Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެކޯޑް ނައްތާލުން

ޖިނާއީ މައްސަލަތަކުގައި ހިމެނޭ ރެކޯޑްތައް 1 އަހަރު ދުވަހުގެ ތެރޭގައި ނައްތާލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

23 އޮކްޓޯބަރު 2025 | ބުރާސްފަތި 12:59

ލިޔެކިޔުންތައް 8 އަހަރު ދުވަސްވަންދެން ބަހައްޓަންޖެހޭ ގޮތަށް އޮތް ނަމަވެސް މިހާރު 1 އަހަރު ތެރެގައި ލިޔެކިޔުންތައް ނައްތާލެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 12:59
ފުލުހުންގެ އަތުގައި ހުންނަ ރެކޯޑްތައް ނައްތާލެވޭ މުއްދަތު ކުރުކޮށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައި

ފުލުހުންގެ އަތުގައި ހުންނަ ރެކޯޑްތައް ނައްތާލެވޭ މުއްދަތު ކުރުކޮށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައި

ޖިނާއީ މައްސަލަތަކުގައި ހިމެނޭ ރެކޯޑްތައް 1 އަހަރު ދުވަހުގެ ތެރޭގައި ނައްތާލެވޭ ގޮތަށް ޕޮލިސް ރެކޯޑު ބެލެހެއްޓުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

ފޮލިސް ރެކޯޑް ބެެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބުނާ ގޮތުން ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތަކުގެ ލިޔެކިޔުންތައް 8 އަހަރު ދުވަސްވަންދެން ބަހައްޓަންޖެހެ އެވެ. އަދި ޖުނަހުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތަކުގެ ލިޔެކިޔުން 3 އަހަރު ދުވަހު ބަހައްޓަންޖެހެ އެވެ. މީގެ އިތުރުން ދައުވާކުރަން ފޮނުވިފައިވާ މައްސަލައެއް ނަމަ، ޝަރީއަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ލިޔެކިޔުން ބަހައްޓަންޖެހެއެވެ. އެއީ މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތެވެ.

Advertisement - newsAdvertisement

ނަމަވެސް ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ (ނ) އާއި (ރ) ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތުން 21 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ 21 ވަނަ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެކަމަށް ޕްރޮސކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށްފަހު އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ ކަމަށެވެ.

އަދި (ރ) އިސްލާހުކޮށް ބުނެފައިވަނީ 21 ވަނަ މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ތަހުގީގު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދައުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާ ނަމަ، އެ މައްސަލައިގެ ބާވަތަށާއި، ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު، އެފަދަ ހެއްކެއް އަލުން ލިބިދާނެކަމަށް ނުބެލެވޭކަމަށް އެ މައްސަލައެއް ތަހުގީގުކުރި ފަރާތާއި، އެ ފަރާތުގެ ސުޕަވައިޒަރަށް ގަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުން ކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް، އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި ލިޔުން ނައްތާލެވިދާނެ އެވެ. ނަމަވެސް އެކަން ކުރެވޭނީ މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށްފަހު، އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމާގޮތެއްގެ މަތިންނެވެ.

މި އިސްލާހުތައް ގެނައުމުގެ ކުރިން 21 ވަނަ މާއްދާގެ (ނ) ގައި ބުނަނީ މައްސަލަތައް ބެލެހެއްޓުމަށް ކަޑައަޅައިފައިވާ މުއްދަތަކީ އެ މައްސަލައެއްގެ ލިޔެކިޔުންތަކުގެ ކަރުދާސް ނުވަތަ ފިޒިކަލް ޑޮކިއުމަންޓް ބަލަހައްޓަންޖެހޭ މުއްދަތެވެ. އަދި 21 ވަނަ މާއްދާގެ (ރ) އިސްލާހު ކުރުމުގެ ކުރިން އެ މާއްދާގައި ބުނެފައިވަނީ މައްސަލަތަކާ ގުޅޭ މައުލޫމާތުތައް ލިޔެކިޔުންތައް ބެލެހެއްޓުމަށް ވަކި މުއްދަތެއް ކަނޑައަޅައިފައި އޮތް ނަމަވެސް، އެފަދަ މައުލޫމާތާއި ލިޔުންތައް ދާއިމީކޮށް ޑިޖިޓަލްކޮށް ބަލަހައްޓަންވާނެ ކަމަށެވެ. ނަމަވެސް މި ދެބައިވެސް ވަނީ އައު އިސްލާހުގައި އުނިކޮށްފަ އެވެ.

ފުލުހުންގެ ރެކޯޑުޕްރޮސެކިއުޓަރ ޖެނެރަލްޖިނާއީ ދައުވާރެކޯޑު ބެލެހެއްޓުމުގެ ގަވާއިދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

03 ޑިސެމްބަރު 2025
ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
19 ނޮވެމްބަރު 2025

މާޅޮހު އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި

19 ނޮވެމްބަރު 2025
މާޅޮހު އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި
18 ނޮވެމްބަރު 2025

"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި 7 މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

18 ނޮވެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި 7 މީހުންނަށް ދައުވާ ނުކުރަން ނިންމައިފި
17 ނޮވެމްބަރު 2025

"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

17 ނޮވެމްބަރު 2025
"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"
30 އޮކްޓޯބަރު 2025

ފައިސާ އަނބުރާ ދެއްކުމުން އަލްހާންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

30 އޮކްޓޯބަރު 2025
ފައިސާ އަނބުރާ ދެއްކުމުން އަލްހާންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި
29 އޮކްޓޯބަރު 2025

ފުލުހުންގެ ފޮޓޯ ނެގި މައްސަލަ : ދައުވާ ނުކުރާކަން މީޑިއާ އަށް އެންގި، ހުސައިން އަކަށް ނާންގާ!

29 އޮކްޓޯބަރު 2025
ފުލުހުންގެ ފޮޓޯ ނެގި މައްސަލަ : ދައުވާ ނުކުރާކަން މީޑިއާ އަށް އެންގި، ހުސައިން އަކަށް ނާންގާ!
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
22 އޮކްޓޯބަރު 2025

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

19 އޮކްޓޯބަރު 2025

ސަރުކާރުގެ އިޚްލާސްތެރިކަމެއްނެތިގެން ޑްރަގު ބޮޑުން ދޫވަނީ

19 އޮކްޓޯބަރު 2025
ސަރުކާރުގެ އިޚްލާސްތެރިކަމެއްނެތިގެން ޑްރަގު ބޮޑުން ދޫވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް