Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މެދު އިސްރާއީލްގެ ކެބިނެޓުގައި ޚިޔާލު ތަފާތުވުން އުފެދިއްޖެ

އިސްރާއީލްގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމަރް ބެން-ގްވީރް އަދި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ އެ ހުށަހެޅުން ބަލައި ގަންނަން ދެކޮޅު ހަދާ ކަމަށް ހާމަކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ޖުލައި 2025 | ބުދަ 12:36
އިސްރާއީލްގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ބޮަޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ބައެއް ވަޒީރުން

އިސްރާއީލްގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ބޮަޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ބައެއް ވަޒީރުން

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ އެއްބަސްވުމަށް އަމަލު ކުރުމާ މެދު، އިސްރާއީލްގެ ކެބިނެޓުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހުށަހަޅާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. ޓްރަމްޕް ވަނީ އެ ހުށަހެޅުން ބަަލައިގަނެ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަަސްވުން ތަންފީޒު ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި މިހާރު ހުށަހަޅާފައި އޮތް އެއްބަސްވުމަށް ވުރެ ރަނގަޅު އެހެން އެއްބަސްވުމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޓްރަމްޕްގެ ހުށަހެޅުމާ ގުޅޭ ގޮތުން އިސްރާއީލްގެ ކެބިނެޓުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. އެގޮތުން އިސްރާއީލްގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރ ވިދާޅުވެފައި ވަނީ، ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ އެއްބަސްވުމަށް އިސްރާއީލްގެ ކެބިނެޓުގެ އިތުރުން، އެ ޤައުމުގެ ރައްޔިތުންގެ ވެސް ބޮޑު ތާއީދެއް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕްގެ އެ ހުށަހެޅުމަށް އިސްރާއީލްގެ އިދިކޮޅު ލީޑަރު ޔައުރު ލަޕިޑް ވެސް ތާއީދު ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި އެ ހުށަހެޅުމުގެ ސަބަބުން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ރައްކާތެރިކަމުގެ އެހީތެރިކަން ދެއްވާނެ ކަމަށް ލަޕިޑް ވިދާޅުވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

އެހެން ނަމަވެސް، އިސްރާއީލްގެ ކެބިނެޓުގެ ބައެއް ވަޒީރުން ވަނީ އެ ހުށަހެޅުމާ ދެކޮޅު ހައްދަވައިފަ އެވެ. އެގޮތުން އިސްރާއީލްގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމަރް ބެން-ގްވީރް އަދި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ އެ ހުށަހެޅުން ބަލައި ގަންނަން ދެކޮޅު ހަދާ ކަމަށް ހާމަކޮށްފައި ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

އިސްރާއީލްގެ ކެބިނެޓުގެ މި ދެ ވަޒީރުން އެ ހުށަހެޅުމާ ދެކޮޅު ހެދުމުގެ ސަބަބުން، ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުންގެ އާއިލާ ތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި އެއީ ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށް އެ އާއިލާ ތަކުން ވަނީ ފާހަގަ ވެސް ކޮށްފަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ އެއްބަސްވުމުގެ މުސްތަޤުބަލު ބިނާ ވެގެން ދާނީ އިސްރާއީލްގެ ސިޔާސީ ލީޑަރުންގެ މެދުގައި އެއްބަސްވުމަކަށް އާދެވޭ މިންވަރެއްގެ މައްޗަށެވެ. 

އިޒްރޭލްހަމާސްޣައްޒާ ހަނގުރާމަބެންޖަމިން ނަތަންޔާހޫޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު