Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޅ. ކުރެންދޫ

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

53.36 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތްތައް 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 އޮކްޓޯބަރު 2025 | ހޯމަ 14:27
ޅ. ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓާފައިވާއިރު، އެމްޓީސީސީ އިން ބޭނުންކުރާ ހައިމާކު

ޅ. ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓާފައިވާއިރު، އެމްޓީސީސީ އިން ބޭނުންކުރާ ހައިމާކު

ބޭބީ ހައިމާކަކުން ޅ. ކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ރައީސް މުއިއްޒު ގެ ހާޒިރުގައި ފަށައިފި އެވެ.

ޅ. ކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު އެރަށުގައި ބާއްވާފައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

Advertisement - newsAdvertisement

ރައީސުލް ޖުމްހޫރިއްޔާ އާއި ކަމާ ބެހޭ ވަޒީރު ޝާމިލު ވާ ގޮތުން މި މަސައްކަތް ފެށި ގޮތުން ގިނަ ބަޔަކު ވަނީ ހަޖޫ ޖަހާފައެވެ. އެންމެ ކުޑަ ސައިޒުގެ ހައިމާކެއް ރަށުގެ ގޮނޑުދޮށަށް ބާލައިގެން މަސައްކަތް ފެށިކަން ދެއްކުމުން އެއީ މި ސަރުކާރުން ތަރައްގީ ގެންނަ ގޮޮތްތޯ ސޯޝަލް މީޑިއާ ގައި ސުވާލު ކޮށްފައި ވެއެވެ.

ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އެއް މައްސަލައަކީ ބަނދަރު އަދި ބަނދަރާއި ގުޅިފައިވާ މައްސަލަ ކަމަށެވެ.

53.36 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތްތައް 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރީ އެމްޓީސީސީއާ އެވެ. މި މަޝްރޫޢުގެ ދަށުން، 36,363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 415 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާ ގޮތައް ވަނީ ހަމަޖެހިފައެވެ. އަދި 243 މީޓަރު ދިގު އަދި 60 މީޓަރު ދިގު، 2 މީޓަރު ފުޅާ ދެ އާރްސީ ޖެޓީއެއްވެސް މި މަޝްރޫޢުގެ ދަށުން ހެދޭނެ އެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީގެ އިތުރުން ކުރެންދޫ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޓީސީސީޅ. ކުރެންދޫ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ގިނަ ދުވަސްތަކެއް ފަހުން ކުރެންދޫ އަށް ސަތަރި އަޅާފައިވާ ބާޖެއް ގެންގޮސް، ބަނދަރުގެ މަސައްކަތް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

27 އޮކްޓޯބަރު 2025
ގިނަ ދުވަސްތަކެއް ފަހުން ކުރެންދޫ އަށް ސަތަރި އަޅާފައިވާ ބާޖެއް ގެންގޮސް، ބަނދަރުގެ މަސައްކަތް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު