Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން ދުވަސް

ރައީސް މުޢިއްޒުމެން އިދިކޮޅުގައި ތިބެގެން ކުރި ކަންތައްތަކަކީ އަމިއްލަ އެދުމަށް ކުރި ކަންތައްތަކެއް: ރައީސް ޞާލިޙް

26 ޖުލައި 2025 | ހޮނިހިރު 03:38

އޭރު އިދިކޮޅުގައި ތިބެގެން އެ ފަރާތްތަކުން އެ ކުރި ކަންތައްތަކަކީ އަމިއްލަ އެދުން އިސްކޮށްގެން ކުރި ކަންތައްތަކެއްކަން، މިއަދު ރާއްޖޭގެ ރައްޔިތުންނަށް ވެސް އިނގޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2025 | ހޮނިހިރު 03:38
އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު

އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު

އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ސަރުކާރުގައި ތިއްބެވި ބޭފުޅުން މީގެ ކުރިން އިދިކޮޅުގައި ތިބެގެން ކުރި ކަންތައްތަކަކީ އަމިއްލަ އެދުމަށް ކުރި ކަންތައްްތަކެއް ކަމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހު ރާއްްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމް އަށް ދެއްވި ފޯނު އިންޓަވިއުއެއްގަ އެވެ.

Advertisement - newsAdvertisement

މެލޭޝިޔާގައި ހުންނަވައި ރައީސް ޞާލިޙް ވިދާޅުވީ، އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ރާއްޖޭގެ މިނިވަންކަން ގެއްލޭ ވާހަކަ އާއި، އިންޑިއާގެ އަޅުވެތި ކަމުގެ ދަށަށް ރާއްޖެ ގެންދާ ކަމަށް ބުނެ، ވެރިކަަމަށް އައުމަށް ދެއްކި ވާހަކަ ތަކަކީ ވަރަށް ދެރަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެއީ ރާއްޖޭގެ ވެރިކަމަށް އަންނަން މަސައްކަތް ކުރައްވާ ބޭފުޅަކު ނުވަތަ ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އޭރު އިދިކޮޅުގައި ތިބެގެން އެ ފަރާތްތަކުން އެ ކުރި ކަންތައްތަކަކީ އަމިއްލަ އެދުން އިސްކޮށްގެން ކުރި ކަންތައްތަކެއްކަން، މިއަދު ރާއްޖޭގެ ރައްޔިތުންނަށް ވެސް އިނގޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެ އެވެ.

އެ ދުވަސްވަރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން އާއި، އޭރުގެ ސަރުކާރާ ގުޅުވައިގެން ދައްކަމުން ގެންދިޔަ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، އެ ކަންތައްތައް އޭރު ކުރަމުން ގެންދިޔައީ ވަރަށް ހަޑި ހުތުރުކޮށް ކަމަށެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލޭ ވާހަކަ އާއި، އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދާ ވާހަކަ ދައްކައިގެން ރާއްޖޭގެ ވެރިކަމަށް އައުމަށް އެ ބޭފުޅުން އެ ކުރެއްވި މަސައްކަތް. އެއީ ރާއްޖޭގެ ވެރިކަމަށް އަންނަން މަސައްކަތް ކުރައްވާ ބޭފުޅަކު ނުވަތަ ބަޔަކު ކޮށްގެން ވާވަރުގެ ކަމެއް ނޫން. މިއަދު ހަމަ ގައިމު ވެސް ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އިނގިވަޑައިގަންނަވާނެ އޭރު އެ ބޭފުޅުން އިދިކޮޅުގައި ތިއްބަވައިގެން އެ ކުރެއްވި ކަންތައްތަކަކީ ހަމަ އަމިއްލަ އެދުން އިސް ކުރައްވައިގެން ކުރެއްވި ކަމެއްކަން. އޭގައި ހަގީގީ ހަގީގަތެއް އެއްގޮތަކަށް ވެސް ނެތް ކަންތައްތަކެއްކަން. އަދި ވަރަށް ހަޑި ހުތުރުކޮށް އެ ކަންތައްތައް އެބޭފުޅުން އެ ދުވަސްވަރު ކުރައްވަމުން ގެންދެވީ.
ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް މުޢިއްޒުގެ ދައުވަތަކަށް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަކީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު

އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު

އެކަމުން ފެނިގެން ދަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ، އޭރަކު ހުންނަ ވެރިޔަކާއި ވެރިޔަކާ ދޭތެރޭގައި އޮންނަ ގުޅުމެއް ނޫން ކަމަށާއި، އެއީ އެއަށްވުރެ މާ ފުޅާކޮށް އަދި މާ ގާތްކޮށް އޮތް ގުޅުމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެ އެވެ.

ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ އިންޑިއާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ އޮތް ގާތް އަދި ބަދަހި ގުޅުމެއް ކަމަށެވެ. އަދި އެއީ ވަކި ނުވެވޭ ވަރުގެ ގުޅުމެއްކަން މިއަދު ވެސް ސިފަ ވެގެން ގޮސްފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވި އެވެ.

އަދި މިހާރު އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އަށް އިތުރު ފައިދާތަކެއް ލިބިގެން ދިޔުމާއި، ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު އާއި މިއަދުގެ ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ވަނީ، އިންޑިއާއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފަ އެވެ. އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ކެމްޕެއިންގައި ވަނީ، އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަށް ވެސް ފުރައްސާރަކޮށް، ކާޓޫނު ކުރަހައި މަލާމާތް ކޮށްފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް