Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އެހީ ބަހާ މަރުކަޒަކަށް ދިން ހަމަލާގައި 12 މީހަކު ޝަހީދު ކޮށްލައިފި

އެ ހަމަލާގައި ޒަޚަމުވެފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު މިވަގުތު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2025 | ހޮނިހިރު 07:40
ޣައްޒާގައި އިންސާނީ އެހީ ބަހަމުން އަންނަ މަރުކަޒެއްގެ ކައިރީގައި އެއްވެ ތިބި މީހުން

ޣައްޒާގައި އިންސާނީ އެހީ ބަހަމުން އަންނަ މަރުކަޒެއްގެ ކައިރީގައި އެއްވެ ތިބި މީހުން

ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ މަރުކަޒަކަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާއެއްގައި 12 މީހަކު ޝަހީދު ކޮށްލައިފި އެވެ.

ޣައްޒާގެ ދެކުނުގައު ހުންނަ ރަފަހްގައި ކާބޯތަކެތި ބަހަމުން ދިޔަ މަރުކަޒަކަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާއެއްގައި މަދުވެގެން 12 މީހަކު ޝަހީދުވެފައިވާ ކަަމަށް ވަނީ ހާމަކޮށްފަ އެވެ. މީގެ އިތުރުން އެ ހަމަލާގައި އިތުރު ބަޔަކަށް ޒަޚަމުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އެ ހަމަލާގައި ޒަޚަމުވެފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު މިވަގުތު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. އިސްރާއީލް އިން މިހާތަނަށް އައިއިރު، އެ ހަމަލާތަކާ ގުޅިގެން އެއްވެސް ބަޔާނެއް ނެރެފައި ނުވެ އެވެ.

މިއަހަރުގެ މެއި މަހުން ފެށިގެން، ޣައްޒާގައި އިންސާނީ އެހީ އާއި ކާބޯ ތަކެތި ބަހަމުންދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާއި، އެ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 900 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

އިންސާނީ އެހީ އާއި، ކާބޯ ތަކެތި ބަހަމުން އަންނަ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލް ދިން ދެމުން އަންނަ މި ހަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ އިންތިހާ އަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެ ފަދަ ހަމަލާތައް ހުއްޓާލުމަށް ވެސް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ގޮވާލަމުންނެވެ.  

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު