Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް

ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް 4 މެންބަރުން އައްޔަން ކޮށްފި

ދިވެހި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ކުންފުންޏެކެވެ

އަލީ ޝާހީން
އަލީ ޝާހީން | 30 ޖޫން 2025 | ހޯމަ 13:49
ރައީސުލްޖުމްހޫރިއްޔާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އިފްތިތާޙުކޮށްދެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އިފްތިތާޙުކޮށްދެއްވުން

ރާއްޖޭގައި އުފެއްދި ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) ގެ ބޯޑަށް ހަތަރު މެމްބަރަކު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާ އަދި މޮނީޓާކޮށް އިވެލުއޭޓު ކުރުމުގެ ގާނޫނުގެ މަތިން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް ބޭފުޅުން އައްޔަންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޑިރެކްޓާރުންގެ ބޯޑަށް އައްޔަންކުރި 4 ބޭފުޅުންނަކީ:

  • ހަސަން މިރާސް، މއ. މާފުނަ
  • އަހުމަދު އަޒްޔާން ހަމީދު، މ. ލަންސިމޫގެ
  • މައީޝާ އިބްރާހީމް، ދ. ކުޑަހުވަދޫ، ތިކުރީތު
  • އަޒްމީން ރަޝީދު، ގދ. ރަތަފަންދޫ، ޗަބޭލީވިލާ

ދިވެހި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެވެ. އެ ބޭންކު ހިންގަނީ އެ ކުންފުނީގެ ދަށުންނެވެ. މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސް ޑރ. މުއިއްޒު އުފެއްދެވި މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިޞާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.

ޑީބީއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯއަކަށް އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އެ ބޭންކް އިފްތިތާހުކުރުމާ އެކު އައްޔަންކުރި އެވެ. ނަމަވެސް މިދިޔަ މާޗު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފަހުންވަނީ އެނާ މަސައްކަތް ކުރެއްވި މުއްދަތު ގައި މުސާރަ ލިބިފައިނުވާ ކަމަށް ވިދާޅުވެ އެމައްސަލަ ހުށައަޅުއްވާފައެވެ.

ޑިވެލޮޕްމަންޓް ބޭންކްޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުޑިރެކްޓަރުންގެ ބޯޑުބޯޑު މެމްބަރުން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
 އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި
09 ޑިސެމްބަރު 2025

ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
14 އޮކްޓޯބަރު 2025

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!
21 އޯގަސްޓު 2025

މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި

21 އޯގަސްޓު 2025
މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު