Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް އަށް ނާރުގެ އާލާސްކަންފުޅެއް ޖެހިފައިވާ ކަމަށް ވައިޓް ހައުސް އިން އެއްބަސް ވެއްޖެ

18 ޖުލައި 2025 | ހުކުރު 10:22

79 އަހަރުގެ ޓްރަމްޕް ވަނީ އޭނާގެ ދުޅަހެޔޮ ޞިއްޙަތާ ބެހޭ ގިނަގުނަ ވާހަކަތަކެއް ދައްކަވާފައެވެ. އެ ގޮތުން އެއްފަހަރު އޭނާ އަމިއްލަފުޅަށް ސިފަކުރައްވަމުން ވިދާޅުވީ އޭނާ އަކީ "މިހާތަނަށް އެމެރިކާ ދުށް އެންމެ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި ރައީސް" ކަމުގައި

ރާއްޖެ އެމްވީ | 18 ޖުލައި 2025 | ހުކުރު 10:22
ޓްރަމްޕް އަށް ނާރުގެ އާލާސްކަންފުޅެއް ޖެހިފައިވާ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފައި

ޓްރަމްޕް އަށް ނާރުގެ އާލާސްކަންފުޅެއް ޖެހިފައިވާ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ނާރުގެ އާލާސްކަންފުޅެއް ޖެހިފައިވާ ކަމަށް ވައިޓް ހައުސް އިން އެއްބަސް ވެއްޖެ އެވެ.

ވައިޓް ހައުސް އިން މިކަން ހާމަ ކޮށްފައި ވަނީ އޭނާގެ އަތްތިލައިގެ ބޭރުފުށުގެ ހަންގަނޑުގައި މައްސަލަ އެއް ހުރި ކަމުގެ ނިޝާންތަކެއް ފެންނަ ފޮޓޯ ތަކެއް އާންމުވުމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަނީ ނާރުތަކުގެ ދާއިމީ އާލާސްކަންފުޅެއް ޖެހިފައި ކަމަށް ބުރާސްފަތި ދުވަހު ވައިޓް ހައުސް އިން ވަނީ ޔަގީން ކޮށްދީފައެވެ. މިކަން ވައިޓް ހައުސް އިން ހާމަ ކުރި އިރު، ފާއިތުވި ދުވަސްތަކުގައި ރައީސްގެ އަތްތިލައިގެ ބޭރު ފަރާތުގައި ލޭ ގަނޑުވުމުގެ ނިޝާންތަކެއް ފެންނަން ހުރި ފޮޓޯތަކަކާ ގުޅިގެން ގިނަ ބަޔަކު ދިޔައީ އެކަމާ ބެހޭ ގޮތުން އެކި ވާހަކަތައް ދައްކަމުންނެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ބުނެފައިވާ ގޮތުގައި ފަހަކަށް އައިސް ޓްރަމްޕްގެ ފައިންޕުޅު ދުޅަވުމުގެ އަލާމާތްތަކެއް ފެނުމާ ގުޅިގެން ޓްރަމްޕް ވަނީ ނަރުތަކާ ގުޅޭ ޓެސްޓުތައް ހިމެނޭ "ފުރިހަމަ މެޑިކަލް ޗެކަޕެއް" ހައްދަވާފައެވެ.

ލެވިޓް ބުނެފައިވާ ގޮތުގައި ޓްރަމްޕްގެ އަތްތިލައިގައި ފެންނަ ލޭގަނޑުވުމުގެ ނިޝާންތަކަކީ ގަވައިދުން އެސްޕިރިން ބޭނުންކުރައްވަމުން ގެންދަވަނިކޮށް "ގިނައިން ސަލާން ކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުން ހަންގަނޑަށް ލިބިފައިވާ ގެއްލުންތަކެއް" ކަމަށެވެ. އަދި އެސްޕިރިން ބޭނުން ކުރައްވަނީ "ހިތުގެ ބަލިތަކުން ރައްކާތެރި ވުމަށް ޢާންމުކޮށް ބޭނުންކުރާ ފަރުވާއެއްގެ ގޮތުން" ކަމަށް އޭނާ ބުނެފައިވެއެވެ.

79 އަހަރުގެ ޓްރަމްޕް ވަނީ އޭނާގެ ދުޅަހެޔޮ ޞިއްޙަތާ ބެހޭ ގިނަގުނަ ވާހަކަތަކެއް ދައްކަވާފައެވެ. އެ ގޮތުން އެއްފަހަރު އޭނާ އަމިއްލަފުޅަށް ސިފަ ކުރައްވަމުން ވިދާޅުވީ އޭނާ އަކީ "މިހާތަނަށް އެމެރިކާ ދުށް އެންމެ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި ރައީސް" ކަމުގައެވެ.

ރައީސް އަށް ޖެހިފައިވާ ނާރުތަކުގެ ބަލީގެ ނަމަކީ "ކްރޯނިކް ވީނަސް އިންސަފިޝަންސީ" އެވެ. މި ބައްޔަކީ ފައިގެ ނާރުތަކުން ހިތައް ލޭ ފޮނުވުމުގައި މައްސަލަ ޖެހުމުގެ ސަބަބުން ފައިގެ ތިރީކޮޅުގައި ލޭ ޖަމާވެ، ފައި ދުޅަވާ ބައްޔެކެވެ.

ކްރޯނިކް ވީނަސް އިންސަފިޝަންސީ އަކީ ސިއްހީ މާހިރުން ބުނާ ގޮތުގައި ނާރުތަކާއި ވޭލްވްތައް މަސައްކަތް ނުކުރުމުގެ ސަބަބުން ފައިގެ ތިރިއަށް ލޭ ޖަމާވާ ގޮތް މެދުވެރިވުމެވެ.

ލެވިޓް ބުނެފައިވާ ގޮތުގައި، ޓްރަމްޕް ހެއްދެވި ޓެސްޓް ތަކުން "ލޭ ގަނޑުވުމުގެ ނުވަތަ ނާރުތަކުގެ ބައްޔެއްގެ އެއްވެސް ނިޝާނެއް" ފެނިފައެއް ނުވެއެވެ. އަދި ޓެސްޓުތަކުގެ ހުރިހާ ނަތީޖާ ތަކެއް ވެސް ހުރީ "ޢާންމު މިންގަނޑުތަކުގެ ތެރޭގައި" ކަމަށް އޭނާ ބުނެފައިވެއެވެ.

ނޫސްވެރިންނާ ހިއްސާ ކުރެވުނު ވައިޓް ހައުސްގެ ޑޮކްޓަރު ޝޯން ބާބަބެއްލާގެ ނޯޓެއްގައި ބުނެފައިވާ ގޮތުގައި މި ބައްޔަކީ "ނުރައްކާތެރި ނޫން އަދި ޢާންމު" ބައްޔެކެވެ. ޚާއްޞަކޮށް 70 އަހަރުން މަތީގެ މީހުންގެ މެދުގައި މި ބަލި އާންމު ކަމަށް އޭނާ ބުނެފައިވެއެވެ.

އިތުރު ޓެސްޓުތަކުން ދައްކާ ގޮތުގައި ޓްރަމްޕްގެ "ހިތުގެ މައްސަލައެއް، ކުޑަކަމުދާ ނިޒާމުގެ މައްސަލައެއް، ނުވަތަ މުޅި ހަށިގަނޑަށް ބައްޔެއް ފެތުރިފައިވާ ކަމުގެ އެއްވެސް ނިޝާނެއް" ފެނިފައެއް ނުވެއެވެ. މިކަން ބާބަބެއްލާ އޭނާގެ ނޯޓުގައި ބަޔާން ކޮށްފައި ވެއެވެ.

ޖުމްލަ ގޮތެއްގައި، ޓްރަމްޕް ހުންނެވީ "ވަރަށް ރަނގަޅު ޞިއްޙަތެއްގައި" ކަމަށް ޑޮކްޓަރު ލިޔެފައިވެއެވެ.

ޖުލައި 13 ވަނަ ދުވަހު ނިއު ޖާރސީ ގައި ބޭއްވުނު ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ޓްރަމްޕްގެ ފައިންޕުޅު ދުޅަވެވެފައިވާ ތަން ނަގާފައިވާ ފޮޓޯތަކުން ފާހަގަ ވެއެވެ. އަދި މި ހަފްތާގެ ކުރީކޮޅު ވައިޓް ހައުސް ގައި ބަޙްރެއިންގެ ބޮޑުވަޒީރު ސަލްމާން ބިން ޙަމަދު ބިން ޢީސާ އާލް ޚަލީފާ އާ ޓްރަމްޕް ބައްދަލު ކުރެއްވި އިރު ނެގުނު ފޮޓޯތަކުގައި ޓްރަމްޕްގެ އަތްތިލައިގައި ހަމުގެ މައްސަލަ އެއް ހުރި ކަމުގެ ނިޝާންތަކެއް ފެންނަން ހުއްޓެވެ.

މީގެ ކުރިން ފެބްރުއަރީ މަހު ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އާ ބައްދަލު ކުރެއްވި އިރު ނެގުނު ފޮޓޯއެއްގައިވެސް ރައީސްގެ އަތްޕުޅުގައި ހަމުގެ މައްސަލަ ހުރި ކަމުގެ ނިޝާނެއް ފެންނަން ހުއްޓެވެ.

ޓްރަމްޕް ގެ ފައިންޕުޅު ދުޅަވެފައިވާ ތަނާއި ލޭ ގަނޑުވުމުގެ ނިޝާންތައް ފެނުމާ ގުޅިގެން އިންޓަރނެޓް ގައި ގިނަގުނަ ޝައްކުތަކާއި ވަހުމު ތައް ފެތުރިފައިވެއެވެ. އަދި ރައީސް އަށް ވަނީ ޢާންމުކޮށް ހާމަކޮށްފައި ނުވާ އާލާސްކަންފުޅެއް ޖެހިފައި ކަމަށް ބައެއް މީހުން ލަފާކޮށްފައިއެވެ.

އޭޕްރީލް މަހު ހެދި އަހަރީ މެޑިކަލް ޗެކަޕަކަށްފަހު، ވައިޓްހައުސް ގެ ޑޮކްޓަރު ލިޔެފައިވަނީ ޓްރަމްޕް "ވިސްނުމުގެ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި" ހުންނެވި ކަމަށެވެ.

ޓްރަމްޕް ދެވަނަ ދައުރަށް ހުވާކުރެއްވީ ޖެނުއަރީ މަހު އޭނާގެ އުމުރުން 78 އަހަރާއި 7 މަސް ވެފައިވަނިކޮށެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ މަޤާމަށް ހުވާކުރެއްވި އެންމެ ދޮށީ އުމުރުގެ ރައީސެވެ.

ޑޮނަލްޑް ޓްރަމްޕްވައިޓް ހައުސްކްރޯނިކް ވީނަސް އިންސަފިޝަންސީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް