Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލްގެ ހަމަލާގައި އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ޑައިރެކްޓަރު ޝަހީދު ކޮށްލައިފި

3 ޖުލައި 2025 | ބުރާސްފަތި 07:05

ބުދަ ދުވަހު އިސްރާއީލް އިން ދިން މި ހަމަލާގައި އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ޑިރެކްޓަރުގެ އިތުރުން، އޭނާގެ އަނބިކަނބަލުންނާއި، ދަރިންނާއި އަދި ދޮން ދަރިން ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2025 | ބުރާސްފަތި 07:05
އުތުރު ޣައްޒާ ސްޓްރިޕްގެ އިންޑޮނޭޝިއާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑޮކްޓަރު މަރުވާން އަލް ސުލްތާން ޝަހީދު ކޮށްލާފައިވާއިރު، ގިނަ ބަޔަކު އެއްވެ ހިތާމަ ފާޅު ކުރަނީ

އުތުރު ޣައްޒާ ސްޓްރިޕްގެ އިންޑޮނޭޝިއާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑޮކްޓަރު މަރުވާން އަލް ސުލްތާން ޝަހީދު ކޮށްލާފައިވާއިރު، ގިނަ ބަޔަކު އެއްވެ ހިތާމަ ފާޅު ކުރަނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި ދިން ހަމަލާއެއްގައި، ޣައްޒާގެ އުތުރުގައި ހުންނަ މުހިންމު ހޮސްޕިޓަލެއް ކަމަށްވާ، އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ޑިރެކްޓަރު ޑޮކްޓަރު މަރުވާން އަލް ސުލްޠާން ޝަހީދު ކޮށްލައިފި އެވެ.

ބުދަ ދުވަހު އިސްރާއީލް އިން ދިން މި ހަމަލާގައި އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ޑިރެކްޓަރުގެ އިތުރުން، އޭނާގެ އަނބިކަނބަލުންނާއި، ދަރިންނާއި އަދި ދޮން ދަރިން ވެސް ވަނީ ޝަހީދު ކޮށްލައިފަ އެވެ. އޭއެފްޕީ އަށް އެ މައުލޫމާތު ދީފައި ވަނީ ޑިރެކްޓަރުގެ އާއިލީ މެމްބަރެއް ކަަމަށްވާ އަޙުމަދު އަލް ސުލްޠާން އެވެ.

އޭނާ ހާމަކޮށްފައިވާ ގޮތުގައި އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ޑިރެކްޓަރާއި، އޭނާގެ އަނބިކަނބަލުންގެ އިތުރުން، ދަރިންނާއި ދޮންދަރިން ޝަހީދުކޮށްލާފައި ވަނިކޮށް ފެނުނީ، ޣައްޒާ ސިޓީގައި ހުރި އެޕާޓްމަންޓެއްގެ ތެރެއިންނެވެ. 

އިސްރާއީލް އިން ޝަހީދު ކޮށްލާފައިވާ ޑިރެކްޓަރު މަރުވާން އަލް ސުލްޠާން ގެންދެވުނީ އަލް ޝިފާ ހޮސްޕިޓަލް އަށެވެ. ޑިރެކްޓަރުގެ ހަށިގަނޑު އަލް ޝިފާ ހޮސްޕިޓަލަށް ގެންދިޔުމާ އެކު، އެ ހޮސްޕިޓަލްގެ ޑިރެކްޓަރު މުޙައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވެފައި ވަނީ، ޑޮކްޓަރު މަރުވާންގެ ހަށިގަނޑު އޮތީ މޫނު މަތިން ވެސް ނޭނގޭ ވަރަށް ޒަޚަމުވެފައި ކަމަށެވެ. 

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާއި، ޞިއްހީ ވުޒާރާ އިން ވަނީ އިސްރާއީލްގެ މި އަނިޔާވެރި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފަ އެވެ. އަދި ޣައްޒާގެ ޞިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އަމާޒުކޮށްް ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރާ ކަަމަށް ވެސް ބުންޏެވެ.

ޚާއްސަކޮށް އިސްރާއީލް އިން ޝަހީދު ކޮށްލާފައިވާ ޑޮކްޓަރު މަރުވާން އަކީ ގިނަ އަހަރުތަކެއް ވަންދެން ޞިއްޙީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެ އާއިލާ އަށް ލިބުނު ހިތާމަގައި އެންމެ ފުރިހަމަ އަށް ބައިވެރިވާ ކަމަށް ވެސް ހާމަކޮށްފައިވެ އެވެ. 

އެކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އިސްރާއީލް އިން ދިން ހަމަލާގައި އާންމު ރައްޔިތުންނަށް ގެއްލުން ލިބިފައިވާ ކަމަށް ކޮށްފައިވާ ތުހުމަތު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، ބުދަ ދުވަހު ހަމާސް ޖަމާއަތަށް ނިސްބަތްވާ ޓެރަރިސްޓަކަށް އަމާޒުކޮށް ހަމަލާ ދީފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިޒްރޭލްޣައްޒާއިންޑޮނޭޝިއާ ހޮސްޕިޓަލްހަމާސްޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް