Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ. ފައިނު އެއާޕޯޓު

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

ފައިނު އެއަރޕޯޓަކީ އެރަށުގެ ގިނަ މީހުން ދެކޮޅު ޕްރޮޖެކްޓަކަށް ވާއިރު ރަށުގައި އެއާރޕޯޓު އަޅާނެ ޖާގަވެސް ނެތް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 05:53
ރައީސް މުޢިއްޒު ފައިނު ކައުންސިލާއި ބައްދަލުކުރެއްވުން (ފައިލް ފޮޓޯ)

ރައީސް މުޢިއްޒު ފައިނު ކައުންސިލާއި ބައްދަލުކުރެއްވުން (ފައިލް ފޮޓޯ)

މި އަހަރުގެ ފެބްރުއަރީ މަހު ފައިނު އެއަރޕޯޓު އެޅުމުގެ މަސައްކަތް އެމްޓީސީ އާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު މިހާތަނަށް އެއްވެސް އަމަލީ މަސައްކަތެއް ފެށިފައި ނުވާކަން ހާމަވެއްޖެ އެވެ.

އެމްޓީސީސީއާ އެކު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން އެމްއޭސީއެލް އިން އޭރު ބުނީ ސޮއިކުރީ އެއާޕޯޓުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އެސެސްމެންޓުތައް ކުރިއަށް ގެންދިޔުމުގެ އެއްބަސްވުމުގައި ކަމަށެވެ. އެހެން ނަމަވެސް އެ ރަށު ކައުންސިލުން ވިދާޅުވި ގޮތުގައި އެއަރޕޯޓު މަސައްކަތާއި ގުޅޭ އެއްވެސް އަޕްޑޭޓެއް ކައުންސިލަށް ލިބިފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ފައިނުގައި އެއަރޕޯޓު އެޅުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި 2025 ވަނަ އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ރައީސް ވިދާޅުވީ، ސަރަހައްދީ އެއާޕޯޓުތައް އެޅުމުގެ ގިނަ މަޝްރޫއުތަކެއް މި އަހަރު ކުރިއަށް ދާނެކަމަށެވެ. އެގޮތުން، ފައިނު އަދި އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއަރޕޯޓުގެ ވެސް މަސައްކަތް އެކި މަރުހަލާތަކުގައި މި އަހަރުގެ ތެރޭގައި ކުރިއަށް ދާނެކަމަށް ވިދާޅުވިއެވެ.

ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ހިއްސާ ކުރި މީހަކު ބުނީ، އެ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެންމެ ފަހުން އެރަށަށް ދިޔަ ދަތުރުގައި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މަސައްކަތް ކުރަން ފަށާނެ ކަމަށާއި މަސައްކަތައް ބޭނުންވާ ތަކެތި ރަށަށް އަރުވާނެ ވާހަކަ ވިދާޅުވި ކަމަށެވެ. ނަމަވެސް އެ ވިދާޅުވި 60 ދުވަސް ނިމިގެން ދިޔައިރުވެސް އެއަރޕޯޓުގެ މަސައްކަތައް ބޭނުންވާ ސާމާނު އެރަށަށް ނުގެންދާ ކަމަށާއި އަދި މަސައްކަތުގެ އެއްވެސް މަސައްކަތެއް ފަށާފައިވެސް ނުވާ ކަމަށެވެ.

އޭގެ އިތުރުން އެއަރޕޯޓު އަޅާނެ ވާހަކަ ވިދާޅުވެފައިވާތީ އެރަށުގައި ދިރިއުޅެން ބަންޑާރަ ގޯތި ބޭނުންވާ އެތައް ބަޔަކަށް އެ ފުރުސަތު ވަނީ ގެއްލިފައެވެ. ކައުންސިލް މައުލޫމާތު ދިން ގޮތުގައި މިހާރުވެސް ބަންޑާރަ ގޯއްޗަށް އެދި ބައެއް މީހުން ކައުންސިލަށް ސިޓީ ލާފައިވެ އެވެ. އަދި އެއަރޕޯޓު އަޅަން ވިދާޅުވެފައިވާތީ އަދި ސަރުކާރުންވެސް އެކަން ވަރަށް އަވަށް ފަށާނެ ވާހަކަ ދަންނަވާފައިވާތީ އެރަށުގައި ޒަމާނުއްސުރެ ކުރުމުން އައި މޫސުމީ ދަނޑުވެރިކަމަށްވެސް ދޫކުރާނެ ބިމެއް ނެތް ކަމަށް މި ނޫހަށް މައުލޫމާތުދިން މީހަކު ބުންޏެވެ. އޭގެ އިތުރުން ރަށުގައި ވިޔާފާރި ކުރުމަށްވެސް ނުވަތަ އިޖްތިމާއީ ކަމެއް ކުރުމަށްވިޔަސް އެއަރޕޯޓު އަޅާނެ ވާހަކަ ހުދު ރައީސް ވެސް ވިދާޅުވެފައިވާތީ ކުލީ ބިމެއް ދޫކުރެވެން ވެސް މިހާރު ނެތްކަން އޭނާ ފާހަގަ ކުރިއެވެ.

މިކަމާގުޅިގެން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އަށް ގުޅުމުން ވިދާޅުވީ މިވަގުތު ބިޒީ ކަމަށާއި ފަހުން ހަބަރެއް ވާނެ ކަމަށެވެ. ނަމަވެސް އެއަރޕޯޓުގެ އެއްވެސް އަޕްޑޭޓެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ފައިނު އެއަރޕޯޓަކީ އެރަށުގެ ގިނަ މީހުން ދެކޮޅު ޕްރޮޖެކްޓަކަށް ވާއިރު ރަށުގައި އެއާރޕޯޓު އަޅާނެ ޖާގަވެސް ނެތެވެ. މި ނޫހާއި ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ފައިނުގައި އެއާރޕޯޓު އަޅަން ތާއީދު ކުރަނީ ޕީއެންސީގެ މަދު ބައެއް ކަމަށާއި އެމީހުންގެ ދަރިންވެސް އެއަރޕޯޓާއި ދެކޮޅު ކަމަށެވެ.

"އަސްލު ވަރަށް އެއަރޕޯޓު އެޅުމާ ދެކޮޅު އެކަމު ދެން ބައްޕަމެން މަންމަމެން އެއަރޕޯޓުއަޅަން ބޭނުންވާތީ އެކަމާ ދެކޮޅު ހަދަން ނުކެރިފަ މިހުންނަނީ. އެއަރޕޯޓަށްވުރެ އަސްލު ދިރިއުޅެން ގެވަޅެއް ބޭނުންވޭ މިހާރުވެސް ގިނަ ކުދިން އެއުޅެނީ ދިރިއުޅެން ގެވަޅެއް ނުލިބިގެން. ދެން މިބުނާހެން ފާޅުގައި އެއަރޕޯޓައި ދެކޮޅުކަން ބުނަން ނުކެރެނީ މިހެން ކަންކަން ހުރީމަ" މި ނޫހައި ވާހަކަ ދެއްކި ފައިނު މީހަކު ބުންޏެވެ.

މީގެ ކުރިން ރާއްޖެ އެމްވީ އާއި ވާހަކަ ދައްކަވަމުން ފައިނު ކައުންސިލްގެ ރައީސް އަޙްމަދު ރިޝްފާނު ވިދާޅުވީ، އެއާޕޯޓުގެ ސާވޭ ޓީމުން އެއަރޕޯޓުގެ ކޮންސެޕްޓެއް ތައްޔާރުކޮށް ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ކުރެހުމުގައި ވާގޮތުން އެއާޕޯޓު އަޅަން ރަށުގެ އިހުތިސާސުން ވަކިކުރާ ބަޔަށް މިހާރު މީހުން ދިރިއުޅޭ ގޯތިތަކާއި ދިރިއުޅެން ދޫކޮށްފައިވާ 21 ގޯތި އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޝްފާން ވިދާޅުވީ، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކުރެހުމަށް ބަދަލު ގެނެވޭތޯ މަސައްކަތްކުރާނެ ކަމަށް ސާވޭ ޓީމުން ބުނި ނަމަވެސް އެއަރޕޯޓު އިތުރަށް ފުއްޓަރު ފަރާތަށް ޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެ ޓީމުން ބުނި ކަމަށެވެ.

އޭގެ އިތުރުން ރަށުގެ އިރުމަތީ ފަރާތުން ނަގަންޖެހޭ ގެވަޅުތައް ރަށުގެ ހުޅަނގު ފަޅިން ގޯތި ދޫކުރަން ހުރި ބިންތަކަށް ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ހުޅަނގު ފަރާތުން އާރްއޯ ޕްލާންޓާއި ލޭންޑް ޔޫސް ޕްލޭންގައިވާ މިސްކިތާއި އަދި އިރުމަތީ ފަޅިން ނަގަންޖެހޭ ބިންތަކަށް ޖާގަ ދިނުމުން މިހާރު ގޯތި ދޫކުރަން ހުރި ބިންތަކުން ގޯތި ދޫކުރަން ދަތިވާނެ ކަމަށެވެ.

ރ. ފައިނު އެއާޕޯޓުއެމްޓީސީސީރައީސް މުއިއްޒުއިބްރާހިމް ފަލާހްއަހުމަދު ރިޝްމާހްބަންޑާރަ ގޯތި

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު