Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އެމެރިކާ

ނޯބެލް އިނާމަށް ނަތަންޔާހޫ، ޓްރަމްޕްގެ ނަން ހުށަހަޅުއްވައިފި 

އެގޮތުން އެއް ޤައުމުން އަނެއް ޤައުމަށް، އަދި އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ސުލްޙަވެރިކަން ޤާއިމު ކުރުމަށް ބާރު އަޅުއްވަމުން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖުލައި 2025 | އަންގާރަ 05:01
ނޯބެލް ސުލްހައިގެ އިނާމު ކޮމެޓީ އަށް ނަތަންޔާހޫ ފޮނުއްވި ސިޓީ ޓްރަމްޕްއާ ހަވާލު ކުރައްވަނީ

ނޯބެލް ސުލްހައިގެ އިނާމު ކޮމެޓީ އަށް ނަތަންޔާހޫ ފޮނުއްވި ސިޓީ ޓްރަމްޕްއާ ހަވާލު ކުރައްވަނީ

ނޯބެލް ސުލްޙައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ހުށަހަޅުއްވާފަައިވާ ކަމަށް، އިސްރާއީލްްގެ ބޮޑު ވަޒީރު ބެންޖަމުން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. 

މިކަން ނަތަންޔާހޫ ހާމަ ކުރެއްވީ މިހާރު އޭނާ އެމެރިކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ޓްރަމްޕާ އެކު ބޭއްވި ފަރިއްކޮޅެއްގެ ތެރޭގަ އެވެ.

އެގޮތުން ނަތަންޔާހޫ ވިދާޅުވީ ޓްރަމްޕް ގެންދަވަނީ މިހާރު ވެސް ސުލްޙައިގެ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން އެއް ޤައުމުން އަނެއް ޤައުމަށް، އަދި އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ސުލްޙަވެރިކަން ޤާއިމު ކުރުމަށް ބާރު އަޅުއްވަމުން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެެވެ. 

އެހެން ވިދާޅުވުމަށް ފަހު ނަތަންޔާހޫ ވަނީ، ނޯބެލް އިނާމުގެ ކޮމެޓީ އަށް އޭނާ ފޮނުއްވި ސިޓީ ވެސް ޓްރަމްޕަށް ރައްދު ކުރައްވައިފަ އެވެ. މީގެ ކުރިން ވެސް ޓްރަމްޕް އަށް ތާއީދު ކުރައްވާ ފަރާތްތަކާއި، އޭނާގެ ޕާޓީ އަށް ނިސްބަތްވާ މެމްބަރުން ވެސް ވަނީ ނޯބެލް އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅުއްވައިފަ އެވެ. 

ޓްރަމްޕް އަށް މި އިނާމު ނުލިބޭތީ އޭނާގެ ވަފާތެރި ސަޕޯޓަރުން އަދި އޭނާ ވެސް ވަނީ މީގެ ކުރިން ވެސް އިނާމު ކޮމެޓީ އަށް ނުރުހުން ފާޅު ކޮށްފަ އެވެ. އެގޮތުން އިންޑިއާ އާއި ޕާކިސްތާންގެ މައްސަަލަ އާއި، ސާބިއާ އާއި ކޮސޯވޯގެ ދެމެދުގައި އުފެދުނު މައްސަލައިގެ މެދުވެރިއެއްގެ ގޮތުގައި ޓްރަމްޕް އަދާ ކުރެއްވި ދައުރަށް އިނާމު ލިބެން ވާނެ ކަމަށް ޓްރަމްޕް އަދި އެ ފަރާތްތަކުން ޤަބޫލު ކުރެ އެވެ. 

މީގެ އިތުރުން މިޞްރާއި، އިތިއޯޕިއާގެ ދެ މެދުގައި ސުލްޙަވެރިކަން ޤާއިމު ކުރުމާއި، އިސްރާއީލާއި ޤަރަބި ޤައުމު ތަކުގެ މެދުގައި އޮތް ގުޅުން ރަނގަޅު ކުރުމާއި، ސުލްޙަވެރިކަން ހޯދުމަށް ކުރެއްވި މަސައްކަތުގެ ކްރެޑިޓް ލިބެން ވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ޓްރަމްޕް މީގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ. 

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަމްޕް ވަނީ، ވެރިކަމަށް ވަޑައިގެންނެވުމާ އެކު އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ވެރިކަަމަށް ވަޑައިގެންނެވި ފަހުން، އަދި ވެސް އެ ދެ ހަނގުރާމަ ދަނީ ކުރިއަށެވެ.

މިވަގުތު ޓްރަމްޕް ވަނީ ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް އެއްބަސްވުމެއް ވެސް ހުށަހަޅުއްވައިފަ އެވެ. އަދި އެ އެއްބަސްވުން ޤަބޫލު ކުރުމަށް އޭނާ ވަނީ އިސްރާއީލް އަދި ހަމާސް ޖަމާއަތަށް ވެސް ގޮވާލައްވައިފަ އެވެ. އަދި ޓްރަމްޕް ހުށަހަޅުއްވާފައިވާ އެއްބަސްވުމަށް ވުރެ ވަކިން ރަނގަޅު އެހެން އެއްބަސްވުމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނޯބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ނަތަންޔާހޫ ހުށަހަޅުއްވާފައިވާއިރު، ޓްރަމްޕާއި ނަތަންޔާހޫ އަކީ ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުންނެވެ. މިހާރު ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ ދަތުރުފުޅަކީ، އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ.

ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫނޯބެލް ސުލްޙައިގެ އިނާމުއިޒްރޭލްޣައްޒާ ހަނގުރާމައިސްރާއީލު-އެމެރިކާ ގުޅުން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު