Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޓްރަމްޕްގެ ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް ހަމާސް އިން ބުނެފި

ހަނގުރާމަ ހުއްޓާލުމަށް ވެވޭ އެއްބަސްވުމުގެ ތެރެއިން، ޣައްޒާގައި ޙަރަކާތްތެރި ވަމުން އަންނަ އިސްރާއީލްގެ ހުރިހާ ސިފައިން ނެރުމަކީ ޝަރުތެއް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖުލައި 2025 | ބުރާސްފަތި 07:42
އިސްރާއީލް އިން ހަމަލާ ދީފައިވާ ސަރަހައްދުގައި ޣައްޒާގެ ކުޑަ ކުއްޖަކު ބަލަހައްޓައިގެން

އިސްރާއީލް އިން ހަމަލާ ދީފައިވާ ސަރަހައްދުގައި ޣައްޒާގެ ކުޑަ ކުއްޖަކު ބަލަހައްޓައިގެން

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް، ހަމާސް ޖަމާއަތުން ބުނެފި އެވެ.

ބުދަ ދުވަހު ހަމާސް އިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން ހުށަހަޅުއްވާފައިވާ ފަހުގެ ހުށަހެޅުންތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް ވެވޭ އެއްބަސްވުމުގެ ތެރެއިން، ޣައްޒާގައި ޙަރަކާތްތެރި ވަމުން އަންނަ އިސްރާއީލްގެ ހުރިހާ ސިފައިން ނެރުމަކީ ޝަރުތެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން ދާދި ފަހުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އިސްރާއީލާ އެކު ދިގު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، އެ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އަދި 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލް އިން އެއްބަސްވެފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

މިޞްރާއި ޤަތަރުން މެދުވެރިވެގެން ހުށަހަޅާފައިވާ އެއްބަސްވުނ ދިރާސާ ކުރަމުން އަންނަ ކަމަށް ހަމާސް އިން ހާމަކޮށްފައިވާއިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ހުށަހެޅުމެއް ވުރެ ވަކިން ފުރިހަމަ އެހެން ހުށަހެޅުމެއް ދެން ނުލިބޭނެ ކަމަށެވެ. އެއްބަސްވުން ފައިނަލް ކުރުމުގެ ކުރިން ހަމާސްގެ މަޤުސަދަކީ، އިސްރާއީލްގެ ހަނގުރާމަ ނިމުމަކަށް ގެެނެސް، އިސްރާއީލްގެ ސިފައިން ޣައްޒާ އިން ފޭބުމެވެ. 

ޣައްޒާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިވަގުތު ވެސް އުންމީދު ކުރަމުން އަންނަނީ، އިސްރާއީލްގެ އަނިޔާވެރި އަމަލުތައް ހުއްޓޭނެ ގޮތެއް ހޯދުމެވެ. އަދި އެންމެ ކުޑަ މިނުން، ވަގުތީ ގޮތުން ވިޔަސް ހަނގުރާމަ ހުއްޓާލުމަށް އެ ރައްޔިތުން ތިބީ އިންތިހާ އަށް ބޭނުންވެފަ އެވެ. 

އެހެން ނަމަވެސް، މަސްރަހު ދިރާސާ ކުރާ ގިނަ ފަރާތްތަކުން އުފައްދަމުން އަންނަ ސުވާލަކީ، ހަނގުރާމަ ހުއްޓާލުމަށް ބާރު އަޅުއްވައި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަމުން އަންނަ ބަސްތަކުން ދެމެހެއްޓެނިވި ސުލްހަވެރިކަމެއް ގެނެވިދާނެތޯ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޓްރަމްޕްގެ ހުށަހެޅުމާ ގުޅިގެން އިސްރާއީލްގެ ސަރުކާރުގެ ތެރޭގައި ވެސް ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ. 

މިވަގުތު ވެސް ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި އިސްރާއީލްގެ 50 ރަހީނުން ތިބި ކަމަށް ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރެއިން މިވަގުތު ދިރި ތިބިި ކަމަށް ލަފާކޮށްފައި ވަނީ 20 މީހުންނެވެ. އިސްރާއީލްގެ ސިޔާސީ ލީޑަރުން ޤަބޫލު ކުރާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އެ ރަހީނުން ދޫކޮށްލުމުގެ ފުރުސަތު ބޮޑުވާނެ އެވެ. 

ޑޮނަލްޑް ޓްރަމްޕްހަމާސްއިޒްރޭލްޣައްޒާހަނގުރާމައެއްބަސްވުންރަހީނުންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު