Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާސްޕޯޓުގެ ޚިދުމަތް

ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ގާއިމްކޮށްފައިވާ ކަމަށް ބުނެ އޮޅުވާލަނީ

1 ޑިސެމްބަރު 2025 | ހޯމަ 12:41

ރައީސް މުއިއްޒުގެ ސަރުކާރުން ރަށްރަށުގައި ޕާސްޕޯޓު ހެދުން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރި ނަމަވެސް، އެއީ ކުރީ ސަރުކާރު ތަކުން ވެސް ދެމުން އައި ޚިދުމަތެކެވެ. ކުރިއެކޭ އެއްގޮތަށް މިހާރު ވެސް މާލެއިން ޕާސްޕޯޓު ޕްރިންޓް ކުރުމަށްފަހު އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވަނީ އެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޑިސެމްބަރު 2025 | ހޯމަ 12:41
އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ހޯދަނީ-

އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ހޯދަނީ-

ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާ ކަމުގެ ޝަކުވާއަކީ މިއަދު އާއްމު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. ނަމަވެސް މިޝަކުވާތަކަށް މާ ބޮޑު ފަރުވާލެއް އެމަނިކުފާނުގެ އިތުރުން މި ސަރުކާރުގެ ބޭފުޅުން ނުބަހައްޓަވަ އެވެ. ބައެއް ބޭފުޅުން އެކަމަށް ރައްދު ދެއްވައި ވިދާޅުވަނީ ނުފެންނަ ތަރައްގީ ގެނެސް ދެއްވަމުން ގެންދަވާ ވާހަކަ އެވެ. އައު ޚިދުމަތްތައް ތައާރަފްކޮށް ރައްޔިތުންނަށް ކަންކަން ލުއި ކޮށްދޭ ވާހަކަ ތަކެވެ.

މި ގޮތަށް ރައްޔިތުންނަށް މި ސަރުކާރުން ލުއި ކޮށްދިން ކަމަށް ބުނާ އެއް ޚިދުމަތަކީ ޕާސްޕޯޓު ހަދަން މާލެއަށް އަންނަން ނުޖެހި ރަށުގައި ހުރެގެން ޕާސްޕޯޓު ހެދޭނެ ހުރިހާ އިންތިޒާމެއް ހަމަ ޖެހިގެން ދިއުމެވެ. އަދި ރައީސް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ވެސް އެންމެ މުހިންމު އެއް އެޖެންޑާ އަކީ ވެސް ބައެއް ރަށްތަކުގައި ޕާސްޕޯޓު ޚިދުމަތް ފެށިގެން ދިއުމާއި، އެކަން އިފްތިތާހު ކުރުމެވެ.

ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ފެށި ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫނެވެ. މާލެ ފިޔަވައި އެއްވެސް ރަށެއްގައި ޕާސްޕޯޓު ޕްރިންޓެއް ނުކުރެވެ އެވެ.

އެއީ ކުރުން ވެސް އެހައި ރަނގަޅު ކަމެއް ނޫނެވެ. ކޮންމެ ކޮންމެ ބަޔަކަށް އެ ޚިދުމަތް ދިނުމަށް ހަވާލު ކުރުމަކީ ވެސް ގައުމަށް އޮތް ނުރައްކާތެރި ކަމެކެވެ. މިހާރު ވެސް ގައުމުތަކުގައި ފޯޖު ކޮށްގެން ޕާސްޕޯޓު ހައްދާއިރު، ރާއްޖެ ފަދަ ގައުމެއްގައި މިގޮތަށް މިކަން ކޮށްފިނަމަ ގައުމު ހުށަހެޅިގެން އެ ދަނީ ވަރަށް ބޮޑު ނުރައްކަލަކަށެވެ. ޕާސްޕޯޓު ހެއްދުމަކީ އާދައިގެ މަސައްކަތެއް ނޫން ކަމަށްވާއިރު، ޕާސްޕޯޓު ޕްރިންޓުކުރާ މަރުކަޒަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ވަކި ގޮތަކަށް ހުންނަންޖެހޭ ތަނަކަށް ވާން ޖެހެ އެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ވައުދުފުޅަކަށް ވާތީ، ބައެއް ރަށްރަށުގައި ކައުންސިލްތަކުން ވަނީ ސަރުކާރުން އަންގައިގެން ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ޚާއްސަ ތަނެއް އިމާރާތްކޮށް، ބައެއް ސާމާނު ހޯދާފަ އެވެ. އަދި މިއީ މި ސަރުކާރުން ކުރި ވަރަށް ބޭކާރު ހަރަދެއް ކަމަށް އެ ރަށްރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

މި ސަރުކާރުން މިފަދަ ބޭކާރު އެތައް ހަރަދެއް ކުރަމުންދާއިރު، ޕާސްޕޯޓު ހެއްދުން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު 16 ނޮވެމްބަރު 2024 ގައި ފަށައި، 7 އޮކްޓޫބަރު 2025 ގައި ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށް ދިނުމާއި، ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ތަންފީޒުކޮށް ނިމުން ފާހަގަ ކޮށްފައިވެ އެވެ. އަދި އދ. މަހިބަދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒަށް ހަނދާނީ ފިލައެއް ވެސް ވަނީ އަރުއްވާފަ އެވެ. މި ހަނދާނީ ފިލާ ހަވާލު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

ވަރަށް ބޮޑު މަޝްރޫއެއްގެ ގޮތުގައި މި ސަރުކާރުން މިކަން ފާހަގަ ކުރަމުން ދިޔަ ނަމަވެސް މީގެ ކުރިން ވެސް ރަށްރަށުގައި ތިބެގެން ޕާސްޕޯޓަށް ހުށަހެޅެ އެވެ. އަދި ރަށްރަށުގެ އޮފީސް މެދުވެރިކޮށް ޕާސްޕޯޓު ލިބޭ ގޮތަށް އިންތިޒާމްތައް ވަނީ ހަމަ ޖައްސާފަ އެވެ. މިއީ އަލަށް ރައްޔިތުންނަށް ލިބިގެން އުޅޭ ޚިދުމަތެއް ނޫނެ އެވެ. މީގެ ކުރިން ވެސް ރައްޔިތުން އެ ޚިދުމަތް ހޯދުމަށް މަސައްކަތް ކުރި ގޮތަށް މިއަދު ވެސް މަސައްކަތް ކުރަން ޖެހެ އެވެ.

ތަފާތަކީ ކުރީ ސަރުކާރުތަކުގައި މި ޚިދުމަތް ދިން ނަމަވެސް ބޮޑު މަޝްރޫއެއްގެ ގޮތުގައި ފާހަގަ ނުކުރާތީ އެވެ.

ޑރ. މުހައްމަދު މުއިއްޒުޕާސްޕޯޓު ޚިދުމަތްގައުމީ ތަރައްގީއަލީ އިހުސާން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް