Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫ ސިޓީ ކައުންސިލް

ތިނަދޫ ސިނާއީ ބިންތަކުން ކުލީގެ ގޮތުގައި ލިބެންޖެހޭ 29.9 މިލިއަން ރުފިޔާ ނުލިބި، ލިސްޓުގައި ސައުދުﷲ ހިލްމީގެ ނަން

19 ޖުލައި 2025 | ހޮނިހިރު 17:41

ތިނަދޫ ސިޓީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި އެކިއެކި ފަރާތްތަކުން 29.9 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 19 ޖުލައި 2025 | ހޮނިހިރު 17:41
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ: ތިނަދޫ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ފައިސާ ނުދައްކާ ކަމަށް ބުނެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނީގެ ނަން ވެސް ވަނީ ހިމަނާފަ

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ: ތިނަދޫ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ފައިސާ ނުދައްކާ ކަމަށް ބުނެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނީގެ ނަން ވެސް ވަނީ ހިމަނާފަ

ތިނަދޫ ސިޓީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި އެކިއެކި ފަރާތްތަކުން 29.9 މިލިއަން ރުފިޔާ ނުދައްކާ އޮތްއިރު، އޭގެތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި ވެސް ހިމެނޭކަން ހާމަވެއްޖެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބިންތަކަށް ކުލި ނުދައްކާ އެންމެންގެ ތަފްސީލާއި ކުލި ނުދައްކާ އަދަދު ވަނީ ހާމަކޮށްފަ އެވެ. ކުލި ނުދައްކާ އެންމެން ތަފުސީލު ކޮންމެ މަހަކު ވެސް ހާމަ ކުރަން އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ތިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސިނާއީ އެކިއެކި މަސައްކަތްތައް ކުރުމަށް ތިނަދޫ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބިމު ކުއްޔާއި، ޖޫރިމަނާގެ ގޮތުގައި އެ ކައުންސިލަށް 29،954،660.46 (ނަވާވީސް މިލިއަން ނުވަ ސަތޭކަ ފަންސާސް ހަތަރު ހާސް ހަ ސަތޭކަ ފަސްދޮޅަސް ރުފިޔާ ސާޅީސް ލާރި) ދިވެހި ރުފިޔާ ނިލިބި އެބަހުރި ކަމަށެވެ.

އެ ކައުންސިލުން ބުނި ގޮތުގައި ފައިސާ ދެއްކުމަށް އެދި އެސްއެމްއެސް ސިސްޓަމް މެދުވެރިކޮށް ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކޮންމެ މަހެއްގެ އެއްވަނަ އަދި 10 ވަނަ ދުވަހު މެސެޖު ފޮނުވައެވެ. އޭގެ އިތުރުން ފައިސާ ނުދައްކާ ފަރާތްތަކަށް ސިޓީ ފޮނުވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ނަމަވެސް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ދެ ފަހަރު އެންގުމަށްފަހު ވެސް ދައްކާފައި ނުވުމުގެ ސަބަބުން އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުންދާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކައުންސިލުން ވަނީ އެ އިއުލާނާއެކު، ބިމު ކުލި ނުދައްކާ 50 ފާރާތެއްގެ ނަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި މެންބަރު ސައުދުﷲ ހިލްމީގެ ވިޔަފާރި ކުންފުނި، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، އޭނާގެ ހަރުގެއަކާއި، މޯލްޑިވްސް ގޭސް ކުންފުނި ހިމެނެއެވެ.

ސައުދުﷲގެ ކުންފުނިން 89،695.89 ރުފިޔާ ދައްކަން ޖެހޭއިރު، އޭނާއަށް ނިސްބަތްވާ ހަރުގެއަކުން 433،155.10 ރުފިޔާ ދައްކަންޖެހެއެވެ. އެ ލިސްޓުގައި މޯލްޑިވްސް ގޭސް ވެސް ހިމެނޭއިރު އެ ކުންފުނިން ވެސް 3.77 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ.

ލިސްޓުގައި ހިމެނޭ ކުންފުނިތަކާއި މީހުންގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހިފައި އޮތީ މޯލްޑިވްސް ގޭސް އަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މޯލްޑިވް ގޭސްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ވަނީ މިއަހަރުގެ އޭޕްރީލް މަހު ތަހުގީގުކުރަން ފަށައިފައެވެ.

ކަައުންސިލްތަކުން ކުއްޔަށް ދޭ ބިންތަކަށް ފައިސާ ނުދައްކާ މައްސަލަތަށް ފެންމަތިވަމުން އަންނަ މި ދަނޑިވަޅުގައި އެފަދަ ފަރާތްތަށް އެންމެ ފުރަތަމަ ހާމަކުރަން ފެށި ކައުންސިލަކަށް ވެފައި މިވަނީ ތިނަދޫ ސިޓީ ކައުންސިލެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް