Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިޔާ ސްކީމް

އެތައް ބަޔަކު ފްލެޓުން މަހުރޫމު ކޮށް، އުސޫލާ ޚިލާފަށް ގެދޮރުވެރިޔާ ސްކީމުން، ދެމަފިރިންނަށް ދެ ފްލެޓް ލިބޭ ގޮތް ހަދަން ގުރުއަތު ނެގުން ބާއްވައިފި

މި ސްކީމަށް ދެމަފިރިން ވަކިން ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވެ، ދެމަރިންނަށް ވެސް ފުލެޓް ލިބޭވަރަށް މާކްސް ލިބިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއް ފަރާތަކަށް

ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2025 | ބުދަ 12:52
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ޓަވަރެއް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ޓަވަރެއް

އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ބައެއް ފަރާތްތަކަށް ލިބުނު ފުލެޓު އަތުލުމަށް ފަހު، ކުރިން ކަނޑައަޅާ އިއުލާނު ކޮށްފައިވާ އުސޫލާ ޚިލާފަށް ބަޔަކަށް ފްލެޓް ދޫކުރަން ގުރުއަތު ނެގުން ބާއްވައިފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވާ މިންވަރަށް ވުރެ މަތިން މާކްްސް ލިބިފައިވާ ފަރާތްތަކެއް ގުރުއަތުގައި ބައިވެރި ނުކޮށް ހުރިކަން ފާހަގަ ކުރެވޭ ކަމަށް ބުނެ ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ކުރިން ކަނޑައަޅާފައިވާ އުސޫލާ މުޅިން ޚިލާފަށް ބަޔަކަށް ފުލެޓް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

އެމްޑީޕީ އިން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ސާފު ކޮށްދިނުމަށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކަން އެ ގޮތައް ކުރަނީ "ރައްޔިތުންނަށް އޮޅޭ ގޮތައް މައުލޫމާތު ފަތުރައި، ފުލެޓް ލިބުނު ފަރާތްތަކުގެ ހައްގުތައް ނިގުޅައިގަތުމަށް،" ކަމުގައެވެ.

އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ސާފު ކޮށްދީފައިވާ ގޮތުގައި، މި ސްކީމަށް ދެމަފިރިން ވަކިން ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވެ، ދެމަރިންނަށް ވެސް ފުލެޓް ލިބޭވަރަށް މާކްސް ލިބިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއް ފަރާތަކަށް އެއް ފްލެޓް ކަމަށް 15 ނޮވެމްބަރު 2023 ގައި ކޮށްފައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮށްފައިވާ ކަމުގައެވެ.

އެމްޑީޕީ އިން ބުނެފައި ވަނީ އެ އުސޫލުގެ މަތިން، ދެމަފިރިންނަށް އެއް ފުލެޓް ދިނުމަށްޓަކައި އެ ފަރާތުން ފުލެޓް ލިބޭ ފަރާތެއް ކަނޑައެޅުމަށް ޓަކައި ދެ ކޮޓަރީގެ ފުލެޓާއި ތިން ކޮޓަރީގެ ފްލެޓް ވާނީ ރިޒާވް ކޮށްފައި ކަމަށެވެ.

އޭގެ އިތުރުން އެމްޑީޕީ އިން ބުނެފައިވަނީ ދެމަފިރިން ވެސް 3 ކޮޓަރީގެ ފްލެޓަށް ނުވަތަ 2 ކޮޓަރީގެ ފްލެޓަށް ވަކިން ފޯމު ހުށަހަޅައިގެން ޝަރުތު ހަމަވެ ފްލެޓް ލިބުމަށް ހޮވިފައިވާ ނަމަ އެ ދެމަފިރިންނަށް އެއް ފްލެޓް ނުވަތަ ދެމަރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް އެއް ފްލެޓް ދިނުމަށްޓަކައި ގުރުއަތު ނެގި އިރު ދެމަފިރިންގެ ތެރެއިން ފޯމު ތަރުތީބުން އެއް ފަރާތް ހިމަނައި، އެ ދެފަރާތައް ލިބޭނެ ފްލެޓް ކަނޑައަޅާފައިވާނެ ކަމަށެވެ. އެއީ ދެ ފަރާތައް ނުވަތަ ދެ ފަރާތުން ކަނޑައަޅާ އެއް ފަރާތާ އެކު އެއްބަސްވުން ހެދުމަށް ކަނޑައަޅާފައިވާ ފްލެޓް ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މި ސަރުކާރުން ގެންދަނީ، މި އުސޫލާ ޚިލާފަށް، ފްލެޓް ދިނުމުގެ ގުރުއަތު ލުމުގެ ކަަންކަން ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީ އިން ބުނެފައިވަނީ، ދެމަފިރިންގެ ތެރެއިން ޕޯޓަލް ގައި ފްލެޓް އެސައިން ވެފައި ނުވާ ފަރާތަކީ ގުރުއަތުގައި ބައިވެރިކޮށްފައި ނުވާ، އަދި ފްލެޓުން މަހުރޫމު ކޮށްފައިވާ ފަރާތްތައް ކަމަށް ބުނެ އަލުން އެމީހުންނަށް ފްލެޓް ދިނުމަށްޓަކައި ގުރުއަތުލުން ކުރި އަށް ގެންދިއުމަކީ ނޭނގި ނަމަވެސް ގެދޮރުވެރިޔާ ސްކީމުން ދެމަފިރިންނަށް ދެ ފްލެޓް ދިނުމަށް ކުރާ ކަމެއް ކަމަށެވެ.

މި ސަރުކާރުގެ ހައުސިންގ މިނިސްޓްރީން މި ފަރާތްތަކަށް ފްލެޓް ދިނުމަށް ގުރުއަތުލުން ވަނީ ބުދަ ދުވަހު އެ މިނިސްޓްރީގައި ކުރިއަށް ގެންގޮސްފައެވެ.

މިކަމާ ބެހޭ ގޮތުން މި ސަރުކާރުގެ ހައުސިންގ މިނިސްޓްރީން ކުރި އިއުލާނުގައި، މި ގުރުއަތުގައި ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތުގައި ދެމަރިފިންގެ ތެރެއިން އެއް ފަރާތުން ފްލެޓް ދޫކޮށްލުމަށް ފަހު ފްލެޓް ލިބޭ ފަރާތާއި ގުރުއަތު ނަގާފައި ނުވާ ފަރާތް ވެސް ހިމެނޭނެ ކަމަށް ސާފު ކޮށް ވަނީ ބުނެފައެވެ.

ހައުސިންގ މިނިސްޓްރީން ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައި ވަނީ 16 ނޮވެމްބަރު 2023 ގައި އޮތް ގުރުއަތު ނެގުމުގައި ފްލެޓް ލިބުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން 73 ން ފެށިގެން މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާ ފަރާތްތަކާއި 76ށް ވުރެ މަތިން މާކްސް ލިބިގެން 3 ކޮޓަރީގެ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާ ފަރާތްތަކުގެ މެދުގައި ކަމަށް އެ މިނިސްޓްރީން މިކަމާ ބެހޭ ގޮތުން އާންމު ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްމިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

14 ނޮވެމްބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

16 އޮކްޓޯބަރު 2025
ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

16 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު