Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ-ރާއްޖެ

ރާގު ބަަދަލު ކުރައްވައި ޚަލީލް ވިދާޅުވީ، މޯދީ ގެނައުމަކީ ރައްޔިތުންނަށް ފައިދާއެއް ކަމަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވުމުން އޭރު ޚަލީލް ވިދާޅުވެފައި ވަނީ، މޯދީ ރާއްޖެ ވަޑައިގެންނެވީ ޑީލެއްގެ ދަށުން ކަމަށާއި، ނުރައްކަލުގެ ރަނގަބީލުގެ އަޑު އިވެން ފަށައިފި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖުލައި 2025 | ބުދަ 04:39
ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުالله ޚަލީލް

ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުالله ޚަލީލް

ރާއްޖޭގެ މިނިވަން ދުވަހުގެ ޚާއްސަ މެހުމާނެއްގެ ގޮތުގައި އިންޑިއާގެ ބޮޑު ވަޒިރު ނަރެންދްރާ މޯދީ ރާއްޖެ ވަޑައިގަންނަވާއިރު، އެއީ ރާއްޖޭގެ ރައްޔިތުންގެ ފައިދާ އަށް ކުރައްވާ ކަމެއް ކަމަށް ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަަސް ފާހަގަ ކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅެކެވެ.

Advertisement - newsAdvertisement

މީގެ ކުރިން އިންޑިއާ އާއި، އެ ޤައުމުގެ ބޮޑު ވަޒީރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ ފަރާތްތަކަކުން، ރާއްޖޭގެ މިނިވަން ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކަށް މޯދީ ގެންނަވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ.

އެކަމާ ގުޅިގެން ޚާރިޖީ ވަޒީރު ޚަލީލް އެމަނިކުފާނުގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކި އެކި މުނާސަބަތުތައް ފާހަގަ ކުރުމުގެ ގޮތުން ބޭރުގެ އެކި އެކި ފަރާތްތަކަށް ދައުވަތު ދީގެން، ޚާއްސަ މެހުމާނުންގެ ގޮތުގައި ވަޑައިގެންނެވުމަކީ އައު ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޚަލީލް ވިދާޅުވީ އެއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ނުކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރަނީ އެ ޤަައުމުތަކާ އެކު އޮންނަ ޒަމާންވީ ގާތް ގުޅުން ރަމްޒު ކޮށްދިނުގެ ގޮތުން ކަމަށް ވެސް ޚަލީލް ވިދާޅުވެފައިވެ އެވެ.

ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވައި ޚަލީލް ލިޔުއްވާފައިވާ އެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ނުކުރާންވީ ކަމަކީ އެފަދަ ގުޅުން ތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަމަށް މިދިޔަ ސަރުކާރުން ކުރި ކަހަލަ ކަންތައް ކަމަށެވެ.

އަދި މިނިވަން ކަމަށް ބުރޫއަރާ ފަދަ ކަންކަމަށް ފުރުސަތު ނުދިނުންކަން ފާހަގަ ކުރައްވައި ޚަލީލް ވިދާޅުވީ، އެކަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވެރިން ގެންދަނީ ކަށަވަރު ކޮށްދެމުން ކަމަށެވެ.

އެ ޕޯސްޓު ނިންމާލައްވަމުން ޚަލީލް ވިދާޅުވެފައި ވަނީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެށެނީ ދިވެޖި ޤައުމާއި، ރައްޔިތުންގެ ފައިދާ އަށް އިސްކަން ދިނުމާ ހިސާބުން ކަމަށެވެ.

ފޭސްބުކުގައި ފޮރިން މިނިސްޓަރު ޚަލީލް ކޮށްފައިވާ ޕޯސްޓު
ފޭސްބުކުގައި ފޮރިން މިނިސްޓަރު ޚަލީލް ކޮށްފައިވާ ޕޯސްޓު

ޚާރިޖީ ވަޒީރު ޚަލީލް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ޚަލީލް އަކީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ބޭފުކެވެ.

އެގޮތުން 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވުމުން އޭރު ޚަލީލް ވިދާޅުވެފައި ވަނީ، މޯދީ ރާއްޖެ ވަޑައިގެންނެވީ ޑީލެއްގެ ދަށުން ކަމަށާއި، ނުރައްކަލުގެ ރަނގަބީލުގެ އަޑު އިވެން ފަށައިފި ކަމަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހު ޚަލީލް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖޭގައި ބަޣާވާތެއް ހިންގަން އުޅެނީ ތޯ އެވެ؟

މީގެ އިތުރުން ވެސް، މީގެ ކުރިން ޚަލީލް ވަނީ އެކި ފަހަރުގެ މަތިން އިންޑިއާ އާއި، އެ ޤައުމުގެ ބޮޑު ވަޒީރު މޯދީ އަށް ފާޑު ވިދާޅުވެ، އެކި ވާހަކަތައް ދައްކަވައިފަ އެވެ.

ހަމަ އެހެންމެ، ޕީޕީއެމް-ޕީއެންސީ އިން އޭރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގައި ވެސް ޚަލީލް ވަނީ އިސްކޮށް އުޅުއްވައިފަ އެވެ.

އެގޮތުން އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓު ތުރު ކުރައްވައިގެން މުޒާހަރާ ތަކުގައި ބައިވެރިވެފައިވާއިރު، އިންޑިއާ އައުޓް ކެމްޕެއިންގެ ހިނގާލުމެއް ޚަލީލް އިސް ނަންގަވައިގެން ވަނީ އެމަނިކުފާނުގެ އުފަން ރަށް ފ.ނިލަންދޫގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ހައި ކޮމިޝަނަރު ޖޭމްސް ޑޯރިސް މްޔޫއޯ އާއި ބައްދަލު ކުރައްވައިފި

ހައި ކޮމިޝަނަރު ޖޭމްސް ޑޯރިސް މްޔޫއޯ އާއި ބައްދަލު ކުރައްވައިފި

14 ފެބުރުއަރީ 2017
ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

12 ފެބުރުއަރީ 2017
ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2017
ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

ޗެއާޕާސަންގެ މަގާމު ހަސަން ލަތީފް ކަށަވަރުކުރައްވައިފި

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު