Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ޓްރަމްޕް ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވަނީ

އެ ބައްދަލުވުމުގައި އިސްރާއީލް އިން ޣައްޒާގައި ހިންގަމުންއ އަންނަ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖުލައި 2025 | ބުދަ 08:06
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާރަށް އަރައި ވަޑައިގެންނެވުމުގެ ކުރިން އަތުން އިޝާރާތް ކުރައްވައި ސަލާމް ކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާރަށް އަރައި ވަޑައިގެންނެވުމުގެ ކުރިން އަތުން އިޝާރާތް ކުރައްވައި ސަލާމް ކުރަނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޤަތަރުގެ ބޮޑު ވަޒީރު މުޙައްމަދު ބިން ޢަބްދުއް ރަޙްމާން ބިން ޖާސިމް އަލް ޘާނީއާ ބައްދަލު ކުރައްވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

އެކްސިއޯސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕް ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވާނެ އެވެ. އަދި އެ ބައްދަލުވުމުގައި އިސްރާއީލް އިން ޣައްޒާގައި ހިންގަމުންއ އަންނަ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން ވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. ޓްރަމްޕްގެ ފަރާތުން ހުށަހަޅުއްވާފައިވާ އެ ހުށަހެޅުމުގައި ވަނީ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ މެދު ކަނޑާލުމަށެވެ. އެ ހުށަހެޅުމާ ގުޅޭ ގޮތުން އިސްރާއީލް އާއި ހަމާސްއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަނީ ޤަތަރު އިންނެވެ. 

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރަމުން އަންނަނީ ޤަތަރުގެ ވެރި ރަށް ދޯހާގައި އެވެ. އެ މަޝްވަރާތައް ފެށިގެން ކުރިއަށް ދިޔަ ނަމަވެސް، މަޝްވަރާތަކަށް ކޮންމެ ވެސް ވަރެއްގެ މަޑު ޖެހުމެއް އައިސްފައި ވަނީ އިސްރާއީލް އިން ޣައްޒާގައި ތިބި އެ ޤައުމުގެ ސިފައިން ބާލަން އެއްބަސް ނުވާތީ އެވެ. 

މީގެ އިތުރުން ޓްރަމްޕް އާއި ޤަތަރުގެ ބޮޑު ވަޒީރުގެ އެ ބައްދަލުވުމުގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދަމުން އަންނަ ނިއުކްލިއާ މަޝްވަރާތަކުގައި އެއްބަސްވުމަކަށް ވާސިލުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން އެ ބައްދަލުވުމަކީ ސަރަހައްްދީ އަމާންކަން ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މުހިންމު ބައްދަލުވުމަކަށް ވާނެ ކަަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެ ބައްދަަލުވުމުގެ ސަބަބުން، ޣައްޒާ ހަނގުރާމަ ހުއްޓުމަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުންމީދު އޮތް ކަމަަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

ޓްރަމްްޕް ޤަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވާއިރު، މިދިޔަ މެއި މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ޤަތަރަށް ވަޑައިގެންފަ އެވެ. އެއީ ޤަލްފުގެ ޤައުމުތަކަށް ޓްރަމްޕް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އެ ދަތުރުފުޅުގައި ޓްރަމްޕް ވަނީ ޤަތަރުގެ އިތުރުން، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ވެސް ވަޑައިގެންފަ އެވެ.

ޑޮނަލްޑް ޓްރަމްޕްމުޙައްމަދު ބިން ޢަބްދުއް ރަޙްމާން ބިން ޖާސިމް އަލް ޘާނީޣައްޒާ ހަނގުރާމައިޒްރޭލްހަމާސްއީރާންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު