Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހަމާސްގެ ޖަވާބު އިސްރާއީލް އިން ދަނީ ދިރާސާ ކުރަމުން

24 ޖުލައި 2025 | ބުރާސްފަތި 08:33

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މެދުވެރިންގެ ފަރާތުން ހަމާސްގެ ޖަވާބު އިސްރާއީލަށް ލިބިފައިވާ ކަމަށާއި، މަޝްވަރާ ޓީމުން ގެންދަނީ އެ ޖަވާބު ދިރާސާ ކުރަމުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖުލައި 2025 | ބުރާސްފަތި 08:33
އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންތަކެއް ޣައްޒާގައި ހަރަކާތްތެރި ވަނީ

އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންތަކެއް ޣައްޒާގައި ހަރަކާތްތެރި ވަނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ހަމާސް ޖަމާއަތުން ދީފައިވާ ޖަވާބު ދިރާސާ ކުރަމުން އަންނަ ކަމަށް އިސްރާއީލް އިން ބުނެފި އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ، ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމާ ގުޅިގެން ހަމާސް އިން ދީފައިވާ ޖަވާބު އެ އަސްކަރިއްޔާ އިން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ޖަވާބު ލިބިފައިވާ ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މެދުވެރިންގެ ފަރާތުން ހަމާސްގެ ޖަވާބު އިސްރާއީލަށް ލިބިފައިވާ ކަމަށާއި، މަޝްވަރާ ޓީމުން ގެންދަނީ އެ ޖަވާބު ދިރާސާ ކުރަމުން ކަމަށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ވަނީ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ ޤަތަރުންނެވެ. ޤަތަރުގެ ވެރި ރަށް ދޯހާގައި ކުރިއަށް ގެންދަމުން އައި މަޝްވަރާތަކަށް މަޑު ޖެހުމެއް އައިސްފައި ވަނީ ދެ ފަރާތުގެ ދެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކެއް އުފެދުމުންނެވެ. 

މީގެ ކުރިން ވެސް ވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި މަޝްވަރާތަކަށް ފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ވެސް ކުރި އެވެ. މިއަހަރުގެ ޖަނަވަރީ މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރެވުނު ނަމަވެސް، އިސްރާއީލް އިން ވަނީ އެ އެއްބަސްވުމާ ޚިލާފުވެފަ އެވެ. 

އެއްބަސްވުމާ ޚިލާފަށް އިސްރާއީލް އިން ހަމަލާތައް ދޭން ފެށި ފަހުން، ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންނެވެ. އަދި އެ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. އިސްރާއީލްގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އިސްރާއީލް އަށް ނުރުހުން އަމާޒު ކުރަމުންނެވެ.

ޣައްޒާ އަށް ހަމަލާއް ދިނުމުގެ އިތުރުން، އިސްރާއީލް އިން ވަނީ ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ދަތި ކޮށްފަ އެވެ. އެގޮތުން ކާބޯ ތަކެއްޗާއި، ހޮސްޕިޓަލްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އިސްރާއީލް އިން ވަނީ ދަތި ކޮށްފަ އެވެ. 

އެކަމުގެ ސަބަބުން ޣައްޒާގައި ބަނޑުހައި ހޫނުކަން އިންތިހާ އަށް އިތުރުވެ، ޣައްޒާގެ ޞިއްޙީ ނިޒާމު ވެސް ވަނީ ނާޒުކު ޙާލަތެއްގަ އެވެ. ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑު ފުނޑުވަމުންދާ ކަމުގެ އިންޒާރު ބައިނަލްއަޤުވާމީ އިދާރާ ތަކުން ވެސް އަންނަނީ ދެމުންނެވެ.

މީގެ އިތުރުން، ޣައްޒާގައި ބަނޑުހައި ހޫނު ކަމުގެ ސަބަބުން ޝަހީދުވަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަ ކުދިން ހިމެނެ އެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 މެއި 2017

އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ

24 މެއި 2017
އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
13 މެއި 2017

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

13 މެއި 2017
އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ
17 އެޕްރީލު 2017

ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ

17 އެޕްރީލު 2017
ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ
04 މާރިޗު 2017

ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް، ލިޔުމުން ޖަވާބު އަރުވާނެ: ޖަސްޓިސް ޑިޕާޓްމަންޓް

04 މާރިޗު 2017
ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް، ލިޔުމުން ޖަވާބު އަރުވާނެ: ޖަސްޓިސް ޑިޕާޓްމަންޓް
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް