Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވެލީދޫ މީހެއްގެ ސިޓީ: "ދާއިރާގެ ބޭންކް އެކައުންޓާއި ސާޖިދާގެ ކޮންޓްރޯލްވެސް އައްބާސް އަތުގަތަ؟"

ރައީސް މުއިއްޒު ވިދާޅުވީ ވެލިދޫ ދާއިރާއަށް ކަންކަން ނުވަނީ އެދާއިރާގެ މެންބަރު އެއްބާރުލުން ނުދެއްވާތީ ކަމަށެވެ. އެކަމަކު މުޅި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތީ އެމަނިކުފާނުގެ އަތްޕުޅުގައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 24 ޖުލައި 2025 | ބުރާސްފަތި 14:18
ރައީސް ޑރ.މަހައްދު މުޒްޒޫރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ.މަހައްދު މުޒްޒޫރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒަށް

މަށާ މަގޭ ފެންވަރުން ހުޝާމިދާއި ޝުކުރު ސަނާ އަދި ތައުރީފްތައް އޭގެ ނިހާޔަތައް ގަތަގަތައިގެން ބަރުތީލަ ކުރަމެވެ.

ރައީސް މުއިއްޒޫއެވެ. މަށަކީވެސް މަނިކުފާނު ހޮވާން، އެއްކަލަ ހުސްގޮނޑި އުފުލައިދީ، މޭމަތިފުރާ އިންޑިޔާ އައުޓްޖެހި ޓީޝާޓް ލައިގެން މަނިކުފާނު ގޮތައް ހޯބޯ ލަވާ އުޅުނު ވެލިދޫ ދާއިރާގެ ވެލިދޫ ޕީޕީއެމް މީހަކީމެވެ. އަދި މަށާ މަގޭ އާއިލާގެވެސް މަސައްކަތުން ހޯދުނު ވޯޓާއެކު ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބީ އަށްފަހު ސަންޝިޔާމާ މިރަށު އައްބާސްމެން ގެންނަން ދުރުދުރުންނާއި ގާތްގާތުން އަތްގާތްކޮށްދީ އުޅުނު މީހަކީމެވެ. މަނިކުފާނާ އެމީހުންނާ ޖާމިނުކޮށްދީ ދެއްކިއްޔާ ދެއްކި ވާހަކައަކަށްފަހު އެމީހުންވެސް މީގައި ހިމަނައިގެން ކުރިއަށްދާން ނިންމި ނިންމުމަށް ލޮލުން ބޮލުން ރުހި ގަބޫލުވެގެންވެސް ހުރި މީހަކީމެވެ.

މަނިކުފާނެވެ. މަނިކުފާނަށް މިސިޓީ މިގޮތައް މިލިޔަނީވެސް އެހެންވެގެންނެވެ. މަށަށްވެސް އެއްޗެހި ބުނެވޭވަރުގައި ހުރިކަމަށް ޚުދު މަގޭ ޒަމީރު މަށަށް ތަންދޭތީއެވެ. ނުވިތާކަށް މަނިކުފާނު އެދިގެން ޕީޕީއެމް އުވާލީމާ ތިޔަ ގެންގުޅޭ ޕީއެންސީއަށްވެސް ސޮއި އަޅައިގެން ހުރި މީހަކަށްވެސް ވީތީއެވެ.

މަނިކުފާނޫއެވެ. މަށަކީ މީހަކު ކިޔާހާ އެއްޗަކަށް އާންހޫންވެ އަދި ބުނާހާ ކޮންމެ އެއްޗެއް ގަބޫލުކުރާޒާތު މީހަކީމެއް ނޫނެވެ. މައެއްޗެކޭ ބުނާނީ މަގޭ ލޮލުންބޮލަށްފެނި އަތްލެވޭވަރުކޮށްފައި އޮޅުމެއްނެތްވަރަށް ސާފު ސީދާ ވީމައެވެ. އެގޮތުން މަނިކުފާނޭ ކިޔައިގެން މިއުޅޭ އަތޮޅޭމެންނާ އިދިކޮޅޭމެން ކިޔާހާ އެއްޗަކަށް ކުރިއަކުން މަށަކު ފަރުވާލެއް ނުބަހައްޓަމެވެ. މަހުރީ މަގޭ ގޮތުގައި ސާފު ސީދަލަށް އެއްވާމެއްގައި މަނިކުފާނާ އެކުގައެވެ. ވެއްޓެންދިޔަޔަސް ކައްތިރިއަކަށް ވެގެން މަނިކުފާނާ މަނިކުފާނުގެ ސަރުކާރާއެކު ވީހާލެއްގާ ވެގެންނެވެ.

މަނިކުފާނެވެ. މަށަށްވެސް ކެތްކުރެވޭނީ ވަކިވަރެއް ވަންދެންތާއެވެ. ރޯމާ ދުވާލު ހަގީގަތް އެނގިފާޅުވެ މަނިކުފާނުގެ އަސްލު ސޫރަ ހަމައިސްކޮޅަށް މަގޭ މިހިރަ ދެލޮލަށް ފެނުނީމާ މަށަށްވެސް ހުންނާކަށް ކުޅަދާނައެއް ނޫނެވެ. މަގޭ ހިތާފިތް އެކަމަކަށް ތަނެއް ނުދެއެވެ. ވެރިކަމުން ނަގައިގެން އިބުރާހީމުމެން ބާލާން މަނިކުފާނުވެސް ކިޔައިދިނީ ހަމަ އެފަލްސާއެވެ. އޭގައި މަމިހުރީ ވަރަށް ރަނގަޅަށް ބަގުޑި ބައްދައިގެންނެވެ.

ރައީސް މުއިއްޒޫއެވެ. މެޑެއްޔެއް ހޯދަން ވިއަސް އަދި އެބުނާ ދުނިޔޭގެ ރެކޯޑެއް ހޯދަންވިއަސް މިހާރު ތިޔަ އުޅުއްވަނީކީ ވިޔާދާ ގޮތަކަށް ނޫނެވެ. ވިދާޅުވާންވާނީވެސް އަދި ކުރާންވާނީވެސް ކުރާން ހެޔޮވާ ވަރުގެ ކަންކަމެވެ. މައިކެއް އަތަށް އެރީމާ ނޫންނަމަ ޕޯޑިއަމެއްގެ ދޮށަށް ހުއްޓެވުނީމާ ޖަޒްބާތުގައި ޖެހުނަސް ތިޔައީވާ ބޮޑުވަރެވެ.

މަނިކުފާނެވެ. ކުޑަފަރީ މީހަކު މަނިކުފާނު އެރަށަށް އެރީމާ ފަހަތުން އެލެވި ހަޅޭކާ އެދެއްކި ހިތްވަރު މަށަކަށް ރީއްޗެއް ނޫނެވެ. އެކަން ބަލައެއްވެސް ނުގަންނަމެވެ. ނުހަނު ފަލަ އިބާރާތުން އެކަން ކުށްވެރިވެސް ކުރަމެވެ. އެކަމަކު ހަމަ އެދަތުރުގައި މަނިކުފާނު ތިޔަ ވެއްޓުނީ އެދައިތައަށްވުރެވެސް ދަށު ދަރަޖައަކަށެވެ. ގައުމެއްގެ ވަލިއްޔުލް އަމުރަކު ވިދާޅުވާން ނުވާވަރަށް މިއުޅޭ އައްބާހަށް ތިޔަ ދެއްވި ދެއްވުން އެދައިތައަށްވުރެ މަށަށް މާ ހުތުރުކަން ބޮޑެވެ. އެދައިތަ ޖަޒްބާތުގައި އެޖެހުނީ މަވެސް ހިމެނޭގޮތުން މަނިކުފާނާ މަނިކުފާނުގެ ޓީމުން އޭރުވި ވައުދުތަކާ ކެނޑިހާ ފޮނިތައް އޭގެ ދިމާ އިދިކޮޅަށް ފެންނާން ފެށީމައެވެ. ކީހާ ޅެން ފަރިއްސަށްވެ އިހުއޮތް ވެރިކަމަށްވުރެ ގޯސްވީމައެވެ. ބޭސްކޮޅުވެސް ނުލިބޭ ހިސާބަށް ދިޔައީމައެވެ. ޑޮލަރުގެ އަގު ފުމެފުމެވެސް އަތުޖެހޭވަރު ނުވެ ތަކެތީގެ އަގު އިންތިހާއަށް އުފުލި އަތްމަތި ހުސްވެ ހަފުސްވީމައެވެ. އަދި އެއްކަލަ މިނިވަންކަން ޖަހައިގަންނަން އުޅުނު "ގެރި" މޯދީ އުނގަށް ވެއްޓުނީމާ އެއިހްސާސްތަކުގައެވެ. އެކަމަކު މަނިކުފާނު ކުރުދޮށިން މިއުޅޭ އައްބާހަށް ތިޔަދެއްވީ އޭގެ ދިމާ އިދިކޮޅު ޖަޒްބާތުގައި ޖެހިވަޑައިގެންނެވެ. މީހަކު މަނިކުފާނާ ދެކޮޅަށް ކުޑަބޭރުވެސް އަރުވާނުލެވޭވަރު އަދި މަނިކުފާނު ކުރާން ބޭނުންހާ ކަމަކާ ދެކޮޅަށް ކުޑަވައި އިނގިލިވެސް ހިއްލާ ނުލެވޭވަރުގެ އާރަކާ ބާރެއް މަނިކުފާނުގެ އަތުގައި އޮވެމެއެވެ.

މަނިކުފާނެވެ. މަޖިލީހާ ކޯޓުތަކާ، ނަމުގައި މިނިވަން މުއައްސަސާތައް އަމިއްލަ ފައިކޭޓަށް ޖައްސަވައިގެންހުންނަވައި ކަމެއް ނުކުރެވުނީމާ އާދައިގެ އައްބާހެއްގެ ބޮލަށް އެކަން ކަނޑާލީމާ ހަމަގައިމުވެސް މަގޭ ގާތައް އަންނަނީކީ އަމަށަކު ހިންޏެއް ނޫނެވެ. ގައިމު އެސޮރު އަދި ކިތައްމެ ބާރަށް ހަޅޭލެވިއަސް ކިތައްމެ ފާޑެއް ކިޔަސް މަނިކުފާނު ކުރާން ބޭނުން ކަމަކާ ދެކޮޅަށް ވައިވެސް ނޭޅެވޭނެކަން ނޭނގޭ ފައިއިދި ފުރައިގެ ކުޑަކުއްޖަކުވެސް މި ދާއިރާ ކީއްކުރަން ހެއްޔެވެ ، މިގައުމާ މުޅި ދުނިޔޭގައިވެސް ނުހުންނާނެއެވެ.

ރައީސް މުއިއްޒެވެ. މަނިކުފާނު މިދާއިރާއަށް އަދި މިގައުމަށް ކުރާން ބޭނުން އެއްވެސް ކަމަކަށް އެ އައްބާހަށް ކުރެވޭނެ ޒައްރެއްގެ މިންވަރުވެސް ނޯންނާނެއެވެ. އެކަމަކު މަނިކުފާނު ތިޔަ ވިދާޅުވި ގޮތުން ހީވަނީ ފިނޭންސް މިނިސްޓަރަށް އަމުރު މައުރޫފް ހިންގަނީ އެ އައްބާސް ކަމެވެ. މުޅި މިދާއިރާގެ އެކައުންޓް ތަކުގެ ކޮންޓްރޯލް އޮތީވެސް އައްބާސް އަތުގައި ކަމެވެ. އައްބާސް ހުއްދަ ނެތި މިރަށު ދެފަސް ބެދުނު ހިސާބުން އެއްގަމަށް މަނިކުފާނާ މަނިކުފާނުގެ ސަރުކާރު މީހަކަށްވެސް ނޭރޭނެ ކަމެވެ.

މަނިކުފާނެވެ. ތިޔައީދެން ފުކެއްބޮޑުވަރެވެ. ތިޔަ ވިދާޅުވި އެއްޗަކުން މަށަށް ހީވި އެހެން އެއްޗެއްވެސް އެބައޮތެވެ. މަނިކުފާނަށް ތާއީދު ނުކުރާ މީހަކު ހުރި އެއްވެސްތާކަށް އެއްވެސް ކަމެއް ކޮށް ނުދޭނެ ކަމެވެ. ތިޔަވިދާޅުވާ ހަމަހަމަ ކަމޭ، ހުރިހާ ރައްޔިތުންނަކީވެސް އެއްބައެކޭ މިކުރަނީ އެންމެނަށް ކުރާ ވެރިކަމެކޭ، އިންސާފޭ ޅަފަޅޮލޭ ވިދާޅުވާ ވިދާޅުވުން ބޮނޑިބޮނޑި ކޮށްލާފައި ތިޔަ ޖެއްސެވީ އަމިއްލަ އަންބޮނޑިއަށެވެ.

މަނިކުފާނެވެ. މަށަކީ ވަރަށް ހިތްސާފު އަދި އެއްވެސް ވަރަކަށް ނުގޮތަކަށް ވިސްނާ މީހެއް ނޫނެވެ. އެކަމަކު ތިޔަ ވިދާޅުވި އެއްޗަކުން މަގޭ ހިތަށް އެރި އެއްޗެއްވެސް ނިންމާލަމުން މަނިކުފާނާ ހިއްސާކޮށްލާނަމެވެ. ކަންފަތްދޮށުގައި ވައިއަޑުން ވަރަށް ސިއްރު ސިއްރުންނެވެ.

މަނިކުފާނެވެ. އަނެއްކާ ތިޔަހެން ވިދާޅުވަމުންގޮސް ގައިކޮޅުމަތިން ރަޖާގަނޑު އަޅާލެވެނީވެސް އަދި އަނބިކަނބަލުން ސާޖިދާގެ ކޮންޓްރޯލް އޮތީވެސް އެއައްބާސް އަތުގައޭ ވިދާޅު ނުވައްޗެވެ.

މަނިކުފާނެވެ. މިހާހިސާބުން މިސިޓީ ނިންމާލާނަމެވެ. އެކަމަކު އެއްވާހަކަ ބުނެލާފައެވެ. މަނިކުފާނާ މަނިކުފާނު ތިޔަ ވިދާޅުވާ ލަޔާގަތާ ގާބިލިއްޔަތާ މަނިކުފާނުގެ ކެރިކުޅަދާނަކަމަކާ މަނިކުފާނެވެ. އެކަމަކުން ވި ފައިދާއެއް ލިބުނު ނަފާވެރިކަމެއް، އަމުދުންވީ ހެޔޮމޮޅެއް ނެތެވެ. ހަމަގައިމުވެސް ތިޔަހާ އުރައްޕަތެއްނެތް މީހަކަށް ވޯޓު ނުދީ އައްބާސް ތިޔަ މަގާމަށް ގެނެވުނު ނަމައޭ މިހާރު މަގޭ ހިތަށް އަރައެވެ. ވަރަށް ސަލާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

14 މާރިޗު 2018
ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

25 ނޮވެމްބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު