Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްގީގެ މަޝްރޫއު

ބަޖެޓް ސަރޕްލަސް ކަމަށް ދެއްކި ރިޕޯޓުން މަޝްރޫއުތަކަށް ޚަރަދު ނުކުރާކަން ފަޅާ އަރައިފި

މިއަހަރުގެ ޖޫން މަހުގެ މެދުތެރެ އާ ހަމައަށް ސަރުކާރަށް 17.6 ބިލިއަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާއިރު، ޚަރަދު ކޮށްފައި ވަނީ 16.2 ބިލިއަން ރުފިޔާ

ރާއްޖެ އެމްވީ | 30 ޖޫން 2025 | ހޯމަ 14:03
ހަލާކުވެ ބާވެފައިވާ އެކްސްކަވޭޓަރެއް ޕާކު ކޮށްފައި - މުޅި ރާއްޖޭގެ ތަރައްގީ ވަނީ ބޮޑު ތަނުން މަޑު ޖެހިފައި

ހަލާކުވެ ބާވެފައިވާ އެކްސްކަވޭޓަރެއް ޕާކު ކޮށްފައި - މުޅި ރާއްޖޭގެ ތަރައްގީ ވަނީ ބޮޑު ތަނުން މަޑު ޖެހިފައި

މި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހާ ހަމަ އަށް 1.36 ބިލިއަން ރުފިޔާގެ ބަޖެޓް ސަރޕްލަސް އެއް ވެފައިވާ ކަމަށް ސަރުކާރުން ބުނި އިރު ތަރައްގީގެ މަޝްރޫއުތަކަށް ފާސްކުރި ބަޖެޓް ޚަރަދު ނުކުރާކަން ފަޅާ އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަ ކުރި ހިސާބުތަކަށް ބަލާއިރު، ސަރޕްލަސް ގެ ވާހަކަ ސަރުކާރުން ފާހަގަ ކުރި އިރު ސަރުކާރުން ތަރައްގީގެ މަޝްރޫޢުތަކަށް ކުރި ޚަރަދު ފާހަގަ ކުރެވޭ މިންވަރަށް ދަށްވެފައި ވުމާއެކު މިއީ، ޚަރަދު ކުޑަ ކުރުމަށް ވުރެ ބޮޑަށް، ކުރަން ޖެހޭ ޚަރަދު ނުކޮށް ނެރުނު ނަތީޖާ އެއް ކަން ވަނީ ހާމަ ވެފައެވެ.

Advertisement - newsAdvertisement

މިނިސްޓްރީ އޮފް ފިނޭންސުގެ ވެބްސައިޓް ގައި ޝާޢިއު ކޮށްފައިވާ ޚަރަދާއި އާމްދަނީގެ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖޫން މަހުގެ މެދުތެރެ އާ ހަމައަށް ސަރުކާރަށް 17.6 ބިލިއަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާއިރު، ޚަރަދު ކޮށްފައި ވަނީ 16.2 ބިލިއަން ރުފިޔާ އެވެ.

މި ރިޕޯޓުން ދައްކާގޮތުގައި މުޅި އަހަރަށް ފާސްކޮށްފައިވާ 49.2 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ޖޫން މަހުގެ މެދާ ހަމަ އަށް ޚަރަދު ކުރެވިފައި ވަނީ 16.2 ބިލިއަން ރުފިޔާއެވެ. މިއީ މުޅި އަހަރަށް ކަނޑައެޅި ޚަރަދުގެ 33 އިންސައްތަ އަށްވުރެ ކުޑަ އަދަދެކެވެ.

ޚަރަދު ކުރުން އެންމެ ބޮޑަށް ހިފަހައްޓާ ފައިވާނީ ކެޕިޓަލް ޚަރަދުތަކުގެ ބައިން ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބަޖެޓުގައި ކެޕިޓަލް ޚަރަދުތަކަށް ހިމެނިފައިވާ 12.6 ބިލިއަން ރުފިޔާގެ ތެރެ އިން ޚަރަދު ކޮށްފައިވަނީ އެންމެ 1.6 ބިލިއަން ރުފިޔާ އެވެ. އެއީ މުޅި ޖުމްލަ އަދަދުގެ ގާތްގަނޑަކަށް 13 އިންސައްތަ އަށް ވުރެ ދަށް އަދަދެކެވެ.

މިކަން މިހެން އޮތް ނަމަވެސް ހިންގުމުގެ ޚަރަދުގެ ގޮތގައި ބެލޭ، ރިކަރަންޓް ޚަރަދުތައް ވަނީ ކުރަމުން ގެންގޮސްފައެވެ. އެގޮތުން ޖޫން މަހުގެ މެދުތެރެއާ ހަމަ އަށް ޖުމްލަ 14.6 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. މުސާރަ އާއި، އުޖޫރަ އާއި އަދި ޕެންޝަނަށް އެކަނި 6 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އެއްޗެއް ޚަރަދު ކޮށްފައި ވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތައް 8.5 ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ތަކުރާރުކޮށް ފާހަގަވާ ގޮތުގައި ސަރުކާރާށް ލިބޭ އާމްދަނީ ގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ވެފައި ވަނީ އާމްދަނީގެ އެންމެ މައިގަނޑު ބައަށެވެ. އެއީ ޖުމްލަ އާމްދަނީގެ 77 އިންސައްތަ އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) އަކީ މި ބައިގެ އެންމެ މުހިންމު ބައެވެ. ފަތުރުވެރިކަމާ ގުޅުންހުރި ޖީ.އެސް.ޓީން ޖޫން މަހާ ހަމައަށް 5.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 3.9 ބިލިއަން ރުފިޔާ އަށް އަރާފައި ވާއިރު، މީގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ރިސޯޓު ކުލީގެ ގޮތުގައި ލިބުނު ފާހަގަ ކޮށްލެވޭ މިންވަރެއްގެ އާމްދަނީ ހިމެނެއެވެ.

ސަރުކާރުން ކެޕިޓަލް ޚަރަދު ކުރުން ވަރަށް ބޮޑަށް މަޑު ޖެހިފައިވާ އިރު އެ ޚަރަދުތަކާ ގުޅިފައިވަނީ ރާއްޖޭގެ ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާ އެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް ކަނޑައަޅާފައިވާ އަހަރީ ބަޖެޓު ކަމުގައިވާ 12.4 ބިލިއަން ރުފިޔާގެ ތެރެއިން ޖޫން މަހުގެ މެދުތެރެއާ ހަމަ އަށް އައި އިރު ޚަރަދު ވެފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ.

ސަރުކާރު އޮފީސް ތަކުގެ ތެރެއިން އެންމެ ބޮޑު ކެޕިޓަލް ބަޖެޓެއް ކަނޑައަޅާފައިވާ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ކަނޑައަޅާފައިވާ 8 ބިލިއަން ރުފިޔާގެ ތެރެއިން ޚަރަދު ކޮށްފައި ވަނީ އެންމެ 1.2 ބިލިއަން ރުފިޔާއެވެ.

ސަރުކާރުން ބަޖެޓް ސަރޕްލަސް ވެއްޖެ ކަމަށް ދައްކަން މަސައްކަތް ކުރި އިރު އޭގެ ހަގީގަތަކީ މުހިންމު މަޝްރޫއު ތަކަށް ކަނޑައަޅާފައިވާ ފައިސާ ޚަރަދު ނުކޮށް އިންތިހާ އަށް ފަސްކުރުން ކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ސާފުކޮށް ހާމަވެއެވެ.

ސަރުކާރުގެ މަޝްރޫއުތައް ނުހިނގާ ވާހަކަ އަކީ އާންމު ވާހަކަ އަކަށް ވީ ނަމަވެސް ސަރުކާރަށް މަޝްރޫއުތައް ނުހިންގޭ ސަބަބު މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އަހަރުގެ މިހާތަނަށް އަންނަ އިރު މަޝްރޫއުތަކުގެ ބަޖެޓުން އެކަށީގެންވާ ގޮތެއްގައި ޚަރަދު ވެފައި ނެތުމުން ދޭހަވަނީ ސަރުކާރުގެ ހިންގުން ދޯދިޔާ ވެފައިވާ މިންވަރު ކަމަށެވެ.

މަޝްރޫއުތައް ހިންގުން މަޑު ޖެހުމުގެ ސަބަބުން ވިޔަފާރިތަކަށް ހީނަރުކަން އައިސް އިގްތިސާދީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.

ސަރުކާރުކެޕިޓަލް ޚަރަދުތަރައްގީގެ މަޝްރޫއުފިނޭންސް މިނިސްޓްރީއާމްދަނީބަޖެޓް 2025މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު