Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ފައްޔާޒް ގެ ހިދުމަތްތަކަށް އެމްޑީޕީ އިން ޝުކުރު ދަންނަވައިފި

24 ނޮވެމްބަރު 2025 | ހޯމަ 12:18

ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ދެވަނަ ސަރުކާރުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ހައިސިއްޔަތުން ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 24 ނޮވެމްބަރު 2025 | ހޯމަ 12:18
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަންގެ މަގާމުގައި ހުންނަވައިގެން އަލްއުސްތާޛު ފައްޔާޒް އިސްމާއީލް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަން ކުރައްވާ، ޕާޓީގެ ފަރާތުން ފައްޔާޒަށް ޝުކުރު ދަންނަވައިފި އެވެ.

އެމްޑީޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޗެއަރޕާސަންގެ މަގާމުގައި ހުންނަވައިގެން ފައްޔާޒް އިސްމާއީލް ކޮށްދެއްވި ގިނަގުނަ އަދި އެހާމެ އަގުހުރި ހިދުމަތްތައް ބަލައިގަނެ، އެކަމަށްޓަކައި ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ދެވަނަ ސަރުކާރުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ހައިސިއްޔަތުން، ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފައްޔާޒް އިސްމާއީލް ވަރަށް އިސް ދައުރެއް އަދާކުރެއްވިކަން ޕާޓީން އުފަލާއެކު ފާހަގަކުރި އެވެ. ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް، ޕާޓީގެ މަސައްކަތްތަކާއި ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައި، ޕާޓީގެ ކުރިއެރުމާއި ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ފެއްޓެވި ކަމަށް ނޫސްބަޔާނުގައި ބުންޏެވެ.

ޕާޓީގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަމާއި ބަދަހިކަން ހިފެހެއްޓުމަށްޓަކައި އެކި ފެންވަރުގައި ފައްޔާޒް އިސްމާއީލް މަސައްކަތް ކުރެއްވި ކަމަށްވެސް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ސަރުކާރުގެ ދައުރު ނިމުމަށްފަހު، ޕާޓީގެ މަސައްކަތަށް ހުރިހާ ވަގުތެއް ހޭދަކުރައްވައި، ޕާޓީއަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، ރައްޔިތުން އެދޭގޮތަށް ޕާޓީގެ މިސްރާބު ސީދާކޮށް، ޕާޓީއަށް ކާމިޔާބު ހޯދޭނެ މަގުތައް ތަނަވަސްކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރެއްވި ކަމަށްވެސް ނޫސްބަޔާނުގައި ބުންޏެވެ.

ފައްޔާޒް އިސްމާއީލްގެ ތާއީދާއި ހިދުމަތް އަބަދުވެސް ޕާޓީއަށް ލިބޭނެކަމަށް ޔަގީންކުރާ ކަމަށާއި، ފައްޔާޒް އިސްމާއީލަށް ކާމިޔާބު މުސްތަގުބަލަކަށް ޕާޓީން އެދޭ ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ފައްޔާޒް އިސްމާއީލަކީ އެމްޑީޕީގެ ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ޕާޓީގެ ތަރައްގީއަށް އޭނާ ކޮށްދެއްވި މަސައްކަތްތަކަކީ ޕާޓީގެ ތާރީޚުގައި ފަނޑުވެގެން ނުދާނެ މަސައްކަތްތަކެއް ކަމަށް ޕާޓީގެ މެންބަރުން ފާހަގަކުރެ އެވެ.

ފައްޔާޒް އިސްމާއިލްއެމްޑީޕީޗެއާޕާސަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
09 ޑިސެމްބަރު 2025

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025
އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
07 ޑިސެމްބަރު 2025

އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!

07 ޑިސެމްބަރު 2025
އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް