Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންނަށް ޚިދުމަތް ދިނުން

އެމްޑީޕީގެ ސިޔާސަތާއެކު ގައުމަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް މި ސަރުކާރުގައި ރައްޔިތުންނަށް ކުޑަ މިންވަރަކަށް ވެސް ޚިދުމަތެއް ނުދެވޭ: މެންބަރު ސަމީރު

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ރައްޔިތުންނަށް ފައިދާވާ ގިނަ ކަންކަން ކޮށްދީފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ޖުލައި 2025 | ބުދަ 08:05
ރައްޔިތުންގެ މަޖިލީހުގައި، ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގައި، ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވާހަކަދައްކަވަނީ

އެމްޑީޕީގެ ސިޔާސަތާއެކު ގައުމަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް މިސަރުކާރުގައި ރައްޔިތުންނަށް ކުޑަ މިންވަރަކަށް ވެސް ޚިދުމަތް ނުދެވޭ ކަމަށް ރައްޔިތުން މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި ވާހަކަދައްކަވަމުން މެންބަރު ސަމީރު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކުގެ ސަބަބުން އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ރައްޔިތުންނަށް ފައިދާވާ ގިނަ ކަންކަން ކޮށްދީފައިވާ ކަމަށެވެ. އަދި އެ ސިޔާސަތުގެ ސަބަބުން ލިބޭ އާމްދަނީ އިތުރުވެގެން ދިޔަ ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

މެންބަރު ސަމީރު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައިރު ރާއްޖޭގައި ހެދިފައި އޮތީ އެންމެ 8 ބަނދަރު ކަމަށެވެ. އޭގެފަހުން 2018 ވަނަ އަހަރު އައި އެމްޑީޕީގެ ވެރިކަމާއެކު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަދި ބަނދަރު ގާއިމްކުރުމުގެ ސިޔާސަތަކާއެކު ހުރިހާ ރަށެއްގައި މަޝްރޫއުގެ މަސައްކަތްތައް ފެށި، ގިނަ ރަށްރަށުގައި އެ މަޝްރޫއުތައް ނިންމާލެވުނު ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ވެރިކަން ބަދަލުވެ، ރާއްޖޭގެ ވެރިކަމާ މިހާރު ހަވާލުވެފައިވާ ސަރުކާރަށް ދެއަހަރުވާން ކައިރިވަމުންދާއިރު، ރައްޔިތުންނަށް ބޭނުންވާ ކުޑަ ޚިދުމަތެއް ވެސް ފޯރުކޮށް ނުދެވޭ ކަމަށް މެންބަރު ސަމީރު ވިދާޅުވިއެވެ.

ގަބޫލުކުރަންވާނެ އަޅުގަނޑުމެން އެމްޑީޕީން ފުރަތަމަ 2008 ގައި ވެރިކަމާ ހަވާލުވިއިރުގައި މިދައުލަތަށް މިގައުމަށް ލިބޭ އާމްދަނީއަކީ 7 ބިލިއަން ރުފިޔާ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޕާޓީން ގެނައި ސިޔާސަތުގެ ސަބަބުން މިއަދު އެތައް ގުނައަކުން އެ އާމްދަނީ އިތުރުވެގެންދިޔައިރުގައި އެކަށީގެންވާ ވަރަށް އެ ޚިދުމަތްތައް މިއަދުގެ ސަރުކާރު ނުދޭކަން އަޅުގަނޑު ފާހަގަކޮށްލަން. ގަބޫލުކުރަންވާނެ އަޅުގަނޑުމެން އަންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި.އަޅުގަނޑުމެންގެ ފުރަތަމަ ސަރުކާރު އައިރުގައި ރާއްޖޭގައި އޮތީ އެންމެ 8 ބަނދަރު ހެދިފައި. ނަމަވެސް ނިމިދިޔަ ސަރުކާރު ނިމިގެންދިޔައިރުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ، ބަނދަރުގެ މަސައްކަތް ފެށި ގިނަ ތަންތަން ހުރީ ނިމިފައި.
ރައްޔިތުން މަޖިލީހުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު

މެންބަރު ސަމީރު ވިދާޅުވީ ގިނަ ވައުދުތަކެއް ވެވަޑައިގަންނަވައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ވީ ވައުދުތަކުގެ ތެރެއިން މަދު މިންވަރެއް ވެސް މިހާތަނަށް ފުއްދިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އައި ސަރުކާރުގެ ފަރާތުން ފެނިގެންދަނީ އެހެން މަންޒަރެއް ކަމަށެވެ.

އެމްޑީޕީހުސެއިން ސަމީރުދިވެހި ސަރުކާރުބަނދަރު ތަރައްގީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު