Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީސީބީގެ ރައީސް

ޕީސީބީގެ ރައީސްއާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަނީ

8 ޑިސެމްބަރު 2023 | ހުކުރު 03:53

އެއްވެސް ޝަކުވާއެއްވާނަމަ، 11 ޑިސެމްބަރުވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ވަނީ އެދިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޑިސެމްބަރު 2023 | ހުކުރު 03:53
ޕީސީބީގެ ރައީސް ޙަމްދީ ޢަޤީލް

ޕީސީބީގެ ރައީސް ޙަމްދީ ޢަޤީލް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ހަމްދީ އަގީލް އާއި ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕްރައިވަޓައިޒޭޝން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ކަމަށް، އެ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ފަރާތަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ 3 ވަނަ ދައުުގެ 31 ވަނަ ޖަލްސާގައި ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓިއަށް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން، ޕްރައިވަޓައިޒޭޝން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ޙަމްދީ ޢަޤީލް، ހ، ރަންގަލި4، އާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ރ) ގެ ދަށުން އިއުލާންކުރާ ކަމަށް މަޖިލީހުން ބުނެއެވެ.

އެހެންކަމުން ހަމްދީ އަގީލްއާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، 11 ޑިސެމްބަރުވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރޭހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ހެންވޭރު ރަންގަލި 4، ޙަމްދީ ޢަޤީލް ޢައްޔަނުކުރައްވާފައިވަނީ 23 ނޮވެމްބަރުގައެވެ.

ޙަމްދީ ޢަޤީލަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޙަމްދީ ޢަޤީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ހިމެނެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ހަމްދީ އަގީލްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
 އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ޝާކިރު އައްޔަނުކޮށްފި
09 ޑިސެމްބަރު 2025

ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި

09 ޑިސެމްބަރު 2025
ބޭސް ކުންފުނީގެ ޗެއާމަނަކަށް އައިޖީއެމްއެޗް ގެ ސީއީއޯ ހަލީމް އައްޔަނުކޮށްފި
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް