Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ

މަހުޒޫމާއި، ޝިމަންއާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް ބައްދަލުކޮށްފި

ސިޔާސީ ގޮތުން ކުރާ ދައުވާތައް ފެނުމަކީ ހިތާމަހުރިކަމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 9 ޖުލައި 2025 | ބުދަ 17:40
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކޮށް ބޭއިންސާފުން ދައުވާ އުފުލުނު ⁦‪‬⁩މަހްޒޫމް އަދި ޝިމަންއާއި އެމްޑީޕީގެ ‬⁩ޗެއަރޕާސަން ⁦‪ފައްޔާޒް އިސްމާއިލް ބައްދަލުކުރެއްވުން. 9-07-2025

ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކޮށް ބޭއިންސާފުން ދައުވާ އުފުލުނު ⁦‪‬⁩މަހްޒޫމް އަދި ޝިމަންއާއި އެމްޑީޕީގެ ‬⁩ޗެއަރޕާސަން ⁦‪ފައްޔާޒް އިސްމާއިލް ބައްދަލުކުރެއްވުން. 9-07-2025

ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދޭން ގޮވާލައި ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި، އަބްދުﷲ މަހުޒޫމް މާޖިދާއި، އައިޝަތު ޝިމަން އަހުމަދާއި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ބައްދަލުކޮށްފި އެވެ.

ބުދަ ދުވަހު ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކޮށް ބޭއިންސާފުން ދައުވާ އުފުލުނު މަހްޒޫމާއި ޝިމަންއާއި ބައްދަލުކޮށްފައިވަނީ، އެދެމީހުންގެ މައްޗަށް އުފުލާފައިވާ މައްސަލައާ ބެހޭގޮތުން ވާހަކަދެއްވުމަށާއި އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ ޙައްޤު، ދިފާޢުކުރުމުގައި އެމްޑީޕީން ސާބިތުކަމާއެކު ދެމިތިބޭނެކަން ޔަޤީންކޮށްދިނުމެވެ.

Advertisement - newsAdvertisement

މި ދައުވާއަކީ ހިޔާލުފާޅުކުރުމަށް ހުރަސްއެޅުމަށާއި ޒުވާނުންނަށް ބިރުދެއްކުމަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ޗެއަރޕާސަން ފައްޔާޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މަހުޒޫމް އާއި ޝިމަންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވައި ފައްޔާޒު ވިދާޅުވީ ޒުވާނުންތަކެއް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިހުތިޖާޖުކުރުމުގެ ހައްގު ބޭނުންކުރުމުގެ ސަބަބުން ޖިނާއީ ނިޒާމުގެ ތެރެއަށް އަނިޔާވެރިކަމާއެކު ވައްޓައިލުމަކީ ތާކުންތާކުނުޖެހޭ މުޑުދާރު ކަމެއް ކަމަށެވެ.

ސިޔާސީ ގޮތުން ކުރާ ދައުވާތައް ފެނުމަކީ ހިތާމަހުރިކަމެއްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މި ދެ ޒުވާނުންނަށް ވެސް ކުރާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށާއި، ވަރަށް ލަދުވެތި ކަމަށެވެ. އަދި ވިދާޅުވީ މިއީ ސަރުކާރުން ޒުވާނުންގެ އަޑު ކަނޑުވާލުމަށް ކުރާ ދެރަ މަސައްކަތެއް ކަމަށެވެ.

ޔުމްނުގެ މައްސަލައިގައި ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން މަހުޒޫމާއި ޝިމަން ތިން ދުވަހަށް ހައްޔަރުކުރިއެވެ. އެމައްސަލައިގައި އެދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ، މިދިޔަ މަހުގެ 25ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އެއީ، ނަސޭހަތުގެ އެއްބަސްވުން ހަދަން އެދުމުން އެކަމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ޕީޖީން ބުނެއެވެ.

ނަމަވެސް ނަސޭހަތުގެ އެއްބަސްވުމެއްގެ ގޮތުގައި ހުށަހެޅީ އުފުލާފައިވާ ހުރިހާ ދައުވާތަކަށް އިއުތިރާފުވާން މަޖުބޫރު ކޮށްފައި އޮތް އިންޒާރުގެ އެއްބަސްވުމެއް ކަމަށް ޝިމަން ބުނެފައިވެއެވެ. އަދި މަހުޒޫމްގެ ގާނޫނީ ވަކީލު، ރައިޝާން ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުން ހުށަހެޅި އެއްބަސްވުމުގައި، ނުކުރާ ކުށަކަށް އެއްބަސްވުން ލާޒިމު ކޮށްފައި އޮތް ކަމަށެވެ.

މަހުޒޫމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. މަހުޒޫމްއަށް ފޮނުވި ދައުވާ ފޯމުގައި ވަނީ އޭނާގެ މައްޗަށްދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާ (ހ) ގެ 1 ވަނަ ނަންބަރާއި ހަވާލާދީ އެ މާއްދާ (ށ)ގެ 3 ވަނަ ނަންބަރުގެ ދަށުންނެވެ.

މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ 4 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ޝިމަންއަށް ފޮނުވި ފޯމުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ދައުވާ އުފުލަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ.

އެމާއްދާގައި ބުނަނީ މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކު، ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ޤަޞްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމެވެ. (2) ވަނަ ނަންބަރުގައި ބުނަނީ އެއީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްކަން ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފެއްކަން އޭނާއަށް އެނގުމެވެ.

މި ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެންމެ ބޮޑު އަދަބަކީ 1 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ޝިމަން އަދި މަހުޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ސުލްހަވެރިކަމާއި އެކު މުޒާހަރާކުރަމުން ދަނިކޮށް ފުލުހުން އެމީހުންނާއި ދިމާލަށް އައިސް ހަމަނުޖެހުން އުފައްދަން މަސައްކަތް އެހަމަނުޖެހުމުގެ ތެރޭގައެވެ.

ނަމަވެސް އެއްވެސް މަންޒަރަކުންވެސް މި ދެމީހުންވެސް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ނުކިޔަންމަންތެރިކަން ދެއްކި މަންޒަރެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މަހުޒޫމް ހައްޔަރަށް ގެންދިޔަ ވަގުތު ބިންމައްޗަށް ވައްޓާލާ ގަމީސްވެސް ވީދާލާ މަންޒަރު ފެނެއެވެ. ޝިމަން އަދި މަހުޒޫމް ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބަކާއި ނުލައިކަން މަންޒަރުތަކުން ފެނެ އެވެ. މަހުޒޫމްއަކީ ޔުމްނުއަށް އިންސާފު ހޯދުމަށް ކުރިއަށް މިގެންދާ ދުލެއް ނުކުރާނަން ހަރަކާތުގެ އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލެއް ވެސް މެއެވެ. އޭނާ ހައްޔަރަށް ގެންދިޔައީ ބިންމައްޗަށް ވައްޓާލުމަށްފަހު ބިޑި އަޅުވައިގެންނެއެވެ.

ޔުމްނު ރަޝީދުޢަބްދުﷲ މަޙްޒޫމް މާޖިދުޢާއިޝަތު ޝިމަން އަޙްމަދުފައްޔާޒް އިސްމާއިލްޒުވާނުންގެ މުޒާހަރާޖިނާއީ ދައުވާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފައްޔާޒް ގެ ހިދުމަތްތަކަށް އެމްޑީޕީ އިން ޝުކުރު ދަންނަވައިފި

ފައްޔާޒް ގެ ހިދުމަތްތަކަށް އެމްޑީޕީ އިން ޝުކުރު ދަންނަވައިފި

24 ނޮވެމްބަރު 2025
އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު

އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
ރައުދު ކުށަށް އިއުތިރާފް ވެއްޖެ

ރައުދު ކުށަށް އިއުތިރާފް ވެއްޖެ

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު