Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
4000 ފްލެޓް

4000 ފްލެޓް: ކުއްޔާއި މެއިންޓެނެންސް ފީ 10 އެއްގެ ކުރިން ދައްކައިފި ނަމަ 100 އިންސައްތަ ސަބްސިޑީގެ މަންފާ ލިބޭނެ - އެފްޑީސީ

މަހުން މަހަށް ދައްކަން ޖެހޭ ޖުމްލަ ރުފިޔާގެ އަދަދަކީ 2 ކޮޓަރީގެ އެޕާޓްމެންޓަކަށް ނަމަ 8000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމެންޓަކަށް 10500 ރުފިޔާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޖުލައި 2025 | އަންގާރަ 09:08
ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓްގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ޑރ.މުއިއްޒު ކުރެއްވި ޒިޔާރަތުގެ ތެރެއިން - 20 ޖޫން 2025

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓްގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ޑރ.މުއިއްޒު ކުރެއްވި ޒިޔާރަތުގެ ތެރެއިން - 20 ޖޫން 2025

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ، 4000 ފްލެޓް ލިބުނު މީހުން، އެ ފްލެޓަށް ދައްކަން ޖެހޭ ކުއްޔާއި މެއިންޓެނެންސް ފީ، ކޮންމެ މަހެއްފެ 10އެއްގެ ކުރިން ދައްކައިފި ނަމަ، އެ ފަރާތްތަކަށް 100 އިންސައްތައިގެ މަންފާ އެއް ލިބޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން އެފަދައިން ބުނެފައި ވަނީ އެފްޑީސީން ތަރައްޤީ ކުރި 4000 ހައުސިން ޔުނިޓްގެ މަހު ކުލި އަދި ސެކިއުރިޓީ ޑިޕޮސިޓާއި މެދު 21 ޖުލައި 2025ގައި އާއްމު ކުރި އިއުލާނެއްގައެވެ.

Advertisement - newsAdvertisement

އެ އިއުލާންގައި ބުނެފައި ވަނީ އެފްޑީސީ އިން ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓު ލިބޭ ފަރާތްތައް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައެޅުމާއި ގުޅިގެން އެފްޑީސީން އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ތެރެއިން، އާއްމު ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް މައުލޫމާތު ދައުރުވަމުންދާ ކަމަށެވެ.

މީގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ އެއްބަސްވުންތަކަކީ ޝަރީއާގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ އެއްބަސްވުމެއް ކަމުގައި ވާތީ، މި އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ މަހު ކުއްޔާއި މެއިންޓެނަންސް ފީ، އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފި ނަމަ އެ ފަރާތްތަކަށް 100 އިންސައްތަ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހަމައެހެންމެ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން، މަހު ކުލި ދައްކާ ހާލަތުގައި ލިބޭ ސަބްސިޑީ އަށް ބަދަލު އަންނާނެ ގޮތް ވެސް އެ އިއުލާންގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން މަހުގެ 16އިގެ ކުރިން އެ މަހެއްގެ ކުލި ދައްކާ ނަމަ 75% ސަބްސިޑީގެ މަންފާ ލިބޭ އިރު، މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ މަހު ކުލި ދައްކައިފި ނަމަ 50 އިންސައްތަ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެފްޑީސީން ހާމަކޮށްފައިވާ ގޮތުގައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ މަހު ކުލި ދައްކައިފި ނަމަ 25 އިންސައްތަ ސަބްސިޑީ ގެ މަންފާ ލިބޭނެއެވެ. އަދި މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ މަހެއްގެ މަހު ކުލި ދައްކާ ނަމަ، ކުލި ދައްކަން ޖެހޭނީ ސަބްސިޑީގެ ކުލީގެ މަންފާ ނުހިމަނާ މަހު ކުލި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މަހު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް ނުދައްކައިފި ނަމަ އެ ފައިސާ ދެއްކުމަށް އެދި އެފްޑީސީން ކުއްޔަށް ހިފާފައިވާ ފަރާތަށް ލިޔުމުން ނޯޓިސް އެއް ފޮނުވުމުގެ އިޚްތިޔާރު ލިބިގެންވާކަން ފާހަގަކޮށްލެވެއެވެ.

މަހު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތަކުގެ ތަފްސީލަށް ބަލާ ނަމަ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 2 ކޮޓަރީގެ އެޕާޓްމެންޓުތަކަށް 15000 ރުފިޔާ ދައްކަންޖެހެއެވެ. މީގެ އިތުރުން 3 ކޮޓަރީގެ އެޕާޓްމެންޓުތަކަށް 25000 ރުފިޔާ ދައްކަންޖެހެއެވެ. މި ފައިސާ އަކީ އެއްފަހަރާ ދައްކަން ޖެހޭ ފައިސާއެވެ.

މަހުން މަހަށް ދައްކަން ޖެހޭ މަހު ކުލި އަދި މެއިންޓެނެންސް އަށް ބަލާ ނަމަ، ކޮންމެ މަހަކަށް ޖެހޭ ކުލި އަކީ 2 ކޮޓަރީގެ އެޕާޓްމެންޓަކަށް 7000 ރުފިޔާ، 3 ކޮޓަރީގެ އެޕާޓްމެންޓަކަށް 9000 ރުފިޔާއެވެ. އަދި މެއިންޓެނަންސް ފީ އަކީ 2 ކޮޓަރީގެ އެޕާޓްމެންޓަކަށް 1000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމެންޓަކަށް 1500 ރުފިޔާއެވެ. އެހެންކަމުން މަހުން މަހަށް ދައްކަން ޖެހޭ ޖުމްލަ ރުފިޔާގެ އަދަދަކީ 2 ކޮޓަރީގެ އެޕާޓްމެންޓަކަށް ނަމަ 8000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމެންޓަކަށް 10500 ރުފިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު