Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ބުދަ ދުވަހު ފަތިހުން ފެށިގެން ޣައްޒާ ގައި އިސްރާއީލުގެ ހަމަލާތަކުން މަރުވި ފަލަސްޠީނު މީހުންގެ އަދަދު 43 އަށް އަރައިފި

ފާއިތު ފަސް ހަފްތާގެ ތެރޭގައި ގާތްގަނޑަކަށް 600 ފަލަސްޠީނު މީހުން މަރުވެފައިވާއިރު، މީގެ ތެރެއިން 250 މީހުން މަރުވެފައި ވަނީ ވޭތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި

ރާއްޖެ އެމްވީ | 2 ޖުލައި 2025 | ބުދަ 12:31
ނެޓްޒަރިމް ސަރަހައްދުގައި އެހީ ހޯދުމަށް ދިޔަ ފަލަސްތީނު ބަޔަކާ ދިމާލަށް އިސްރާއީލުން ބަޑި ޖެހުމާ ގުޅިގެން މަރުވި މީހުން އަލްޝިފާ ހޮސްޕިޓަލަށް ގެންދާ އިރު އާއިލާގެ މީހުން ހިތާމައިގައި - ޖުލައި 1، 2025

ނެޓްޒަރިމް ސަރަހައްދުގައި އެހީ ހޯދުމަށް ދިޔަ ފަލަސްތީނު ބަޔަކާ ދިމާލަށް އިސްރާއީލުން ބަޑި ޖެހުމާ ގުޅިގެން މަރުވި މީހުން އަލްޝިފާ ހޮސްޕިޓަލަށް ގެންދާ އިރު އާއިލާގެ މީހުން ހިތާމައިގައި - ޖުލައި 1، 2025

އަލްޖަޒީރާ އަށް ޣައްޒާގެ ހޮސްޕިޓަލްތަކުގެ މަސްދަރުތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ބުދަ ދުވަހު ފަތިހުން ފެށިގެން ޣައްޒާ ގައި އިސްރާއީލުގެ ހަމަލާތަކުން މަރުވި ފަލަސްޠީނު މީހުންގެ އަދަދު 43 އަށް އަރައިފިއެވެ.

ފާއިތު ފަސް ހަފްތާގެ ތެރޭގައި ގާތްގަނޑަކަށް 600 ފަލަސްޠީނު މީހުން މަރުވެފައިވާއިރު، މީގެ ތެރެއިން 250 މީހުން މަރުވެފައި ވަނީ ވޭތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައެވެ.

ވަފާ ނިއުސް އެޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިސްރާއީލުން ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކުގެ ބެތްލެހެމް ގައި އިސްރާއީލުން ހިންގި ރެއިޑްތަކުގައި 14 ފަލަސްޠީނު މީހުން ހައްޔަރު ކޮށްފައި ވެއެވެ. އޭގެ އިތުރުން މި ސަރަހައްދުގައި 100 އަށް ވުރެ ގިނަ ގެ ތަޅާލުމަށް އިސްރާއީލު ސަރުކާރުން ނިންމުމާ ގުޅިގެން އިސްރާއީލު ސިފައިންގެ އަމުރަކުން ގާތްގަނޑަކަށް 400 ފަލަސްތީން ޢާއިލާ ގެދޮރުން ނުކުންނަށް މަޖުބޫރު ވާނެއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރ ޔަރިވް ލެވިން ވިދާޅުވެފައިވަނީ މިއީ އިސްރާއީލުން ހިސޯރު ކޮށްފައިވާ ވެސްޓް ބޭންކު އިސްރާއީލުގެ ބިމާ އެއް ކޮށްލުމަށް ލިބިފައިވާ "ތާރީޚީ ފުރުޞަތެއް" ކަމަށެވެ.

އަނެއް ކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައްޒާ ގައި 60 ދުވަހުގެ މުއްދަތައް ހަނގުރާމަ ހުއްޓާލުމަށް "ބޭނުންވާ ޝަރުޠުތަކަށް" އިސްރާއީލުން އެއްބަސްވެފައިވާ ކަމަށާއި، މި ހުށަހެޅުން ޤަބޫލު ކުރުމަށް ހަމާސް އަށް ގޮވާލައްވާ ކަމަށެވެ.

އަނެއްކޮޅުން އުތުރު ޣައްޒާގެ އެންމެ ބޮޑު މެޑިކަލް ސެންޓަރު ކަމުގައިވާ އަލް-ޝިފާގެ އޮފިޝަލުން ބުނެފައިވަނީ އިސްރާއީލުގެ ބްލޮކޭޑްގެ ސަބަބުން ހޮސްޕިޓަލުން ތެޔޮ ހުސްވުމާ ގުޅިގެން އެތައް ސަތޭކަ ބަލިމީހުން "މަރާ ކުރިމަތި ލަމުންދާ" ކަމަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޣައްޒާ ގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 56,647 މީހުން މަރުވެ، 134,105 މީހުންނަށް ޒަޚަމްވެފައި ވެއެވެ.

ފަލަސްތީނުޣައްޒާއިޒްރޭލްވެސްޓް ބޭންކުހަމާސްޣައްޒާ ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު