ގެންދަވަނީ އިންޑިއާއާ އެކު ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެކަމުގެ ސަބަބުން މިއަދު ގިނަ ބައެއްގެ ފާޑު ކިޔުުން ވަނީ ރައީސް މުޢިއްޒު އަދި ސަރުކާރަށް އަމާޒުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު