Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

މަޝްވާރަތައް ފެށުމުގެ ކުރިން ސަލާމަތީ ޔަގީންކަން ބޭނުންވާ ކަމަށް އަރާގްޗީ ވިދާޅުވެއްޖެ

ސީބީއެސް އީވްނިން ނިއުސް އަށް ދެއްކި އިންޓަވިޔުއެއްގައި އަރާގްޗީ ވިދާޅުވެފައި ވަނީ އެމެރިކާއާ އެކު އަވަހަށް މަޝްވަރާތައް ފެށުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖުލައި 2025 | އަންގާރަ 05:26
އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދަމުން އައި މަޝްވަރާތައް އަލުން ފެށުމުގެ ކުރިން، ސަލާމަތީ ޔަގީންކަން ބޭނުންވާ ކަމަށް އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަނީ، އީރާނާއި އެމެރިކާއާ ދެމެެދު ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ފަށައިފަ އެވެ. އެ މަޝްވަރާތަކުގައި ވަނީ ފަސް ބައްދަލުވުމެއް ބާއްވައިފަ އެވެ. އެންމެ ފަހުންް އިޓަލީގެ ވެރި ރަށް ރޯމްގައި ކުރިއަށް ދިޔަ ބައްދަލުވުން ނިންމާލީ، ހަ ވަނަަ ބައްދަލުވުމަކަށް ދެ ޤައުމުން ވެސް އެއްބަސްވެގެންނެވެ.

ނަމަވެސް، އިސްރާއީލް އިން އީރާނަށް ދިން ހަމަލާގެ ސަބަބުން ފެށުނު ހަނގުރާމައާ ގުޅިގެން ހަ ވަނަ ބުރުގެ ބައްދަލުވުން ވަނީ ފަސްކޮށްފަ އެވެ. އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގެ ތެރެއަށް ވަދެ، އެމެރިކާ އިން ވެސް އީރާނަށް ހަމަލާ ދިނެވެ. އޭގެ ފަހުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައިވާއިރު، މިހާރު އަލުން މަޝްވަރާތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

ސީބީއެސް އީވްނިން ނިއުސް އަށް ދެއްކި އިންޓަވިޔުއެއްގައި އަރާގްޗީ ވިދާޅުވެފައި ވަނީ އެމެރިކާއާ އެކު އަވަހަށް މަޝްވަރާތައް ފެށުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. އަދި އިތުރު ހަމަލާ ތަކުން ރައްކާތެރިކަން ބޭނުންވާ ކަމަށާއި، ސަލާމަތީ ޔަގީންކަން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ، މި ހަފުތާގެ ތެރޭގައި އަލުން މަޝްވަރާތައް ފެށިދާނެ ކަމަށް ވިދާޅުވެފަ އެވެ. އަރާގްޗީ ދެއްވި އިންޓަވިއުގައި ވަނީ އެކަމާ ގުޅޭ ގޮތުން ވެސް ވާހަަކަ ދައްކަވައިފަ އެވެ. އެގޮތުން އީރާން އިން އަލުން މަޝްވަރާތަކުގައި ބައިވެރިވުމަށް ނިންމުމުގެ ކުރިން، އިތުރު އަސްކަރީ ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން އެމެރިކާގެ ފަރާތުން ބޭނުންވާ ކަމަށް ވެސް އަރާގްޗީ ވަނީ ވިދާޅުވެފަ އެވެ. 

އދ ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ވެރިޔާ، ރަފައެލް ގްރޮސީ ވިދާޅުވެފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި، ނުވަތަ އެއަށް ވުރެ އަވަސް މުއްދަތެއްގައި ވެސް އީރާނަށް ޔުރޭނިއަން ފައްކާ ކުރުމުގެ ޤާބިލުކަން ލިބިގެންވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އަރާގްޗީ ވިދާޅުވީ، އީރާނަށް ބޮން އެެޅި ނަމަވެސް، ސައިންސާއި ޓެކްނޮލިޖީ ނައްތާ ނުލެވޭނެ ކަމަށެވެ. 

އެމެރިކާ އިން އީރާނަށް އަމާޒުކޮށް ދިން ހަމަލާގައި ވަނީ، އީރާންގެ ނިއުކްލިއާ ތިން މަރުކަޒަކަށް ހަމަލާ ދީފަ އެވެ. އަދި އޭގެ ފަހުން އެެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ނައްތާލެވިފައިވާ ކަމަށާއި، އެ ޕްރޮގްރާމް އަހަރުތަކެއް ފަހަތަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް، އީރާން އިން ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. 

އީރާންއެމެރިކާއައްބާސް އަރަގްޗީނިއުކްލިއަރ ޕްރޮގްރާމްޑޮނަލްޑް ޓްރަމްޕްއެމެރިކާ-އީރާން ގުޅުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު