Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފ. ފީއަލީ މަސްވެރިން

ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!

ފީއަލީގައި ކުރިން މަހަށް ދާ 18 ވަރަކަށް ދޯނި އޮންނަ ނަމަވެސް މިއަދު މަސްވެރިކަމަށް ބޭނުން ކުރަން އޮތީ ދެތިން ދޯނި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2025 | އާދީއްތަ 14:13
މަސްވެރިން މަހަށް ނުކުމެގެން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

މަސްވެރިން މަހަށް ނުކުމެގެން އުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް

ފ. ފީއަލީ ގައި ދިރިއުޅޭ ގިނަ މަސްވެރިންނަށް އިތުރު ގޮތެއް ނެތިގެން މަސްވެރިކަމުގެ ސިނާއަތް ދޫކޮށްލުން ނޫން ގޮތެއް ނެތިފައިވާ ކަމަށް އެ ރަށު މަސްވެރިން ބުނެފި އެވެ.

ރާއްޖެޓީވީ ގެ "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި ފީއަލީ މަސްވެރިންގެ މިއަދުގެ ހާލަތު ކިޔައިދިނީ ކަންނެލީގެ މަސްވެރިކަން ކުރާ ރައްޔިތެއް ކަމަށް ވާ އިބްރާހިމް ނަސީމް އެވެ.

Advertisement - newsAdvertisement

ނަސީމް ބުނީ މަސްވެރިކަން ކޮށްގެން މިހާރު ދެކޮޅުޖެއްސޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. މަހުގައި އަގެއް ނުހުންނަ ކަމަށާ ގިނަ ބަޔަކު އެ ސިނާއަތް ދޫ ކޮށް އެހެން މަސައްކަތްތަކަށް ގޮސްފައިވާ ކަމަށް ވެސް ނަސީމް ބުންޏެވެ.

އޭނާ ކިޔަދިން ގޮތުގައި ފީއަލީ ގިނަ ބަޔަކު އަބަދުވެސް ގޮސް އުޅުނީ ކަންނެއްޔަށެވެ. ކުރިން އެރަށު ގައި މަހަށް ދާ 18 ވަރަކަށް ދޯނި އޮންނަ ކަމަށާ ނަމަވެސް މިއަދު އެ ރަށުގައި އޮތީ މަސްވެރިކަމަށް ބޭނުން ކުރާ ދެތިން ދޯނި ކަމަށް ވެސް ނަސީމް ކިޔައިދިނެވެ.

މީގެ ކުރިން ކަންނެލި ކިލޯ އެއް ގަންނަ އަގަކީ 90 ރުފިޔާ ނުވަތަ 85 ރުފިޔާ ކަން ފާހަގަ ކޮށް ނަސީމް ބުމީ މިއަދު ކަންނެލި ކިލޯ އެއް ގެ އަގު 30 ރުފިޔާ އަށް ވެސް ނާރާ ކަމަށެވެ. އެހެން ކަމުން ގިނަ ބަޔަކު އެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށް ނަސީމް ބުންނެވެ.

އޭރު ގާތްގަނޑަކަށް 18 ވަރަކަށް ދޯނި އޮވޭ. މިހާރު ގާތްގަނޑަކަށް ދެތިން ދޯންޏަށް މަދު ވެއްޖެ. މިހާރު 30 ކޮންމެވެސް ވަރަކަށް ކަންނޭންގެ އުޅެނީ. އެއީ ކަންނެލި ކިލޯ އެއްގެ އަގު. ކުރިން މި ރަށުގަ 18 ވަރަކަށް ދޯނި އޮތް އިރު 90 ނުވަތަ 85 ގަ ކަންނެލި ކިލޯއެއް އުޅެނީ. އެކަމު މިހާރު އަޅުގަނޑުމެންނަށް 30 ރުފިޔާ ވެސް ލިބެނީ މަދު ފަހަރެއްގަ. މަސް ކިރާކަށް ވެސް ފަސޭހަ އެއް ނޫން. މިހާރު އަޅުގަނޑުމެން ހުއްޓާލައިފިން އެ މަސައްކަތް،
ފ. ފީއަލީ ގައި ކަންނެލީގެ މަސްވެރިކަން ކޮށް އުޅުނު އިބްރާހިމް ނަސީމް

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާއާއި 100 ރުފިޔާ ކަމަށާއި އަދި މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މަސްވެރިން މިއަދު މަހަށް ހަމަ އަގު ނުލިބި އެކަމުގެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ. މިކަމާ ގުޅިގެން މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖް ކުރަން ވެސް ވަނީ ނިންމާފަ އެވެ.

މިކަން ހާމަކޮށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނީ އެ ޔޫނިއަންގެ މެންބަރުން ގަބޫލުކުރާ ގޮތުގައި، ސަރުކާރުގެ މަސްކުންފުނިން ކަންނެލި ގަނެ، އެކްސްޕޯޓްކޮށް މާކެޓް ކުރުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާއި، މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ހަރަދުތައް ކުޑަކުރެވޭނެ މަގަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމާއި، މަސްވެރިންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަކީ ކަންނެލި މަސްވެރިކަމުގެ ސިނާއަތް އެތައް ގޮތަކުން ކުރިއަރާދާނެ މަގެއް ކަމުގަ އެވެ.

ޔޫނިއަނުން ބުނީ މި ވައުދުތައް ހިމަނާ، ކެމްޕޭންކޮށް މަސްވެރިންގެ ބޮޑު ތާއީދާއެކު ވެރިކަން ހޯދާފައިވާ ކަމީ ދެބަސް ނުވެވޭނެ ހަގީގަތް ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ކުރެވުނު އެއްވެސް މަސައްކަތަކުން ކަންނެލި މަސްވެރިންނަށް އެއްވެސް އަލިމަގެއް ނުފެނި މާޔޫސްކަން ގެނުވާފައިވާ ކަމަށެވެ.

އެހެންކަމުން މިއަދާ ހަމައަށް އައި އިރު ވެސް ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އަޅާނުލުމާއެކު ހައްލު ހޯދާ ދީފައި ނުވާތީ، ޑިސެމްބަރު 10 ވަނަ ދުވަހު އެ ޔޫނިއަންގެ އަހަރީ ބައްދަލުވުމަށްފަހު ކަންނެލި މަސްވެރިންގެ ހައްގުގައި އަޑުއުފުލާ އިހުތިޖާޖު ކުރަން އެ ޔޫނިއަންގެ މެންބަރުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ބޮޑު ކަންނެލި މަސްވެރިންނަށް ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ގޮވާލާފައިވާ އިރު ހުރިހާ މަސްވެރިން އެ ޔޫނިއަންއާ އެކު ބައިވެރިވެ އަޑު އުފުލުމަށް ވަނީ ގޮވާލާފަ އެވެ.

ފ. ފީއަލިމަސްވެރިކަންމަސްވެރިންބޮޑު ކަންނެލި މަސްވެެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު