Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މުއިއްޒު ސަރުކާރު

ނެތް ކަމަށް ބުނާ އެއްޗެހި ފެންނަ، ފޮރުވާފައި ހުރި އެއްޗެހި ގެއްލޭ، އަރަތެއް ފަދަ މުއިއްޒުގެ ސަރުކާރު!

ގޭންގެއް ނެތް ކަމަށް ވިދާޅުވިތާ ދެ ދުވަސް ނުވެ ގޭންގާ ގުޅޭ މައްސަލަތަކެއް ގައި ބަޔަކު ހައްޔަރު ކުރީ އެވެ. ރާއްޖޭގެ މައި ދެ ދޮރާށިން ވައްކަން ކޮށްލަނީ ފަސޭހަ ކަމާއެކުގަ އެވެ. ރައްޔިތުންގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރަން ތިބި މުއައްސަސާ ތެރެއިން ވެސް ވައްކަން ކުރަނީ އެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2025 | ހޮނިހިރު 12:38
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޭރުނު ފައިސާ އަދިވެސް ނުފެނޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޭރުނު ފައިސާ އަދިވެސް ނުފެނޭ

މި ސަރުކާރަށް ދެ އަހަރު ވީއިރު ފެންނަ މަންޒަރުތަކާ، ދައްކާ ވާހަކަތަކާ ދިމާ ނުވާއިރު، ނެތް ކަމަށް ބުނާ އެއްޗެހި ފެނުމާއި، ގެއްލޭ އެއްޗެއް، ވަގަށް ނަގާ އެއްޗެއް އަދި ފޭރޭ އެއްޗެއް ވެސް ނުފެންނާތީ ގިނަ ބަޔަކަށް މި ސަރުކާރު ވަނީ ޖޯކަކަށް ވެފަ އެވެ.

މި ފަހުން އަމަލު ކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމު ގެ ގާނޫނު ގެ ދަށުން ޝަރީއަތަށް ގޮސް މިހާތަނަށް ގޭންގެއް ކަނޑައަޅަން ނުޖެހުނު ކަމަށާއި ރާއްޖޭ ގައި އެ ވަރުގެ ގޭންގެއް މިހާރު ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހުގަ އެވެ.

ރައީސް ވިދާޅުވީ ގޭންގު ގާނޫނަށް ފަހު، ގޭންގުތަކުގައި އުޅުނު ޒުވާނުންތައް އެކަން ހުއްޓާލާފައިވާ ކަމަށެވެ. އަދި ބޮޑެތި އަދަބުތައް ހިމެނޭ ގޮތަށް ގާނޫނުތައް ފާސްކުރުމުގެ ބޭނުމަކީ ވެސް ކުށްތައް ހިންގަން ބޮޑެތި ހުރަސްތައް ގެނައުން ކަމަށް ރައީސް ވިދާޅުވި އެވެ. ބަޔަކަށް އަދަބު ދިނުމަށް ވުރެ އޭގެ ބޭނުމަކީ ކުށުގެ މާހައުލުތަކުން ޒުވާނުން މިންޖުކުރުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ރާއްޖެ އިން ގޭންގުތައް ނައްތާލެވިފައިވާ ކަމަށް ރައީސް އިއުލާން ކުރެއްވިތާ 48 ގަޑިއިރު ވެސް ހަމަ ނުވަނީސް، ގޭންގު ހަދައިގެން މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި ހަތިޔާރާ އެކު ދެ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. ފުލުހުން ރައްޔިތުންނަށް އޮޅުވާލީ ކަމުގައި ނުވާ ނަމަ ރައްޔިތުން އެއްކޮށްގެން ރައީސް ފެންފޮދެއް ބޯލާހާ ފަސޭހައިން އެ ހަދާލީ މާ ސިންގާ ބޮޑު ދޮގެއްތާ އެވެ.

ދެން އޮތީ ވަގަށް ނަގާ އެއްޗެހީގެ ވާހަކައާ ފޭރޭ އެއްޗެހީގެ ވާހަކަ އެވެ.

ރާއްޖޭ ގެ އެންމެ މައި އެއް ދޮރާށި، އެމްޕީއެލް ވިޔަފާރި ބަނދަރަކީ 24 ގަޑި އިރު ސެކިއުރިޓީންނާއި ވަށައިގެން ކެމެރާތައް ހަރުކޮށްފައި ހުންނަ ތަނެކެވެ. އެތަނުން ހިލަމެއް ވާނަމަ އެކަން ނޭނގޭނެ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސިނގިރެޓް އެތަނުން ގެއްލިއްޖެ އެވެ. ނޫނީ ވަގަށް ނަގައިފި އެވެ.

އެއޮތް ވަރުގަދަ ސެކިއުރިޓީ ފޫއަޅުވާލާ 40 ފޫޓު ގެ ދެ ކޮންޓެއިނަރު ވަގަށް ނަގައިގެން އެ ގެންދިޔައީ އެހާ ފަސޭހައިންނެވެ. މިދަންނަވަނީ ތާސް ބައެއް ވަގައް ނެގި ވާހަކަ އެއް ނޫނެނެވެ. 40 ފޫޓުގެ ދިގު، ބަރު ކޮންޓޭނަރުގެ ވާހަކަ އެވެ. ގައިމު ކަސްޓަމާއި އެމްޕީއެލް ގެ ބެލުމު ގެ ދަށުގައި ހުންނަ އެފަދަ ބޮޑު ކޮންޓޭނަރެއް އެތަނުން ނެރެ ދޯންޏަކަށް ލައިގެން ގެންދެވުނު ގޮތެއް ވެސް އޮންނާނެތާ އެވެ.

ދެން އޮތީ ރާއްޖޭގެ މައި އަނެއް ދޮރާށިން ފޭރިގަތް ފައިސާގެ ވާހަކަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއް ގެ ދެ މުވައްޒަފެއްގެ އަތުން، ލައްކަ އަކަށްވުރެ ގިނަ ޑޮލަރު ހުރި ސޫޓް ކޭސް އެއް ހިފައިގެން ދިޔައިރު އެތަނުގެ ސެކިއުރިޓީ ވީތަނެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ. އެ ސުވާލު ކުރުމު ގެ ބޭނުމެއް ވެސް ނެތް ކަންނޭނގެ އެވެ.

ފޭރުނު ސޫޓް ކޭހުގައި ހުރި ޑޮލަރުގެ އަދަދު ލައްކައަކަށް ވުރެ ގިނަ އެވެ. މިހާތަނަށް އައި އިރު ގެއްލިފައިވާ ފައިސާއާ ގުޅޭގޮތުން ފުލުހުން އެއްޗެއް ބުނެފައި ނުވެ އެވެ. އަދި މީޑިއާ އާ މިވަގުތު ހިއްސާ ކުރާނެ އިތުރު މައުލޫމާތެއް ނެތް ކަމަށް ފުލުހުންގެ މީޑިއާއިން ބުނެ އެވެ. އެންމެ ފައިސާ ފޮއްޗެއް ވެސް އަދި އަދަށް ދާން ދެން ވެސް ނުފެނުނީމާ ދެން ބުނާނެ އެއްޗެއް ނެތެވެ.

އަނެއްކާ ވެސް މިއުޅެނީ 31 ކާޓަން ސިނގިރޭޓު ގެއްލިގެންނެވެ. މިފަހަރު ގެއްލުނީ ފުލުހުން ގެ ބެލުމު ގެ ދަށުގައި ހުރި ސިނގިރޭޓު ތަކެކެވެ. ފުލުހުން ގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓާ އޭގެ ތެރެއިން 6 ކާޓަން ސިނގިރޭޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލު ކުރުމަށް 12 ނޮވެންބަރު 2025 ވަނަ ދުވަހު ބެލިއިރު ކަމަށް ފުލުހުން މިވަނީ ބުނެފަ އެވެ.

މި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް، 2 ބިދޭސީއެއްގެ އަތުން އަތުލިގެން ގެނެސް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 25 ކާޓަން ސިނގިރޭޓް ގެއްލިފައިވާކަން ވެސް ވަނީ އެނގިފަ އެވެ.

އާންމު ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ދުވަހެއް ދުވަހަކަށް މިދަނީ ކުޑަވަމުންނެވެ. ގޭންގެއް ނެތް ކަމަށް ވިދާޅުވިތާ ދެ ދުވަސް ނުވެ ގޭންގާ ގުޅޭ މައްސަލަތަކެއް ގައި ބަޔަކު ހައްޔަރު ކުރީ އެވެ. ރާއްޖޭގެ މައި ދެ ދޮރާށިން ވައްކަން ކޮށްލަނީ ފަސޭހަ ކަމާއެކުގަ އެވެ. ރައްޔިތުންގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރަން ތިބި މުއައްސަސާ ތެރެއިން ވެސް ވައްކަން ކުރަނީ އެވެ. މިއީ މުއިއްޒު ގެ ޒައާމަތުގެ ދަށުން ދިވެހިން ގެންގޮސް މިލީ ދިވެހީންގެ ރާއްޖެ އޮތް ދެރަވަރުގެ ހާލަތެވެ.

މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ލައިވް ޓީވީގެ ކުރިމަތީގައި ފިތް ކަނޑައިގެންދާ ވަރުގެ ކަރަޕްޝަން ހިންގާލުމުގެ ރެކޯޑު ރައީސް މުއިއްޒު ގެ ސަރުކާރަށް!

ލައިވް ޓީވީގެ ކުރިމަތީގައި ފިތް ކަނޑައިގެންދާ ވަރުގެ ކަރަޕްޝަން ހިންގާލުމުގެ ރެކޯޑު ރައީސް މުއިއްޒު ގެ ސަރުކާރަށް!

07 ނޮވެމްބަރު 2025
ލ. ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ދުވަހަކު މިބާވަތުގެ މަސައްކަތެއް ކޮށްފައި ނެތް އަބްދުއްރަހީމްގެ އާއިލީ ކުންފުންޏަށް!

ލ. ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ދުވަހަކު މިބާވަތުގެ މަސައްކަތެއް ކޮށްފައި ނެތް އަބްދުއްރަހީމްގެ އާއިލީ ކުންފުންޏަށް!

06 ނޮވެމްބަރު 2025
އަމިއްލަ ކުންފުނިތަކަށް ދޭން ހުރި ފާއިސާ ނުދީ، ރިކޯޑް ހައްދަވަން އެއްދުވަހެއްގައި އެންމެ ގިނަ މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި

އަމިއްލަ ކުންފުނިތަކަށް ދޭން ހުރި ފާއިސާ ނުދީ، ރިކޯޑް ހައްދަވަން އެއްދުވަހެއްގައި އެންމެ ގިނަ މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި

06 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ބިޑަކާ ނުލާ ބަހާލި މަޝްރޫއުތަކުން އެންމެ ގިނަ ފައިސާ ލިބޭ 10 ކުންފުނި، ކޮންމެ ކުންފުންޏަކަށް 100 މިލިއަނުން މަތި!

މުއިއްޒު ސަރުކާރުން ބިޑަކާ ނުލާ ބަހާލި މަޝްރޫއުތަކުން އެންމެ ގިނަ ފައިސާ ލިބޭ 10 ކުންފުނި، ކޮންމެ ކުންފުންޏަކަށް 100 މިލިއަނުން މަތި!

06 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު