Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޮލުގެ ސިއްޙަތު

އައިކެއަރގެ ސްޓޫޑެންޓް އާޓް ކޮމްޕެޓިޝަނަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އައިކެއާގެ ސްޓޫޑެންޓް އާޓް ކޮމްޕެޓިޝަނަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު 10 އޮކްޓޯބަރ 2025 އަށް އިތުރުކޮށްފި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 8 އޮކްޓޯބަރު 2025 | ބުދަ 11:38
އައިކެއާ އިން ކުރިޔަށްގެންދާ ކުރެހުމުގެ މުބާރާތާގުޅޭ ޕޯސްޓަރެއް

އައިކެއާ އިން ކުރިޔަށްގެންދާ ކުރެހުމުގެ މުބާރާތާގުޅޭ ޕޯސްޓަރެއް

މި އަހަރުގެ ވާރލްޑް ސައިޓް ޑޭ ފާހަގަކުރުމުގެ ގޮތުން އައިކެއާއިން ކުރިއަށްގެންދާ ސްޓޫޑެންޓް އާރޓް ކޮމްޕެޓިޝަނަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެގޮތުން މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ސުންގަޑި ވަނީ 10 އޮކްޓޯބަރ 2025 ވާ ހުކުރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އުމުރުން 11 އަހަރާއި 15 އަހަރާ ދެމެދުގެ ދަރިވަރުންނަށް ހުޅުވާލާފައިވާ މި މުބާރާތަކީ، ދިރިއުޅުމާއި މުޖުތަމައުގެ ތަސައްވުރާއި ލޮލުގެ ސިއްހަތުގެ މުހިންމުކަން ހާމަކޮށްދިނުމަށް ބާއްވާ މުބާރާތެކެވެ.

Advertisement - newsAdvertisement

މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް ދެ ތީމަކުން އެއް ތީމެއް ޚިޔާރުކުރެވޭނެއެވެ. އެއީ އަމިއްލަ ލޮލުގެ ދުޅަހެޔޮކަމަށް ލޯބިކުރުމުގެ ތީމާއި، ލޮލުގެ ދުޅަހެޔޮކަމަށް ކުރާ މަސައްކަތުގައި ފަރުދުންނާއި މުޖުތަމައު އިސްކުރުމުގެ މުހިންމުކަން ރަމްޒުކޮށްދޭ ތީމެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން އޭ4 ސައިޒުގެ ކެންވަސް ނުވަތަ ކަރުދާހުގައި، އަތުން ކުރަހައި ނުވަތަ ކުލަޖަހައިގެން ތައްޔާރުކުރާ އާޓްވާރކް ހުށަހެޅިދާނެއެވެ. ނަމަވެސް ޑިޖިޓަލް އާޓްވާރކް ބަލައެއް ނުގަނެވޭނެއެވެ. މާލޭގައި ދިރިއުޅޭ ބައިވެރިން އޯކިޑް މަގުގައި ހުންނަ އައިކެއަރ މައި ބިލްޑިންގއަށް އަސްލު އާޓްވާރކް ހުށަހެޅޭނެއެވެ. އަތޮޅުތެރޭގެ ބައިވެރިންނަށް އާޓްވާރކްގެ ސާފު ފޮޓޯ ސްކޭންކޮށް އީމެއިލް މެދުވެރިކޮށް ނުވަތަ އެންމެ ކައިރީގައި ހުންނަ އައިކެއަރ ފިހާރައަކަށް ހުށަހެޅިދާނެއެވެ.

އައިކެއަރ އިން ބުނީ ހުރިހާ ހުށަހެޅުމެއްގައި ވެސް، ބައިވެރިޔާގެ ފުރިހަމަ ނަމާއި، އުމުރާއި، އައިޑީކާޑު ކޮޕީއާއި ސްކޫލް ނަމާއި ގްރޭޑާއި، ބެލެނިވެރިޔާއަށް ގުޅޭނެ ނަންބަރާއި އީމެއިލް އަދި ކުރެހި ތީމް ލިޔެފައި އޮންނަން ވާނެ ކަމަށެވެ.

މުބާރާތް ކުރިއަށްދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި އޮންލައިން ވޯޓިންގ މެދުވެރިކޮށް އާންމުންނަށް ވޯޓުލުމުގެ ފުރުސަތު ދެވޭނެއެވެ. އެންމެ ގިނަ ވޯޓު ލިބޭ އާޓްވޯކްތައް ފައިނަލް އެގްޒިބިޝަނަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ދެވަނަ ބުރުގައި މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ ވާރލްޑް ސައިޓް ޑޭ އިވެންޓުގައި މައުރަޒެއް ބޭއްވޭނެއެވެ.

މުބާރާތުގެ އެއްވަނައަށް 5,000 ރުފިޔާ، ދެވަނައަށް 3,000 ރުފިޔާ އަދި ތިންވަނައަށް 2,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ދެވޭނެއެވެ.

އައިކެއަރ އިން ބުނީ މި މުބާރާތުގެ ތެރެއިން ކުޑަކުދިންނަށް، ލޮލުގެ ސިއްހަތާ މެދު ފުންކޮށް ވިސްނައި، އުފެއްދުންތެރިކަން ފާޅުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމުގައެވެ.

އައިކެއާވޯލްޑް ސައިޓް ޑޭލޮލުގެ ސިއްޙަތު

އިތުރަށް ކިޔާލަން

18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
06 ޖޫން 2019

ޕިކްނިކް އައިލެންޑްގެ ކުރެހުން ވަނީ ނިމިފައި: ޕްލޭނިންގ މިނިސްޓްރީ

06 ޖޫން 2019
ޕިކްނިކް އައިލެންޑްގެ ކުރެހުން ވަނީ ނިމިފައި: ޕްލޭނިންގ މިނިސްޓްރީ
01 މެއި 2019

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 4 އަށް އިތުރު ކޮށްފި

01 މެއި 2019
ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 4 އަށް އިތުރު ކޮށްފި
19 އެޕްރީލު 2019

ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ހިންގާ ކޮމެޓީއަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކޮށްފި

19 އެޕްރީލު 2019
ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ހިންގާ ކޮމެޓީއަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކޮށްފި
13 އެޕްރީލު 2019

ކުރެހުންތެރިޔާ ޒުލައިހާ އަލީގެ ''އަ ވަލްނިރަބަލް ބިއުޓީ: މޯލްޑިވްސް'' މައުރަޒު ހުޅުވައިފި

13 އެޕްރީލު 2019
ކުރެހުންތެރިޔާ ޒުލައިހާ އަލީގެ ''އަ ވަލްނިރަބަލް ބިއުޓީ: މޯލްޑިވްސް'' މައުރަޒު ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު