Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން ގޯސްވުން

50 މޭލަށް ވުރެ ބޮޑަށް ވައިގަދަވެ، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް

19 ޖުލައި 2025 | ހޮނިހިރު 10:21

ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖުލައި 2025 | ހޮނިހިރު 10:21
މުރައިދޫ ގެއެއްގެ ފުރާޅު މަގުމައްޗަށް އެއްލާލައިފައި

މުރައިދޫ ގެއެއްގެ ފުރާޅު މަގުމައްޗަށް އެއްލާލައިފައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހުކުރު ދުވަހު މާލެސިޓީގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކަށް ވަރަށް ބޮޑަށް ވައިގަދަވި ކަމަށެވެ. ހުޅުލެ-ހުޅުމާލެއަށް 52 މޭލަށް ވައިގަވެފައިވާއިރު، ހދ. ހަނިމާދޫ އާއި މަކުނުދޫއަށް ގަޑިއަކު 54 މޭލަށް ވައިގަދަވެފައި ވާކަމަށް އެއިދާރާއިން ބުނެއެވެ. އަދި ފ. ނިލަންދޫ 48 މޭލަށް، ކ. ދިއްފުއްޓަށް 49 މޭލަށް، ގދ. ކާޑެއްދޫ - 46 މޭލަށް، ސ. ގަމަށް 46 މޭލަށް އަދި ހދ. ކުޅުދުއްފުއްޓަށް 47 މޭލަށް ވައިޖެހިފައިވެއެވެ.

Advertisement - newsAdvertisement

ހަނިމާދޫ ހާލަތާ ގުޅޭގޮތުން އެރަށު ކައުންސިލްގެ ރައީސް އަބްދުއްސަތާރު ހަސަން ވިދާޅުވީ ހުކުރު ދުވަހު ރަށުތެރެއަށް ވަރަށް ބޮޑަށް ވައި އެރި ކަމަށާއި، ރުށްގަސްތައް ވެއްޓިފައިވާ ކަމަށެވެ. އަދި ނޫރު މިސްކިތުގެ ފުރާޅު އެއްލާލި ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްސައްތާރު ވިދާޅުވީ މިހާރު އެރަށް އާއްމު ހާލަތަށް ގެނެވިފައިވާ ކަމަށާއި، މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

މަކުނުދޫއަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އެރަށުގެ ކައުންސިލް މެންބަރު މުހައްމަދު ޝައްމާހު ވިދާޅުވީ ރަށުގެ އާއްމު ހާލަތު ރަނގަޅު ކަމަށެވެ. ވިލާގަނޑުގައި ވަރަށް ވައިގަދަވާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހު އައި ވިލާގަނޑުގައި ރަށުގައި ހުރި ހަޓެއްގެ ފުރާޅު އެއްލާލި ކަމަށާއި، އިތުރު ގެއްލުމެއް ނުލިބޭ ކަމަށެވެ.

މޫސުން ގޯސްވެ ބައެއް ރަށްތަކަށް ގެއްލުން ލިބުން

މޫސުން ގޯސްވެ ބައެއް ރަށްތަކަށް ގެއްލުން ލިބުން

މީގެ އިތުރުން ހއ.މުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް އަލީ ވިދާޅުވީ، މޫސުން ގޯސްވެ، އެރަށަށް ހުކުރު ދުވަހުގެ އަސަރުގެ ވަގުތު އެރިކޮޅިގަނޑުގައި 4 ގެއަކަށް ގެއްލުންވެފައިވާ ކަމަށާއި، 4 ގޭގެ ފުރާޅު އެއްލާލި ކަމަށެވެ. ދެ ގެއެއް އާއްމު ހާލަތަށް ގެނެސްފައިވާއިރު، އަނެއް ދެ ގޭގެ މީހުން، އެމީހުންނާ ގުޅުންހުރި ގެތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެތަނުން އެއްގޭގައި ދިރިއުޅެމުންދިޔައީ އެންމެ އަންހެނެއް ކަމަށާއި، އަނެއްގޭގައި ދިރިއުޅެމުންދިޔައީ އަންހެނެއްގެ އިތުރުން އޭނާގެ ދަރިފުޅު ކަމަށެވެ.

އަބްދުލްކަރީމް ވިދާޅުވީ ކައުންސިލް އިމާރާތުގެ ފުރާޅު ވެސް އެއްލާލުމުގެ ސަބަބުން، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކައުންސިލް އިމާރާތުގެ މީޓިން ރޫމްގައި 75 އިންޗީގެ ޓީވީއަކާއި، އޭސީއެއްގެ އިތުރުން ސީޕީޔޫއެއް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އަބްދުއްކަރީމް ވިދާޅުވީ ގެއްލުން ލިބުނު ގެތަކަށް ގިނަ ބަޔަކު އެހީ ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ރަށުގެ އާއްމު ހާލަތު ރަނގަޅު ކުރުމަށް ސާފުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ރަށު ތެރެއަށް ވެއްޓިފައިވާ ރުށްގަސްތަކާއި، އެހެނިހެން އާލަތްތައް ނެގުމުގެ މަސައްކަތުގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ވެސް އަބްދުއްކަރީމް ވިދާޅުވިއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖޭގެ އެކި ރަށްތަކަށް ގެއްލުން ލިބިގެންދާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މޫސުން ގޯސްވެ ބައެއް ރަށްތަކަށް ގެއްލުން ލިބުން

މޫސުން ގޯސްވެ ބައެއް ރަށްތަކަށް ގެއްލުން ލިބުން

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ހެނދުނު 9:45ން މެންދުރުފަހު 3:30 ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރިފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނި، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި އާއްމު ގޮތެއްގައި ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 5 ނުވަތަ 8 ފޫޓު ހުންނާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ، ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް