Advertisement
ކ. މާލެ
|
22 ޖުލައި 2025 | އަންގާރަ 00:53
ރައީސް މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ރައީސް މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
އައިއޭއެންއެސް
އިންޑިއާ-ރާއްޖެ ގުޅުން
އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގަންނަވަނީ މިނިވަން ދުވަހުގެ ޝަރަފްވެރި މެހުމާނުގެ ގޮތުގައި: އިންޑިއާ ސަރުކާރު
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ރާއްޖޭގެ މިނިވަންދުވަހުގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ސަރުކާރުން ވަނީ ދައުވަތު އަރުވާފައި
މޯދީ އާއި ރައީސް މުޢިއްޒު ބައްދަލުކުރައްވައި ދެ ޤައުމަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ
މިއީ މޯދީގެ ދިވެހިރާއްޖެ އަށް ކުރައްވާ ތިންވަނަ ދަތުރުފުޅު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަންނަވަނީ މިނިވަންދުވަހުގެ ޝަރަފް ވެރި މެހުމާނުގެ ގޮތުގައި ދައުވަތު އަރުވައިގެން ކަމަށް އިންޑިއާ ގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީ (އެމް.އީ.އޭ) އިން ބުނެފިއެވެ.

މޯދީ ރާއްޖެ އަށް މި ވަޑައިގަންނަވަނީ ރައީސް މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައެވެ.

"ޖުލައި 26 ވަނަ ދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރު ފާހަގަ ކުރުމުގެ ރަސްމިއްޔާތުގެ 'ޝަރަފްވެރި މެހުމާނަކީ' ބޮޑުވަޒީރު މޯދީއެވެ،" އެމް.އީ.އޭ އިން ބުނެފައިވެއެވެ.

"ބޮޑުވަޒީރު ދިވެހިރާއްޖޭގެ ރައީސް މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް 2025 ވަނަ އަހަރުގެ ޖުލައި 25 އިން 26 އަށް ދިވެހިރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާނެ އެވެ. މިއީ ބޮޑުވަޒީރުގެ ދިވެހިރާއްޖެ އަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. އަދި މުޙައްމަދު މުޢިއްޒުގެ ރައީސް ކަމުގައި ދިވެހިރާއްޖެ އަށް އިންޑިއާގެ އެންމެ އިސްވެރިޔަކު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ،" އެމް.އީ.އޭ ގެ ބަޔާނުގައި ވެއެވެ.

"ބޮޑުވަޒީރު މޯދީ، މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި، ދެ ޤައުމަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިވެހިރާއްޖޭގެ ރައީސް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން އެއްބަސްވި ތަސައްވުރު 'ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް' ތަންފީޒު ކުރުމުގައި ލިބިފައިވާ ކުރިއެރުންތައް ދެ ލީޑަރުން ބައްލަވާ ލައްވާނެއެވެ،" އެމް.އީ.އޭ އިން ބުންޏެވެ.

އިންޑިއާގެ 'ނޭބަރހުޑް ފަސްޓް' ޕޮލިސީ އަދި ވިޝަން މަހާސާގަރު ގައި ދިވެހިރާއްޖެ އަކީ ޚާއްޞަ މަޤާމެއް ލިބިފައިވާ އަވައްޓެރި ޤައުމަކަށް ވާތީ، އިންޑިއާ އިން ދިވެހިރާއްޖެ އަށް ދޭ މުހިންމުކަން މި ދަތުރުފުޅުން ދައްކުވައިދޭ ކަމަށް އެމް.އީ.އޭ އިން ބުންޏެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގާތް ގުޅުން އިތުރަށް ފުޅާކޮށް ބަދަހި ކުރުމަށް ލިބޭ ފުރުޞަތެއް ކަމަށްވެސް އެމް.އީ.އޭ އިން ބުންޏެވެ.

- ކޮމެންޓް