Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޖީއެމްއެޗްގެ އިހުމާލު

އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަނީ

ހިޖުރީ އައު އަހަރާ ދިމާވެ، ސަރުކާރު ބަންދުވެފައިވާތީ އެކުއްޖާގެ ސްކޭންތައް ވެސް ހަދާފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ޖޫން 2025 | އާދީއްތަ 08:51
އައިޖީއެމްއެޗް

އައިޖީއެމްއެޗް

ސަރުކާރުގައި މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފިއެވެ.

ޔޫނުސް ހުސައިން އަބްދުﷲ ނަމަކަށް ކިޔާ މި ތުއްތު ފިރިހެން ކުއްޖާ މަރުވީ އައިޖީއެމްއެޗްގެ އިހުމާލުން ކަމަށް އެއާއިލާއިން ބުނެފައިވެއެވެ. މި ކުއްޖާއަށް ފަރުވާ ދިނުމުގައި އައިޖީއެމްއެޗް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެ، އެކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

އާއިލާއިން ބުނީ، ޔޫނުސް އަކީ ސިއްހަތު ރަނގަޅު ކުއްޖެއް ކަމަށާއި، ސިއްހީ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް މީގެ ދެ ހަފުތާކުރިން ޔޫނުސްގެ އުޅުމަށް ބަދަލު އައިސް، ހޮޑުލާތީ، ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދެއްކުމުން ވެސް ހޮސްޕިޓަލުން ބޭސް ދީފައި ފޮނުވާލީ ކަމަށް ބުނެފައިވެއެވެ. އަދި ތިން ވަނަ ފަހަރަށް 20 ޖޫން ގައި ޑޮކްޓަރަށް ދެއްކުމަށް ދިއުމުން އެޑްމިޓްކޮށް އައިވީ ގުޅި ކަމަށެވެ.

އޭގެފަހުން 21 ޖޫން ގައި ޔޫނުސްގެ ހަށިގަނޑު ދުޅަވެ ފުފެން ފެށި ކަމަށާއި، ޔޫނުސް ދުޅަވަނީ ލިވާގައި ހުންނަންޖެހޭ އެންޒައިމެން މަތިވެފައި ހުރުމުން ކަމަށް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. މި ދުޅައާއި ފުފުން މަޑުކުރުމަށް ހޮސްޕިޓަލުން އިންޖެކްޝަނެއް ދިން ކަމަށާއި، އޭގެފަހުން ދުޅަތިރިވި ކަމަށެވެ. ނަމަވެސް އެކުއްޖާގެ ބަނޑު ހުރީ ވަރަށް ބޮޑަށް ފުއްޕާފައި ކަމަށް އާއިލާއިން ބުނެއެވެ.

ހޮސްޕިޓަލުގައި ފަސް ދުވަސް ވީއިރު ވެސް ކުއްޖާގެ ހާލަތަށް މާބޮޑު ކުރިއެރުމެއް ނުލިބޭތީ އާއިލާގެ އެދުމުގެ މަތިން ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކިއެވެ. އެޑޮކްޓަރު ލަފާ ދެއްވީ ލިވަރ ވަރަށް ބޮޑަށް ހަލާކުވާތީ ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. އަދި ރާއްޖެއިން ބޭރަށް ފުރެންދެން އައިސީޔޫގައި ފަރުވާ ދިނުމަށް އެޑޮކްޓަރު އެދުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށާއި، ޔޫނުސް އައިސީޔޫއަށް ނުލެވުނީ އެ ހޮސްޕިޓަލުގެ އައިސީޔޫ ފުރިފައި ވުމުންކަން ނަރުހުންގެ ފަރާތުން އެނގިފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

މީގެ އިތުރުން ހިޖުރީ އައު އަހަރާ ދިމާވެ، ސަރުކާރު ބަންދުވެފައިވާތީ އެކުއްޖާގެ ސްކޭންތައް ވެސް ހަދާފައިނުވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ. އަދި ރާއްޖެއިން ބޭރަށް ފުރުން ލަސްވިއިރު، އާސަންދަ ހަމަޖެހި ފުރޭނެ ކަމަށް އެންގީ އެކުއްޖާ މަރުވެ ގާތްގަނޑަކަށް 10 މިނިޓް ފަހުން ކަމަށް ވެސް އާއިލާއިން ބުނެއެވެ.

އާއިލާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް އައިޖީއެމްއެޗަށް ކޮށްފައިވާތީ، އެ މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ހެލްތް މިނިސްޓްރީން ބުނީ، މި މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ތަހުގީގު ކުރުމަށްފަހު، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގެ އިހުމާލުން ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް މީގެ ކުރިން ވެސް އާއިލާތަކުން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ނިންމާ ނިންމުންތަކާއި ކުރާ ތަހުގީގުތައް ހެލްތް މިނިސްޓްރީން އާއްމެއް ނުކުރެއެވެ. އަދި އަޅާ ފިޔަވަޅެއް ނޭނގެއެވެ. އަދި ޚާއްސަކޮށް އައިޖީއެމްއެޗަށް ގިނަ ތުހުމަތުތައް ކުރެވޭއިރު، ސަރުކާރު ބަންދުވުމާ ގުޅިގެން ސިއްހީ ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

އައިޖީއެމްއެޗްޔޫނުސް ހުސައިން އަބްދުﷲޞިއްޙީ ޚިދުމަތްހެލްތު މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

މޫނަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަަބަބުން ހާޓް އެޓޭކެއް ޖެހުނު ރަސްލާން، ހޮސްޕިޓަލުން ދޫކޮށްލައިފި

11 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު